Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަ ސުރުޚީ

އީޕީއޭއަށް ފުރިހަމަ ޤާނޫނީ ބާރު އަބުރާ ދޭނަން: އިބޫ

11 އޯގަސްޓު 2018 | ހޮނިހިރު 18:53

ނާޒުކު ރަށްތައް ހިމާޔަތްކޮށްދެއްވާނެ ކަމަށް ވިދާޅުވި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 11 އޯގަސްޓު 2018 | ހޮނިހިރު 18:53
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހް

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހް

އިދިކޮޅު ކޯލިޝަންގެ ސަރުކާރެއްގައި އެންވަޔަރުމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށް ފުރިހަމަ ޤާނޫނީ ބާރު އަބުރާ ދޭނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހް (އިބޫ) ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ތިމާވެއްޓާއި ބެހޭ ޤާނޫނުގެ ބާރު މި ސަރުކާރުން ކަނޑުވާލާފައި އޮތް ނަމަވެސް އެ ބާރު އަލުން އަބުރާ ހޯދަ ދެއްވާނެ ކަމަށެވެ.

Advertisement - newsAdvertisement

ކްލައިމެޓް ޗޭންޖަކީ ހަގީގަތެއް ކަމަށް ގަބޫލު ކުރަން ޖެހޭ ކަމަށާއި ދުނިޔެ ހޫނު ވުމާއި ގުޅިގެން ކަނޑުގެ ލޮނުގަނޑު އުފުލި ޖަޒީރާ ގައުމު ތަކަށް ލިބެމުންދާ ގެއްލުންތައް ގަބޫލު ކުރަން ޖެހޭ ކަމަށް އިބޫ ވިދާޅުވިއެވެ. ތިމާވެށީގެ ވަރަށް ނާޒުކު ރަށްރަށް ރާއްޖޭގައި އެބަހުރި ކަމަށާއި ކޯލިޝަން ސަރުކާރެއްގައި އެ ރަށްތައް ހިމާޔަތްކޮށް ރައްކާތެރި ކުރައްވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

ރާއްޖޭގެ އިގްތިސާދު ބިނާވެފައި އޮތީ ނޫ އިގްސާދެއްގެ މައްޗަށް ކަން ފާހަގަ ކުރައްވާ އިބޫ ވިދާޅުވީ ރާއްޖޭގެ އިގްތިސާދުގެ މައިބަދަ އަކީ ތިމާވެށި ކަމަށެވެ. އެމްޑީޕީގެ ވެރިކަމުގައި ވަނީ ކްލައިމެޓް ޗޭންޖް ދުނިޔޭގެ ސަމާލު ކަމަށް ގެނެސްފައި ކަމަށާއި ނަމަވެސް މިއަދު މި ވަނީ އެ ހާލަތު ބަދަލު ތިމާވެއްޓާއި ބެހޭ ޤާނޫނުވެސް ވަނީ ބައިބައި ކުރެވިފައި ކަމަށް އިބޫ ވިދާޅުވިއެވެ.

ދެހާސްފަނަރަ ވަނަ އަހަރު އީޕީއޭ އަށް ލިބިފައިވާ ބާރުތައް ޓުއަރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމަށް ފަތުރުވެރިކަމާއި ބެހޭ ޤާނޫނަށް އިސްލާހެއް ހުށަހެޅުމުން އެކަމާއި ކަންބޮޑުވުން ފާޅުކޮށް މޯލްޑިވްސް އީކޯ ކެއާ އިން ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމާއި ތިމާވެއްޓާއި ގުޅުންހުރި މަސައްކަތްތައް ކުރުމާއި، އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް ނުވަތަ (އީއައިއޭ) ހެދުން ފަދަ ކަންކަން ކުރިއަށް ދާންޖެހޭނީ ތިމާވެއްޓާއި ހަކަތަކާއި ބެހޭ ވުޒާރާއިން ނުވަތަ އެ ވުޒާރާގެ ދަށުން ހިންގާ އީޕީއޭގެ ބެލުމުގެ ދަށުން ކަމަށެވެ. ބަޔާނުގައި ބުނެފައިވަނީ އެ އިސްލާހަކީ ތިމާވެށި ރައްކާތެރިކުރުމާއި ހިމާޔަތްކުރުމާއި ބެހޭ ގާނޫނުގެ ބައެއް މާއްދާތަކާއި ވެސް ފުށުއަރާ އިސްލާހެއް ކަމަށް ބުނެފައެވެ. ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ރިސޯޓުތަކުގެ ތިމާވެށީގެ ކަންތައްތައް ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފިނަމަ ކޮރަޕްޝަނަށް މަގުފަހި ވެގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތް ކަމަށްވެސް ބަޔާނުގައިވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
26 ޖެނުއަރީ 2017

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
23 ޖެނުއަރީ 2017

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017
ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
15 ޖެނުއަރީ 2017

"ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

15 ޖެނުއަރީ 2017
 "ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"
14 ޖެނުއަރީ 2017

އިންޑޮނީޝިޔާއަށް 5.6 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ

14 ޖެނުއަރީ 2017
އިންޑޮނީޝިޔާއަށް 5.6 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް