Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބު 2018

ފުލުހުން ލައްވާ "ހަޑި ކަންކަން" ނުކުރުވާނަން: ފައިސަލް

8 އޯގަސްޓު 2018 | ބުދަ 06:27

ފުލުހުންގެ މުވައްސަސާއަކީ ރައްޔިތުން 100 ޕަސެންޓް އިތުބާރުކުރާ ތަނަކަށް ހަދައިދޭނަން

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 8 އޯގަސްޓު 2018 | ބުދަ 06:27
އިދިކޮޅު ކޯލިޝަނުގެ ކެންޑިޑޭޓްގެ ރަނިންމޭޓް ފައިސަލް ނަސީމް

އިދިކޮޅު ކޯލިޝަނުގެ ކެންޑިޑޭޓްގެ ރަނިންމޭޓް ފައިސަލް ނަސީމް

ދިވެހި ފުލުހުންގެ މުވައްސަސާއަކީ 100 ޕަސެންޓް އިތުބާރު ކުރާ ތަނަކަށް ހަދާ ދިނުމަކީ އެންމެ ބޮޑު އެއް ވައުދުކަމަށް އިދިކޮޅު ކޯލިޝަނުގެ ކެންޑިޑޭޓްގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ސެޕްޓެމްބަރު 23 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށްޓަކައި ރީ ރަޖިސްޓްރީ ކުރެއްވުމަށްފަހު ފައިސަލް ވިދާޅުވީ މީހުން ހައްޔަރުކޮށް ކެމްޕެއިން ޕޯސްޓަރުތައް ނެއްޓުމުގެ މަސައްކަތް ދިވެހި ފުލުހުން ދޫކޮށްލައި، ތަހުޒީބު މުޖުތަމައުތަކުގައި ވެސް ފުލުހުން އުޅެމުންދާ ގޮތަށް ދިވެހި ފުލުހުން މަސައްކަތް ކުރުމަށް ގޮވާލައްވާފަ އެވެ.

Advertisement - newsAdvertisement
"ފުލުހުނަށްދޭން ބޭނުންވާ ޔަގީންކަމަކީ ގުޅިފައިވާ އިއްތިހާދުގެ ސަރުކާރެއްގައި ހަޑިހުތުރު ކަންތައްތައް ކުރުމަށް އެ ބޭފުޅުންނަށް އަޅުގަނޑުމެން ހަވާލެއް ނުކުރާނަމޭ. ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އިއްޒަތާއި ކަރާމަތްތެރިކަމާއެކު މަސައްކަތް ކުރެވޭ ތަނަކަށް ބަދަލުކޮށް ދިވެހި ފުލުހުންގެ މުވައްސަސާއަކީ ދިވެހި ރައްޔިތުންގެ 100 ޕަސެންޓް އިތުބާރު ހުރިތަނަކަށް ހަދާ ދިނުމަކީ އަޅުގަނޑުމެންގެ އެންމެ ބޮޑު އެއްވައުދު" ފައިސަލް ވިދާޅުވި އެވެ.

އިންތިހާބަށް ކެމްޕެއިން ކުރުމަށް ހުރިހާ ފަރާތްތަކަށް ހަމަހަމަ ފުރުސަތެއް ދޭން ޖެހޭ ކަމަށާއި އެހެން ނަމަވެސް މިހާރު ފެނިގެން ދަނީ ވަރަށް "ހަޑި މަންޒަރުތައް" ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެނަށް ފެނިގެން މިދަނީ އަޅުގަނޑުމެންގެ ފަރާތުން ކެމްޕެއިންކުރާ ފަރާތްތައް ހައްޔަރުކުރެވިގެންދާ ތަން. ފޮތިތައް ނެއްޓިގެންދާ ތަން. ޕޯސްޓަރުތައް ނައްޓާ ތަން. މިއީ ވަރަށް ހަޑިހުތުރުކަންތައް، މިއަދު ވެސް އަޅުގަނޑު ފުލުހުންނަށް ދަންނަވާލަން ބޭނުންވަނީ ވަކި ފަރާތެއް ރުއްސުމަށްޓަކައި، ވަކި ފަރާތެއް ހިތްހަމަ ޖެއްސުމަށްޓަކައި އެއްވެސް ހާލެއްގައި ގާނޫނު އަސާސީއާ ގާނޫނުން ހުއްދަ ނުކުރާ އެއްވެސް ކަމެއް ނުކުރައްވާށޭ،" ފައިސަލް ވިދާޅުވި އެވެ.

މީގެ އިތުރުން ފައިސަލް ވިދާޅުވީ ދައުލަތުގެ މުވައްސަސާތަކުގައި ތިބި މުވައްޒަފުންނަށް ބިރުދައްކައިގެން ކުރުވާ އެއްވެސް ކަމަކު ކާމިޔާބެއް ނޯންނާނެ ކަމަށެވެ. އަދި ވިދާޅުވީ ސިވިލް ސާވީސްގެ ގިނަ މުވައްޒަފުން އެދެމުންދަނީ އެމީހުނަށް އޮތް ފިއްތުންތަކުން ސަލާމަތްކޮށް ދެއްވުމަށެވެ.

ފައިސަލް ވިދާޅުވީ މިއަދުގެ ސަރުކާރު ބަދަލު ކުރަން ރައްޔިތުން ބޭނުންވެފައިވާ މިންވަރު މ.އަތޮޅާއި ވ.އަތޮޅަށް ކުރެއްވި ދަތުރުގައި އެނގިގެން ހިނގައްޖެ ކަމަށެވެ. ކޮންމެ ރަށެއްގައި ވެސް ބޮޑެތި މައްސަލަތަކެއް ހުރިކަން ފާހަގަ ކުރެވުނު ކަމަށް ފާހަގަ ކުރައްވައި ފައިސަލް ވިދާޅުވީ "ދަށު ދަރަޖައަކަށް" ގޮސްފައިވާ ސިއްހީ މައްސަލަތައް ހަމައަކަށް އަޅުއްވާނެ ކަމަށެވެ. ސަރުކާރުން ކޮށްދޭން ޖެހޭ ކަމެއް ނުކޮށްދެވިގެން ސަލާންޖަހަން ނުޖެހޭނެ ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ. ރީރަޖިސްޓްރީ ކުރުމަށް ފަހު އަލުން ޗެކް ކުރުމަށާއި ވޯޓުލުމަށް ގެންދަން ޖެހޭ ކާކުކަން އަންގައިދޭ ލިޔުން ރައްކާތެރިކޮށް ބޭއްވުމަށް ހާއްސަ ސަމާލު ކަމެއް ދިނުމަށް ފައިސަލް އިލްތިމާސްކުރެއްވި އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އީރާނުގެ އެންމެ މަތީ ލީޑަރާއެކު ބޭއްވެވި ހަތް ގަޑިއިރުގެ ދިގު ބައްދަލުވުމުގެ ތަފްސީލުތައް ރައީސް ޕެޒެޝްކިއަން ދެއްވައިފި

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
13 ޖެނުއަރީ 2017

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް