Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެއް މިލިއަން މަސްދަޅު

އެއް މިލިއަން މަސްދަޅު އަދިވެސް ސަރުކާރުން ފަލަސްތީނަށް ނުފޮނުވާ

28 އޯގަސްޓު 2024 | ބުދަ 06:25

މުއިއްޒު ހުވާ ކުރައްވާފައިވަނީ އެހީ ހަދިޔާކުރުމަށް ބޭނުންވާ ފައިސާ މިފްކޯއަށް ދައްކައި، ފްރައިޓް ޗާރޖުވެސް ދައްކާފައިވަނިކޮށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 28 އޯގަސްޓު 2024 | ބުދަ 06:25
ރައީސުލްޖުމްހޫރިއްޔާ އާއި ޚާރިޖީ ވަޒީރު މޫސާ ޒަމީރު

ރައީސުލްޖުމްހޫރިއްޔާ އާއި ޚާރިޖީ ވަޒީރު މޫސާ ޒަމީރު

ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ދިވެހިސަރުކާރުގެ ފަރާތުން އެ މިލިއަން ކަނޑު މަސްދަޅު ހަދިޔާކުރުމަށް ނިމިދިޔަ ސަރުކާރުގައި ނިންމާފައި އޮތްނަމަވެސް، އަދިވެސް އެ މަސްދަޅުތައް ހަވާލު ނުކުރެވޭކަމަށް ޚާރިޖީ ވުޒާރާއިން ބުނެފިއެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް ދިވެހިސަރުކާރުން އެ މިލިއަން ކަނޑު މަސްދަޅު ހަދިޔާކުރުމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމެވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހުއެވެ. އެއީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދެމުންދިޔަ ވަރުގަދަ ޙަމަލާތަކުގައި ފަލަސްތީނުގެ ރައްޔިތުން ޙާލުގައި ޖެހެމުންދާތީ ދިވެހި ސަރުކާރުން އެކަމަށް އަވަސް އެހީއެއް ވުމުގެ ގޮތުންނެވެ.

ވެރިކަން ބަދަލުވެ މިހާރުގެ ރައީސް ޑރ މުޙައްމަދު މުއިއްޒު ހުވާ ކުރައްވާފައިވަނީ އެ މިލިއަން ކަނޑު މަސްދަޅު ހަދިޔާކުރުމަށް ބޭނުންވާ ފައިސާ މިފްކޯއަށް ދައްކައި، އެ ފޮނުވުމަށް ބޭނުންވާ ފްރައިޓް ޗާރޖުވެސް ދައްކައި، ފޮނުވުމުގެ މަރުޙަލާގައި ވަނިކޮށެވެ.

އޭގެ ފަހުން ރައްޔިތުންގެ މަޖިލިސް އިންތިޚާބާ ދިމާކޮށް އެ މަސްދަޅުތައް އިންތިޚާބުގެ ބޭނުމަށް ބަހާފައިވާކަމުގެ އަޑުތަކެއްވެސް ވަނީ ފެތުރިފައެވެ.

އޭގެ އިތުރުން، މިހާރު ވެރިކަމަށް 9 މަސް ވެގެންދާއިރު އަދިވެސް އެ އެހީ ފޮނުވިފައެއް ނުވެއެވެ. އެގޮތުން އެ އެހީ ފޮނުވާފައިވޭތޯ ރާއްޖެއެމްވީން ސުވާލު ކޮށްލުމުން ފޮރިން މިނިސްޓްރީން ފުރަތަމަ ބުނެފައިވަނީ އެ މައުލޫމާތު ޗެކްކޮށްލަން ޖެހޭ ކަމަށެވެ.

އެތައް ފަހަރަކު ރާއްޖެއެމްވީން އެކަމާ ގުޅި ފަހުން ބުދަ ދުވަހު ފޮރިން މިނިސްޓްރީން އެންމެ ފަހުން ވަނީ އެކަމާ ޖަވާބެއް ދީފައެވެ. އެގޮތުން ފޮރިން މިނިސްޓްރީން މައުލޫމާތު ދިން ފަރާތުން ވިދާޅުވީ، އެ އެހީ އަދިވެސް ފޮނުވިފައި ނުވާ ކަމަށާއި، އެހީ ފޮނުވިފައި ނުވަނީ ފަލަސްތީނަށް އެހީ ވެއްދުމުގައި ހުރަސްތަކެއް ހުރުމުން ކަމަށެވެ.

އަދި އެހީ ފަލަސްތީނުގެ ރައްޔިތުންނަށް ވީ އެންމެ އަވަހަކަށް ފޮނުވުމަށް ފަލަސްތީނުގެ ކަމާބެހޭ އިދާރާތަކާއެކު މަޝްވަރާކޮށް އެކަން ވިލަރެސް ކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފޮރިން މިނިސްޓްރީން އެހެން ބުނެފައިވާއިރު، އާންމުކޮށް އެފަދަ އެހީ ދިނުމަށް ހަވާލުކުރަނީ ޔޫއެން އެޖެންސީ ފޮ ފެލަސްޓައިން ރެފިއުޖީ (އަންރާ) އާ އެވެ. އަންރާއާ އެ އެހީ ހަވާލުވުން ލަސްވާ ސަބަބު މުޅިން ސާފެއް ނޫނެވެ.

އެ އެހީ ދިނުން ލަސްވާތީ ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގައި 21 ފެބްރުއަރީގައި ބޭއްވި ބައްދަލުވުމުގައި އޭރު އެމްޑީޕީގެ މެމްބަރުން އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާފައިވެއެވެ. އޭރު އެކަމާ ގުޅިގެން ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، މިސްރުގެ ސަރުކާރާ ވާހަކަ ދައްކައިގެން ފަލަސްތީނު ރައްޔިތުންނާ ހަމައަށް މަސްދަޅުތައް ފޯރުކޮށްދިނުމަށް މަސައްކަތްތައް ފަށާފައިވާ ކަމަށާއި، ނަމަވެސް އެކަން އަދިވެސް ވެފައިނުވާ ކަމަށެވެ.

އޭގެ ފަހުންވެސް 6 މަސް ވެގެން ގޮސްފައިވާއިރު އަދިވެސް ސަރުކާރުން ދެނީ އެއް ޖަވާބެކެވެ.

ޑރ. މުހައްމަދު މުއިއްޒުމިފްކޯ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ
10 ޑިސެމްބަރު 2025

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!
10 ޑިސެމްބަރު 2025

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް
07 ޑިސެމްބަރު 2025

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް
06 ޑިސެމްބަރު 2025

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!
06 ޑިސެމްބަރު 2025

ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި

06 ޑިސެމްބަރު 2025
ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި
05 ޑިސެމްބަރު 2025

ބުޅަލުގެ ހައްގުތަކަށް ވަކާލާތު ކުރާ މީހުން ގެ ކަންބޮޑުވުން ހުރި ކަމަށް ރައީސް ވިދާޅުވިއިރު މިޔަރު މަސްވެރިކަން ހުއްދަކުރީ ވަކާލާތު ކުރާނެ މީހުން ނެތިގެން؟

05 ޑިސެމްބަރު 2025
ބުޅަލުގެ ހައްގުތަކަށް ވަކާލާތު ކުރާ މީހުން ގެ ކަންބޮޑުވުން ހުރި ކަމަށް ރައީސް ވިދާޅުވިއިރު މިޔަރު މަސްވެރިކަން ހުއްދަކުރީ ވަކާލާތު ކުރާނެ މީހުން ނެތިގެން؟
04 ޑިސެމްބަރު 2025

ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފި

04 ޑިސެމްބަރު 2025
ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފި
04 ޑިސެމްބަރު 2025

ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމިފައިވާކަން ރައީސް އިއުލާން ކުރެއްވި ދުވަހަކީ ނުފޫޒު ފޯރުވުން ފެށުނު ދުވަސް: މެންބަރު އަމީން ފައިސަލް

04 ޑިސެމްބަރު 2025
ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމިފައިވާކަން ރައީސް އިއުލާން ކުރެއްވި ދުވަހަކީ ނުފޫޒު ފޯރުވުން ފެށުނު ދުވަސް: މެންބަރު އަމީން ފައިސަލް
03 ޑިސެމްބަރު 2025

ރައީސް މުއިއްޒު ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުން ޓެކުމާއި ފޭރުން: އިބްރާހިމް ރަޝީދު

03 ޑިސެމްބަރު 2025
ރައީސް މުއިއްޒު ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުން ޓެކުމާއި ފޭރުން: އިބްރާހިމް ރަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް