Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ލައިފް ސްޓައިލް
ވަގުތު ހޭދަކުރުން

ބޭރުގައި ވަގުތު ހޭދަކުރުމުން ލިބޭ ފައިދާ އިނގޭތަ؟

ބޭރުގައި ވަގުތު ހޭދަ ކުރުމުން ލޮލުގެ ފެނުން ރަނގަޅުކޮށްދޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 9 އޯގަސްޓު 2018 | ބުރާސްފަތި 12:58
ބޭރުގައި ގިނަ ވަގުތު ހޭދަކުރުމަކީ މުހިއްމު ކަމެއް

ބޭރުގައި ގިނަ ވަގުތު ހޭދަކުރުމަކީ މުހިއްމު ކަމެއް

އާންމު ގޮތެއްގައި ކޮންމެ ދުވަހަކުހެން ގިނަ ވަގުތު މީހުން ހޭދަ ކުރަނީ ކޮމްޕިއުޓަރ ކައިރީގައި އަވަދިނެތި މަސައްކަތް ކުރުމުގައެވެ. ކޮމްޕިއުޓަރ ސްކްރީނުން ލިބޭ އަލި ކަމަކީ ގުދުރަތީ އަލި ކަމަކަމަށް ނުވާއިރު މަސައްކަތް ނިންމާލުމަށްފަހު ގޭގައިވެސް ގިނަ މީހުންނަކީ ޓީވީ ބަލައި އުޅޭ މީހުންނެވެ.

މިގޮތަށް ގިނަ ވަގުތު ހޭދަކުރުމުން އެކަމުގެ ނޭދެވޭ އަސަރު ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން މީހާއަށް ކުރާނެއެވެ.

ސައިކޮލޮޖިސްޓުންނާއި އަދި ސިއްހީ އެކި އެކި ކަންކަން ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި އަބަދު ގޭތެރޭގައި ނުވަތަ އޮފީހުގައި ހޭދަކުރާ މީހުންނަށް ޑިޕްރެޝަން، އާދަޔާ ހިލާފަށް ފަލަވުން، ހަކުރު ބަލި އަދި މި ނޫނަސް އެހެން ބަލިތައް ޖެހުމަށް މަގުފަހިވެއެވެ.

މިގޮތަށް ގޭތެރޭގައި ގިނަ ވަގުތު ހޭދަކުރުމުން މީހާގެ ނިދުމަށް ބުރޫ އަރާ، ދިފާއީ ނިޒާމަށް އޭގެ އަސަރުކުރާނެއެވެ.

އަދި އަބަދު އެއްތަނެއްގައި ނުވަތަ ގޭތެރޭގައި ތިބުމުގެ ބަދަލުގައި ބޭރަށް ނިކުމެ ގުދުރަތީ ކަންކަމުން ހިތް އުފާކޮށްލުމަކީ ސިއްހީ ގޮތުން ވަރަށް ގިނަ ގުނަ ފާއިދާތައް ލިއްބައިދޭ ކަމެކެވެ.

ހަކަތަ އިތުރުކޮށްލަން އެންމެ ރަނގަޅީ ބޭރަށް ނިކުމެ ކުޑަކޮށް ހިނގާލުމެވެ. އަދި ގުދުރަތީ އަލިން މީހާގެ ސިނކުޑީގެ ވަރުބަލިކަން ނައްތާލާ ސްޓްރެސް ހޯމޯން ދައްކޮށްލަދޭނެއެވެ. މިގޮތަށް ވިހި މިނިޓް ބޭރުގައި ހޭދަކޮށްލުމުން މީހާގެ ހަށިގަނޑުގައި 40 އިންސައްތައަށް ހަކަތަ އިތުރުކޮށްދެއެވެ. މިއީ އެންމެ ކޮފީ ތައްޓަކާއި އެއްވަރުގެ ކަމެއް ކަމަށް ދިރާސާކުރާ ފަރާތްކުން ބުނެއެވެ. އަދި ސިކުނޑިއަށް ތާޒާކަން ލިބި، ސާފުވައި ލިބުމުގެ ސަބަބުން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މީހާ ގައިގައި ވަރުޖެހިލައެވެ.

ގިނަ ވަގުތު ބޭރުގައި ހޭދަކުރާ މީހުންގެ ފެނުން ރަނގަޅުވެ ކައިރިން ފެންނަ ފެނުން އިތުރަށް ވަރުގަދަކޮށްދޭ ކަމަށް ދިރާސާތަކުން ދައްކާއިރު ގުދުރަތީ އަލި ކަމަކީ މީހާގެ ފެނުން އިތުރުކޮށްދޭ ކަމެެވެ. އަދި މިއީ ވަކިން ހާއްސަކޮށް ކުޑަކުދިންނަށް ވަރަށް ރަނގަޅު ކަމެކެވެ.

އަދި މިއީ، އިރުން އަންނަ ސީދާ އައްޔަށް ބެލުން ނޫން ކަމަށާއި އަވި ގަދަ ނަމަ އަވި އައިނު އެޅުމަކީ މުހިއްމު ކަމެކެވެ.

ބޭރަށް ނިކުމެ ގުދުރަތީ މާހައުލުގައި ވަގުތު ހޭދަކުރުމަކީ މީހާގެ ދިފާއީ ނިޒާމްވެސް އިތުރަށް ވަރުގަދަ ކޮށްދޭ ކަމެކެވެ. އެގޮތުން އެކި ބަލިތަކާއި އިންފެކްޝަންތަކުން ސަލާމަތްކޮށްދިނުމަށް ހަށިގަނޑުގައި ހިނގާ ވައިޓް ބްލަޑް ސެލްތަކުން މަސައްކަތްކުރާނެއެވެ.

އަދި ބޭރަށް ނިކުމެ ގިނަ ވަގުތު ހޭދަކުރާ މީހުންގެ ނޭވާލާ ނިޒާމަށް ޖެހޭ ބަލިތަކުން ދުރުކޮށްދޭއިރު، ގައިގައި ރިހޭ ރިހުމަށްވެސް ލުއި ކަމެއް ލިބިގެންދެއެވެ.

ބޭރަށް ނިކުތުމުން ލިބޭ އެންމެ ބޮޑު ފާއިދާގެ ތެރޭގައި ވިޓަމިން ޑީ ލިބުމެވެ. އެގޮތުން ކޮންމެ ދުވަހަކު ވިޓަމިން ޑީ ހޯދުމަށް ބޭރަށް ނުކުތުމަށްވުރެ މޮޅު އިތުރު ކަމެއް ނޯންނާނެއެވެ. ވިޓަމިން ޑީ އަކީ ހަށިގަނޑުގައި ކެލްސިއަމް އެއްވަރެއްގައި ހިފެހެއްޓުމަށް ވަރަށް ބޭނުންތެރި އެއްޗަކަށްވާއިރު ދިފާއީ ނިޒާމުވެސް ވަރުގަދަ ކޮށްދޭ އެއްޗެކެވެ.

ގިނަ ވަގުތު ބޭރުގައި ހޭދަ ކުރުމަކީ ހަށިގަނޑާއި މީހާގެ ސިކުނޑިއަށްވެސް ލުއި ކަމެއް އިހްސާސް ކުރެވޭނެ ކަމެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕެރިހުގެ ކޮތަރުގެ ޑޮކްޓަރުގެ ވާހަކަ

ޕެރިހުގެ ކޮތަރުގެ ޑޮކްޓަރުގެ ވާހަކަ

07 ޑިސެމްބަރު 2025
ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު ގާތްގަނޑަކަށް 100،000 އަށް އަރައި ރެކޯޑެއް ހަދައިފި

ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު ގާތްގަނޑަކަށް 100،000 އަށް އަރައި ރެކޯޑެއް ހަދައިފި

12 ސެޕްޓެމްބަރު 2025
އިޓަލީގެ މަޝްހޫރު ފެޝަން ޑިޒައިނަރު ޖިއޯޖިއޯ އަރްމާނީ މަރުވެއްޖެ

އިޓަލީގެ މަޝްހޫރު ފެޝަން ޑިޒައިނަރު ޖިއޯޖިއޯ އަރްމާނީ މަރުވެއްޖެ

04 ސެޕްޓެމްބަރު 2025
ރީތިވުމުގެ ސިއްރުތަކާއި ޒަމާނީ އުކުޅުތައް

ރީތިވުމުގެ ސިއްރުތަކާއި ޒަމާނީ އުކުޅުތައް

19 އޯގަސްޓު 2025
ރަޖްނީކާންތު - ފަގީރު ދިރިއުޅުމުގެ ތެރެއިން ފިލްމީ ދާއިރާ އަށް ނުކުމެ އެންމެ އުހުގައި ބައި ގަރުނު!

ރަޖްނީކާންތު - ފަގީރު ދިރިއުޅުމުގެ ތެރެއިން ފިލްމީ ދާއިރާ އަށް ނުކުމެ އެންމެ އުހުގައި ބައި ގަރުނު!

15 އޯގަސްޓު 2025

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު