Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެ ޓީވީ

ރާއްޖެ ޓީވީގެ އަބުރުފުޅު ފަންޑު ހުޅުވައިފި

10 އޯގަސްޓު 2018 | ހުކުރު 12:09

ފަންޑު ހުޅުވައި ދެއްވީ އިބޫ

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 10 އޯގަސްޓު 2018 | ހުކުރު 12:09
އެމްޑީޕީގެ ރިޔާށީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހް އަބުރުފުޅު ފަންޑު ހުޅުއްވައިދެއްވަނީ

އެމްޑީޕީގެ ރިޔާށީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހް އަބުރުފުޅު ފަންޑު ހުޅުއްވައިދެއްވަނީ

ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެޓީވީ ހަތަރު ވަނަ ފަހަރަށް ޖޫރިމަނާކޮށް، ދެ މިލިއަން ރުފިޔާ ދެއްކުމަށް އެންގުމާ ގުޅިގެން "ރާއްޖެޓީވީ އަބުރުފުޅު ފަންޑު" ހުޅުވައިފިއެވެ.

ހުކުރު ދުވަހުގެ ހަވީރު ރާއްޖެޓީވީ ކުރިމަތީގައި ބޭއްވި ރަސްމިއްޔާތެއްގައި އަބުރުފުޅު ފަންޑު ހުޅުއްވައި ދެއްވީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އީބޫ)އެވެ. ރާއްޖެޓީވީއަށް އެހީތެރިވުމަށްޓަކާ އަބުރުފުޅު ފަންޑު އިބޫ ހުޅުވައިދެއްވުމާ އެކު، ރާޢްޖެޓީވީއަށް ތާއިދު ކުރާ ގިނަ ފަރާތްތަކުން ވަނީ ރާއްޖެޓީވީއަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ.

Advertisement - newsAdvertisement

މާލޭގައި "ރާއްޖެޓީވީ އަބުރުފުޅު" ފަންޑު ފޮށި ހުޅުވިއިރު، އިދިކޮޅު ކޯލިޝަންގެ ރަނިންގމޭޓް ފައިސަލް ނަސީމު ވަނީ އަތޮޅު ތެރޭގެ ފުރަތަމަ ފަންޑު ފޮށި ޅ. ހިންނަވަރުގައި ވެސް ހުޅުއްވައިދެއްވާފައެވެ. ހިންނަވަރުގައި އަބުރުފުޅު ފަންޑު ފޮށި ހުޅުވުމާ އެކު، ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން އެ ދަތުރުގައި ބައިވެރިވެވަޑައިގެން ތިއްބެވި ބޭފުޅުންނާއި ހިންނަވަރުގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ ފައިސާގެ އެހީތެރިކަން ރާޢްޖެޓީއަށް ފޯރުކޮށްދެއްވާފައެވެ.

ރާއްޖެޓީވީން ބުނީ، އަތޮޅު ތެރެއިން ރާއްޖެޓީވީގެ އަބުރުފުޅު ފަންޑަށް އެހީތެރިވުމަށް ބޭނުންވާ ރަށްތަކުން ރާއްޖެޓީވީ އާއި ގުޅައިގެން އެކަން އިންތިޒާމް ކުރުމަށެވެ. އެގޮތުން ރާއްޖެޓީވީގެ ނަމްބަރު 3007771 އަށް ގުޅުއްވައި މައުލޫމާތު ސާފުކުރުމަށް ސްޓޭޝަނުން އެދެއެވެ.

ރާއްޖެޓީވީން ބުނީ، އަބުރުފުޅު ފަންޑު ހުޅުވުމަކީ އެއްގޮތަކަށް ވެސް ބްރޯޑްކޮމްއިން ނުހައްގުން އެޅި ފިޔަވަޅަށް ތަބާވުމަށް ނޫން ކަމަށެވެ. ނަމަވެސް މި ސްޓޭޝަނަށް އެކަމުގެ ސަބަބުން ލިބިދާނެ ދެރައަކަށްޓަކައި ކަމަށެވެ. އަދި އެހެން އެކަން ވެއްޖެނަމަ ރާއްޖޭގެ އެންމެ ގިނަ ބަޔަކު ބަލަމުން ދާ ޗެނަލަށް ހުއްޓުމެއް އައުމަކީ އެތަށް ރައްޔިތުންނެއް އެކަމާ ދެރަވެ ކަންބޮޑުވާނެ ކަމަކަށް ވާތީ ކަމަށްވެސް ރާއްޖެޓީވީން ބުންޏެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ފޯކަސް ގެއްލުވާލާ ރާއްޖެޓީވީގެ ނޫސްވެރިން ކުރާ މަސައްކަތަށް ހުރަސްއަޅާ ޖެއްސުން ކުރުމަށް އިންތިޚާބު ބޯމަތި ވެފައި އޮއްވާ ކުރި ބޮޑު ޖޫރިމަނާ ރާއްޖެޓީވީން ބަލައެއް ނުގަނެއެވެ. އަދި އެ މައްސަލަ އިތުރަށް މުރާޖައާ ކުރުމަށް އެދި ރާއްޖެޓީވީގެ ފަރާތުން ވަނީ އަލުން އެ ކޮމިޝަނަށް ހުށައަޅާފައެވެ.

ރާއްޖެޓީވީ ހަތަރު ވަނަ ފަހަރަށް ކުރި ޖޫރިމަނާ ސްޓޭޝަނުން ބަލައި ނުގަންނަ ހިނދު، މި ޖޫރިމަނާއަކީ ވެސް ކުރިން ފަހަރުތަކެކޭ އެއްގޮތަށް ބްރޯޑްކޮމްއިން ބޭ އިންސާފުން ކުރި، ސިޔާސީ ކުލަ ޖެހިފައިވާ ފިނޑި އަމަލެއްކަމަށް ސްޓޭޝަނުން ދެކެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް