Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަހުމަދު އަދީބު

ރިލްވާން ހޯދަން ކެބިނެޓް ލެވެލްގައި ކުރި މަސައްކަތް ރައީސް ޔާމިން ހުއްޓުވި: އަދީބު

7 އޯގަސްޓު 2018 | އަންގާރަ 07:44

ސަރުކާރުގައި ހުރިއިރުވެސް ރިލްވާންގެ އާއިލާއާ ބައްދަލުކުރިން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 7 އޯގަސްޓު 2018 | އަންގާރަ 07:44
އަހުމަދު އަދީބް ރައީސް ޔާމިން އަރިހުގައި

އަހުމަދު އަދީބް ރައީސް ޔާމިން އަރިހުގައި

ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން ހޯދުމަށް ކެބިނެޓް ލެވެލްގައި ކުރި މަސައްކަތް ރައީސް ޔާމީން ހުއްޓުވިކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެއެވެ.

ރިލްވާން ވީނުވީއެއް ނޭނގިފައިވާތާ 4 އަހަރު ވުމާއި އަދި ރިލްވާންގެ ޝަރީޢަތް ރިލްވާން އަށާއި ރިލްވާންގެ ޢާއިލާއަށް އިންސާފް ނުލިބި ނިމިފައިވާތީ ލޯޔަރުން މެދުވެރިކޮށް އަދީބު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ރިލްވާން ގެއްލުވާލިކަމުގެ ދައުވާ އުފުލުނު މައްސަލައިގެ ހުކުމަށް ބަލާއިރު، ފުލުހުންގެ ފަރާތުން ތަހުގީގުގައި ބޮޑެތި އިހްމާލްތަކެއް ވެފައިވާކަން އެމައްސަލައިގައި ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުގައިވެސް ބަޔާންކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އަދީބު ވިދާޅުވެފައިވަނީ ރިލްވާން ގެއްލުމާއި ގުޅިގެން ރިލްވާން ހޯދުމުގެ މަސައްކަތް ކުރެވެމުންދިޔައިރު، ރިލްވާންގެ އާއިލާއިން ރައީސުލްޖުމްހޫރިއްޔާ އަދި މިނިސްޓަރުންނާއި ބައްދަލުކުރުމަށް އެދުމުން ޓޫރިޒަމް މިނިސްޓްރީގައި ރިލްވާންގެ އާއިލާއާ ބައްދަލުކުރެއްވި ކަމަށާއި އެބައްދަލުވުމުގައި ރިލްވާންގެ އާއިލާގެ ބޭފުޅުންނާއި އަދި ޚާއްޞަކޮށް ރިލްވާންގެ މަންމަ، ރިލްވާން ގެއްލުމުން ހުރި ކަންބޮޑުވުންތަކާއި ހިތާމަތައް ފުން އަސަރާއިއެކީ އަދީބާ ހިއްސާކުރިކަމަށެވެ. އެބައްދަލުވުމުގައި ރިލްވާން ހޯދުމަށް ކުރެވެންހުރި ހުރިހާކަމެއް ކުރާނެކަމަށް ،ރިލްވާންގެ މަންމައާއި އާއިލާއަށް ވައުދު ވެފައިވާނޭކަމަށް އަދީބު ވަނީ ވިދާޅުވެފައެވެ.

އަދީބު ވިދާޅުވެފައިވަނީ ކަމާއިގުޅޭ އިދާރާތަކާއި އަދި ވުޒާރާތަކުގެ ވެރިންނަށް، ރިލްވާންގެ މައްސަލައިގައި ފުރިހަމަ ތަހުގީގެއް ކުރަމުން ނުދާތީއާއި އަދި ހުޅުމާލެއިން މީހަކު ގެއްލިގެން ރިޕޯޓް ކުރިއިރު ވަގުތުން އެކަމާ އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިނުވާތީ އެކަމާއި ގުޅިގެން އަދީބުގެ ކަންބޮޑުވުންތައް އިދާރާތަކާއި ވުޒާރާތަކުގެ ވެރިންނާއި ހިއްސާ ކޮށްފައިވާނޭ ކަމަށެވެ.

ރިލްވާން ގެއްލިގެން ރިލްވާންގެ އާއިލާއާއި އެކުވެރިން ހަދަމުންދިޔަ ޕެޓިޝަންގައި ސޮއިކުރައްވައި އެޕެޓިޝަން މަޖިލީހަށް ހުށަހަޅައި، އެކަން ބަލައި ދިނުމަށްވެސް މަޖިލިސް މެމްބަރުންގެ ގާތުގައި އެދިވަޑައިގެންނެވިކަން ފާހަގަ ކުރައްވައި އަދީބު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެކަމަށް ހެކިވާނެ ކަމަށެވެ.

އަދީބު ވިދާޅުވީ ރިލްވާން ހޯދުމުގެ މަސައްކަތުގައި ކެބިނެޓް މިނިސްޓަރުންގެ ލެވެލްއިން ކުރެވުނު މަސައްކަތް ކެބިނެޓްގެ ވައިބަރ ގުރޫޕެއްގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އޯވަރ ރޫލް ކުރައްވާފައިވާކަމަށެވެ. ނަމަވެސް އޯވަރ ރޫލް ކުރެއްވި ސަބަބެއް ރައީސުލްޖުމްހޫރިއްޔާ ވިދާޅެއް ނުވިކަމަށް އަދީބު ވިދާޅުވިއެވެ. އަދި އެކަން ހިނގާފައިވާކަން އޭރުގެ ކެބިނެޓްގައި ތިއްބެވި ހުރިހާ މިނިސްޓަރުންނަށް އެނގޭނެ ކަމަށްވެސް އަދީބު ވިދާޅުވިއެވެ.

އަދީބު ވިދާޅުވީ ރައީސް ޔާމީން، ރިލްވާން ގެއްލުވާލި މައްސަލަ ބަލަން އިސްކަން ދޭން ނުޖެހޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާތީއާއި، މިއަދާ ހިސާބަށް އައިއިރުވެސް ތަހުގީގްވެސް ފުރިހަމަވެފައި ނެތުމާއި އިންސާފު ލިބިފައި ނުވާތީ އެކަމުގެ ޒިންމާ ނަގައި ރައްޔިތުންނަށް ޖަވާބުދާރީވުމަށް ދިވެހި ސަރުކާރަށް ގޮވާލާކަމަށެވެ.

ރިލްވާން ގެއްލުވާލުމުގައި އުޅުނު ބަޔަކު ރާއްޖެއިން ބޭރަށް ފުރިއިރު އިމިގްރޭޝަނާ އަދީބު ހަވާލުވެ ހުރިކަމަށް ދެކެވޭ ވާހަކައާއި ގުޅޭގޮތުން އަދީބު ވިދާޅުވީ އެމީހުންނަށް ފުރުނީ ކޯޓުން ހިފަހައްޓާފައިވާ ޕާސްޕޯޓްތައް ދޫކޮށްފައި އޮތުމުން ކަމަށެވެ. ވަގުތީގޮތުން އިމިގްރޭޝަނާ ހަވާލުވެ ހުންނެވިނަމަވެސް އެއޮފީހުގެ އެއްވެސް އިދާރީ ކަމަކާ ބެހި އެއްވެސް މީހަކު ފުރުވާލާފައި ނުވާނެ ކަމަށް އަދީބު ވިދާޅުވިއެވެ.

އަދީބު ވިދާޅުވީ ޖަލުގައި ބަންދުކުރެވުނު ފަހުންވެސް ރިލްވާންގެ އާއިލާއިން އެދުމުންވާނީ ލޯޔަރުން މެދުވެރިކޮށް އެއާއިލާއިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވާފައި ކަމަށެވެ

ސަރުކާރުގައި މަސައްކަތް ކުރެއްވިއިރުވެސް ޤަބޫލް ނުކުރެއްވޭ ކަންތައްތަކުގައި ކެރިގެން އެތެރޭގައި ބަސްވިދާޅުވެފައިވާނޭކަން ފާހަގަ ކުރައްވައި އަދީބު ވިދާޅުވީ ރިލްވާންގެ ތަހުގީގް ސިޔާސީ ނުކޮށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް ކަމާބެހޭ ހުރިހާ މުއައްސަސާތަކުގައި ވާނީ އެދިފައި ކަމަށެވެ.

އަދީބު ވިދާޅުވީ ރިލްވާނަށް ވީގޮތެއް އެނގޭނަމަ ފާޅުގައި އެކަން ހާމަކުރައްވާނެ ކަމަށާއި އެކަމުގައި ތުހުމަތުކުރެވޭނޭ ފަދަ ކުޑަނަމަވެސް ހެއްކެއް އަދީބުގެ މައްޗަށްވާނަމަ މިހާރު އޮންނާނީ ދައުވާ އުފުލާފައި ކަމަށާއި ރިލްވާންގެ މައްސަލައިގައި އަދީބުގެ މައްޗަށް ބައެއް ފަރާތްތަކުން ކުރަމުން ގެންދާ ތުހުމަތު ތަކަކީ އެއްވެސް އަސާސެއް ނެތް ތުހުމަތު ތަކެއް ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް