އަމިއްލަ ގޮތުން ރިޔާސީ އިންތިހާބަށް ވާދަކުރެއްވުމަށް ބޭފުޅަކު އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި އަމިއްލަ ގޮތުން ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ފޯމް ހުށަހެޅުއްވީ ދަފްތަރު 6562، ހުސައިން ނަސީރު އެވެ. ނަސީރުގެ ކެންޑިޑެސީ ފޯމާއި އިލެކްޝަންސް ކޮމިޝަނުން ހަވާލުވެފައިވަނީ އެ ކޮމިޝަނުގެ މެންބަރު އަމްޖަދު މުސްތަފާއެވެ.
ހުސައިން ނަސީރުގެ ރަނިންގމޭޓެއްގެ ގޮތުގައި ކުރިމަތިލައްވާފައިވަނީ ޝެއިހު ނަސްރުﷲ މުސްތަފާ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ހުސައިން ނަސީރުގެ ކެންޑިޑެސީ ފޯމު ބަލައިގެންފައިވާ ކަމަށާއި ހުށަހަޅާފައިވާ 1500 މީހުންގެ ސޮއި ކަށަވަރު ކުރުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.
މިހާތަނަށް އިންތިހާބުގައި ވާދަކުރެއްވުމަށް ނަސީރުގެ އިތުރުން ހުށަހަޅުއްވާފައިވަނީ ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އެވެ.