Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖެޓީވީ ޖޫރިމަނާކުރުން

ރިޕޯޓްގައި ބުހުތާނު ދޮގު، ޖޫރިމަނާކުރީ އިންތިޚާބުގެ ހަގީގަތްތައް ރައްޔިތުންނަށް ގެނެސްދިނުމަށް ހުރަސް އެޅުމަށް: ރާއްޖެ ޓީވީ

މައްސަލަ ނިންމާފައި ވަނީ ގާނޫނީ އަދި ޝަރުއީ ހަމަތަކުގެ މަތިން ރައްދުވާ ފަރާތަށް ސާފުކޮށްދޭން ޖެހޭ ކަންތައްތައް ސާފުކޮށް ދިނުމެއް ނެތި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 8 އޯގަސްޓު 2018 | ބުދަ 21:10
ރާއްޖެ ޓީވީގެ އިސް މުވައްޒަފުން

ރާއްޖެ ޓީވީގެ އިސް މުވައްޒަފުން

ދެ މިލިއަން ރުފިޔާއިން ރާއްޖެ ޓީވީ ޖޫރިމަނާ ކުރަން ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމި ގޮތުގެ ރިޕޯޓުގައި ކަނޑައެޅިގެން ބުހުތާނު ދޮގު ހިމެނޭ ކަމަށާއި، ޖޫރިމަނާކުރީ އިންތިހާބުގެ ކަވަރޭޖަށް ހުރަސް އެޅުމަށާއި ސްޓޭޝަން ނައްތާލުމުގެ ނިޔަތުގައިކަމަށް ރާއްޖެޓީވީން ބުނެފި އެވެ.

ރާއްޖެޓީވީ 2 މިލިއަން ރުފިޔާއިން ޖޫރިމަނާކުރުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމި ނިންމާއި ގުޅިގެން ސްޓޭޝަނުން އާންމުކުރި ބަޔާނެއްގައި ބުނީ، ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުން ރާއްޖެޓީވީއަށް "ހޭ އަރުވާލުމުގެ" މަގްްސަދުގައި މަސައްކަތްކުރަމުންދާކަމުގެ މައުލޫމާތު އެ ކޮމިޝަންގެ ތެރެއިން ލިބި އެކަމުގެ ކަންބޮޑުވުން ސްޓޭޝަނުން ފާޅުކޮށްފައިވަނިކޮށް، ކުރެވެން އޮތް އެންމެ ބޮޑު އަދަދުން ސްޓޭޭޝަން ޖޫރިމަނާކުރުމަކީ ސްޓޭޝަން ނައްތާލުމަށްޓަކައި ކޮމިޝަނުން ކުރަމުންގެންްދާ ސިލްސިލާ މަސައްކަތްތަކުގެ ތެރެއިން އެޅި ފިޔަވަޅެއް ކަމުގައި ދެކޭކަމަށެވެ. އަދި އެއީ އިންތިޚާބުގެ ހަގީގަތްތައް ރައްޔިތުންނަށް ގެނެސްދިނުމަށް ސްޓޭޝަންގެ މުވައްޒަފުން ކުރަމުންދާ މަސައްކަތައް ހުރަސް އަޅައި ފޯކަސް ގެއްލުވާލުމަށް، ރަނގަޅަށް ހިސާބު ޖަހާ ބެލުމަށްފަހު، ދިން ބޮޑު އަނިޔާއެއް ކަމަށް ވެސް ދެކޭކަމަށް ވެސް ބަޔާނުގައި ވެއެވެ.

Advertisement - newsAdvertisement

ރާއްޖެޓީވީން ބުނީ، ސްޓޭޝަން ޖޫރިމަނާ ކުރަން ނިންމި ގޮތުގެ ރިޕޯޓު ބެލިއިރު އޭގައި ކަނޑައެޅިގެން ބުހުތާނު ދޮގު ހިމެނޭކަމަށެވެ. އަދި މައްސަލަ ނިންމާފައި ވަނީ ގާނުނީ އަދި ޝަރުއީ ހަމަތަކުގެ މަތިން މައްސަލަ ރައްދުވާ ފަރާތަށް ސާފުކޮށްދޭން ޖެހޭ ކަންތައްތައް ސާފުކޮށް ދިނުމެއް ނެތި ކަމަށާއި، ވާހަކަ ދެއްކި ކަމަށް ބުނާ މީހާ އާ ކުޑަމިނުން ސުވާލެއްވެސް ކޮށްލުމެއް ނެތިކަމަށެވެ.

ރާއްޖެ ޓީވީން ތަކުރާރުކޮށް އެދެމުން ދިޔައީ އެ ކޮންޓެންޓުން އަބުރު ގެއްލޭ ގޮތަކާއި ގައުމީ ސަލާމަތަށް ނުރައްކާވި ގޮތެއް ސާފުކޮށް ބުނެ ދިނުމަށެވެ. އެހެންވެ، މައްސަލައިގައި ޖަވާބުދާރީ ވުމުގެ ފުރުސަތު ލިބުނު ކަމަށް ވާނީ، އެ ކޮންޓެންޓު ގާނޫނާ ޚިލާފުވާ ގޮތެއް ސާފުކޮށްދީގެން ކަމަށް ބުނަމުން ދަނިކޮށް ބޮޑު ޖުރިމަނާއެއް ކޮށްލީ، ރާއްޖެޓީވީން ގާނޫނާ ޚިލާފު ވި ކަމަށް ކޮމިޝަނަށް ދެއްކޭނެ އެއްވެސް ހުއްޖަތެއް ނެތްކަން ސާފުކޮށް އެނގެން އޮއްވައި ކަމަށްވެސް ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޓީވީ ހަތަރު ވަނަ ފަހަރަށް ޖޫރިމަނާ މިކުރީ އަބުރުގެ ގާނޫނުގެ ދަށުން ޖޫރިމަނާ ކުރެވޭ އެންމެ ބޮޑު އަދަދުންނެވެ. މި ޖޫރިމަނާކުރީ، މިއަހަރުގެ މާޗް 16 ވަނަ ދުވަހުގެ ރޭ މާލޭގައި ކުރަމުންދިޔަ މުޒާހަރާ ރާއްޖެ ޓީވީން ގެނެސްދެމުން ދިޔައިރު މީހަކު ދެއްކި ވާހަަކައަކާ ގުޅިގެންނެވެ.

އެ މީހާ ދެއްކި ވާހަކަ އިން ގައުމީ ސަލާމަތަށް ނުރައްކާވި ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނާއިރު، ގައުމީ ސަލާމަތުގެ ކަންކަން ބެލެހެއްޓުމަށް ގާނޫނުން މަތިކޮށް އެކަމުގެ ވާޖިބު ހަވާލު ކޮށްފައިވާ ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އެކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް މިހާތަނަށް ބުނެފައެއްވެސް ނެތްކަން ރާއްޖެޓީވީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އޭގެއިތުރުން އެކަމުގެ މައްސަލައެއްވެސް ބަލާފައެއް ނެތްކަންވެސް ސްޓޭޝަނުން ފާހަގަކޮށްފައިވެއެވެ. އެ ވާހަކަ ދެއްކި މީހާއާ ސުވާލެއް ވެސް ނުކުރެ އެވެ.

މި މައްސަލަ ނިންމީ، ކޮމިޝަންގެ ފަންނީ ބައެއް މުވައްޒަފުން މި މައްސަލައިގައި ދެ މިލިއަން ރުފިޔާއިން ރާއްޖެ ޓީވީ ޖޫރިމަނާ ނުކުރެވޭނެ ކަމަށް ކޮމިޝަނުގެ މެމްބަރުންނަށް ލަފާ ދީފައި ވަނިކޮށް ކަމަށް އިތުބާރު ހުރި މަސްދަރުތަކުން އެނގިފައިވާކަން ފާހަގަކޮށް ރާއްޖެ ޓީވީގެ ބަޔާނުގައި ބުނެފައިވަނީ ކަނޑައެޅޭ އަދަބު ފުރަތަމަ އެނގެން ޖެހޭނީ އެ އަދަބު ރައްދުވާ ފަރާތަކަށް ކަމަށް ވުމަކީ ޝަރުއީ އަދި ގާނޫނީ އިޖުރާއަތަކަށް ވާއިރު، ޖޫރިމަނާ ކުރިކަން ރާއްޖެޓީވީ އަށް އެންގުމުގެ ކުރިން، އެހެން ފަރާތްތައް މެދުވެރިކޮށް އެ ޚަބަރު އަވަސް އަވަހަށް އާއްމު ކުރުމުން އަނިޔާ އެއް ދީގެން އުފާ ހާސިލް ކުރުމަށް ކޮމިޝަނުގެ މެމްބަރުން ކެތްމަދުވެފައި ތިބި މިންވަރު ހާމަވާ ކަމެއް ކަމަށެވެ.

"ކުރިން 1.7 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފައިވައިވެ އެވެ. އެ މައްސަލަތަކަކީ ގާނޫނުއަސީސާއި ގާނޫނުތަކާ ހިލާފަށް ނިންމާފައިވާ މައްސަލަތަކެއް ކަމަށް ދެއްކޭނެ އެތައް ހެއްކެއް ހުރި ނަމަވެސް ރާއްޖެޓީވީއަށް އެކަންކަމުގައި އިންސާފު ހޯދޭނެ މަގެއް ނެތެވެ. އިސްތިއުނާފަށް ހުށަހެޅި އެއިން އެއްވެސް މައްސަލައެއް ނިމިފައެއްވެސް ނެތެވެ. އިންސާފަށް އެދި ކުރާ މަސައްކަތްތައް އެކަށީގެންވާ ގޮތެއްގައި ހިނގާނެ މަގެއްވެސް ނެތެވެ. އަނިޔާ ތަހައްމަލު ކުރުން ނޫން ގޮތެއްވެސް ނެތެވެ." ރާއްޖެޓީވީން އާންމުކުރި ދެ ސަފްހާގެ ބަޔާނުގައި ބުނެފައިވެއެވެ.

ރާއްޖެޓީވީގެ ބަޔާނުގައި އިތުރަށް ބުނީ، ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ބައެއް މެމްބަރުންނަކީ ސީދާ ވަކި ފަރާތެއްގެ ނުފޫޒުގައި ރާއްޖެޓީވީއަށް ގެއްލުން ދިނުމުގެ މަގްސަދުގައި މަސައްކަތް ކުރާ، އަދި އެފަދަ މެމްބަރުންގެ މަގާމާއި ލިބެމުންދާ ބޮޑެތި އިނާޔަތްތައް ދެމެހެއްޓުމަށް އޮތީ ރާއްޖެ ޓީވީ އަށް އަނިޔާވެރިވުން ކަމަށް ދެކިގެން ސީދާ އޯޑަރަށް މަސައްކަތް ކުރަމުންދާ ބައެއް ކަމަށެވެ. އަދި ބްރޯޑްކާސްޓިންގ ކޮމިޝަންގެ ބައެއް މެމްބަރުންގެ އަމަލުތައް އެހެން ހުރުމުގެ އެންމެ ބޮޑު އެއް ސަބަބަކީ، ރައްޔިތުންގެ މަޖިލިސް ހިސޯރުކޮށްފައި އޮތުން ކަމަށާއި، ކޮމިޝަން ޖަވާބުދާރީ ކުރެވޭނެ ފަދަ ވެސް މިވަގުތު ރާއްޖޭގައި ނެތްކަން އެއީ ފެންނާން އޮތް ހަގީގަތްކަން ރާއްޖެޓީވީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ރާއްޖެޓީވީން ބުނީ، ފުލުފުލުގައި ބްރޯޑްކާސްޓިންގ ކޮމިޝަނުން ޓާގެޓް ކޮށްގެން ބްރޯޑްކާސްޓަރުންނަށް ދެމެދުންދާ އަނިޔާތަކުން، އެ ކޮމިޝަނަކީ ރާއްޖެ ޑިމޮކްރަސީގެ މަގާ ދުރުކޮށް، ޚިޔާލު ފާޅު ކުރުމުގެ ހައްގު ހަނިކޮށް، މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅާ، އަދި ރާއްޖޭގެ ވެރިކަމުގެ ތެރޭގައި ޚުދުމުޚުތާރު ސިފަތައް އަށަގެންނެވުމަށް ހިތްވަރުދޭ މުއައްސަސާއެއްކަން ހާމަވާކަމަށެވެ. އަދިި ރާއްޖެޓީވީއަކީ ވަސީލަތްތައް މަދު އަދި ފުލުފުލުގައި މިލިއަނުން ޖުރިމަނާ ދެއްކޭނެ ތަނަވަސް ކަމެއް ނެތް ސްޓޭޝަނެއް ކަމުގައި ވިޔަސް، ދިވެހި ގައުމާ ރައްޔިތުންގެ ހައްގުގައި އަދި ގައުމުގެ ކުރިއެރުމާއި ފާގަތި ކަމަށްޓަކައި ލިބިދާނެ އަނިޔާއަކަށް ބިރުން ފަސް ޖެހޭނެ ސްޓޭޝަނެއް ނޫންކަން ޔަގީންކަން ސްްޓޭޝަނުންް ވަނީ ރައްޔިތުންނަށް އަރުވާފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޔާމީންގެ ރ، ބ ދަތުރުފުޅު ކައުންސިލް އިންތިޚާބުގެ ވެސް ފަހަށް!

ރައީސް ޔާމީންގެ ރ، ބ ދަތުރުފުޅު ކައުންސިލް އިންތިޚާބުގެ ވެސް ފަހަށް!

25 އެޕްރީލު 2017
ކައުންސިލް އިންތިޚާބުގެ ކެންޑިޑޭޓުންނަށް ބިރުދެއްކުމާއި ފްރޭމް ކުރުން ހުއްޓާލުމަށް އެމްޑީޕީން ގޮވާލައިފި

ކައުންސިލް އިންތިޚާބުގެ ކެންޑިޑޭޓުންނަށް ބިރުދެއްކުމާއި ފްރޭމް ކުރުން ހުއްޓާލުމަށް އެމްޑީޕީން ގޮވާލައިފި

04 އެޕްރީލު 2017
އެހެން ސިސްޓަމުން ވޯޓް ދެއްވީ އާޒިމް ކަމަށް މޫސާ ތުހްމަތުކުރެއްވި، އާޒިމް އެކަން ދޮގުކުރޭ!

އެހެން ސިސްޓަމުން ވޯޓް ދެއްވީ އާޒިމް ކަމަށް މޫސާ ތުހްމަތުކުރެއްވި، އާޒިމް އެކަން ދޮގުކުރޭ!

30 މާރިޗު 2017
އެޗްވަންއެންވަން ފެތުރުން: ކަންކަން ސިއްރުކުރުން، ދޮގު ހެދުން އިންތިހާ!

އެޗްވަންއެންވަން ފެތުރުން: ކަންކަން ސިއްރުކުރުން، ދޮގު ހެދުން އިންތިހާ!

14 މާރިޗު 2017
ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލު، ކަރެކްޝަންސް އިން ދޮގުކުރޭ!

ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލު، ކަރެކްޝަންސް އިން ދޮގުކުރޭ!

12 މާރިޗު 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު