Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަރުކާރު ވައްޓާލަން އުޅުން

ކުރީގެ ސީޕީ އަރީފްގެ މައްޗަށް ކުރާ ޓެރަރިޒަމް ދައުވާގެ މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފި

6 އޯގަސްޓު 2018 | ހޯމަ 08:37

އެންމެފަހުން އަޑުއެހުމެއް ބާއްވާފައި ވަނީ މިދިއަ މެއި މަހުގެ 13 ވަނަ ދުވަހު

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 6 އޯގަސްޓު 2018 | ހޯމަ 08:37
ކުރީގެ ސީޕީ އަހުމަދު އަރީފް

ކުރީގެ ސީޕީ އަހުމަދު އަރީފް

ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނެ، ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމް ދައުވާގެ އަޑު އެހުމެއް ހޯމަ ދުވަހަށް ކްރިމިނަލް ކޯޓުގައި ތާވަލް ކުރުމަށްފަހު ކެންސަލް ކޮށްފި އެވެ.

ހޯމަ ދުވަހުގެ 11:00 އަށް އަރީފްގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުމެއް ތާވަލް ކުރުމަށްފަހު، ކްރިމިނަލް ކޯޓުން ފަހުން ވަނީ އަލުން ތާވަލް އަޕްޑޭޓް ކޮށްފަ އެވެ. އަޕްޑޭޓްކުރި ތާވަލުގައި އަރީފްގެ މައްސަލައިގެ އަޑުއެހުން ނުހިމެނޭއިރު، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެންޑީއެފްގެ އެސްޕީޖީގެ ކުރީގެ ވެރިޔާ އަދި ރައީސް އަބްދުﷲ ޔާމީންގެ ކުރީގެ ބޮޑީގާޑު އަހުމަދު ފަޔާޒު އަލީ ރިޒާ (ޕާޕާ)ގެ މައްޗަށް ކުރާ ޓެރަރިޒަމް ދައުވާގެ އަޑުއެހުމެއް ތާވަލް ކޮށްފައި ވެއެވެ.

Advertisement - newsAdvertisement

އަރީފްގެ މައްޗަށް ކުރާ ޓެރަރިޒަމް ދައުވާގެ ހޯމަ ދުވަހުގެ އަޑުއެހުން ކެންސަލް ކުރި ވަކި ސަބަބެއް ކޯޓުން ހާމައެއް ނުކުރެއެވެ.

މި މައްސަލާގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައި ވަނީ މިދިޔަ މެއި މަހުގެ 13 ވަނަ ދުވަހުއެވެ. އެ ދުވަހުގެ އަޑުއެހުމުގައި ދައުލަތުން ދައުވާ އިއްވުމުން އަރީފް ވަނީ ދައުވާއަށް އިންކާރު ކުރައްވާފައެވެ.

އެ އަޑުއެހުމުގައި ދައުލަތުން ދައުވާ އިއްވުމުން އަރީފްގެ ގާނޫނީ ވަކީލުންނާއި އަރީފް ވިދާޅުވެފައި ވަނީ، ދައުވާ ސާފުނުވާ ކަމަށެވެ. އެހެންކަމުން ދައުވާއާ ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ސިއްރުކުރަން ބޭނުންވާ ކަންކަމުގެ ސިއްރު ނުގެއްލޭ ގޮތަށް ޕީޖީގެ ގާނޫނީ ވަކީލުން ވަނީ ދައުވާގައި ސާފުނުވާ ކަމަށް ބުނާ ކަންކަން ސާފުކޮށްދިނުމަށް މަސައްކަތް ކުރައްވާފައެވެ. ނަމަވެސް އަރީފް ވިދާޅުވެފައި ވަނީ ފުލުހުންގެ ޚިދުމަތުގައި އުޅުއްވާތާ 29 އަހަރު ވެފައިވާއިރު ދުވަހަކު ވެސް ޤާނޫނުއަސާސީ އާއި ޤާނޫނާ ޚިލާފު އަމަލެއް ކޮށްފައި ނުވާނެ ކަމަށެވެ.

އެހެންކަމުން ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއަށް އިންކާރު ކުރައްވާ ކަމަށް އަރީފް ވިދާޅުވެފައި ވެއެވެ. ކޮށްފައިވާ ހުވަޔާ އެއްގޮތަށް ސުޕްރީމް ކޯޓު އަމުރެއް ތަންފީޒު ކުރަން އުޅުމުންވީ ޓެރަރިސްޓަކަށް ކަމަށާއި ސުޕްރީމް ކޯޓުން ނެރުނު އަމުރެއް ފުލުހުން ތަންފީޒު ކުރަން ދެކޮޅު ހެދި ތަނެއް މިނޫނިއްޔާ ނުދެކޭ ކަމަށް އަރީފް ވިދާޅުވެފައި ވެއެވެ.

އެ އަޑުއެހުމުގައި އަރީފް ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުން އަމުރެއް ނެރުމުން އެ އަމުރު ތަންފީޒު ކުރުމަކީ ގާނޫނުއަަސާސީ އާއި ގާނޫނުތަކުން ފުލުހުންގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ. އަދި ހާއްސަކޮށް ސުޕްރީމް ކޯޓުން ނެރުނު އަމުރެއް ނަމަ އެ އަމުރާ މެދު އިތުރަށް ސުވާލު އުފެއްދުމުގެ ޖާގައެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

ދައުވާއަށް އަރީފް އިންކާރު ކުރެއްވުމާ އެކު ޕީޖީ އޮފީހުގެ ވަކީލުން ވަނީ އަރީފްގެ މައްޗަށް ދައުވާ ސާބިތު ކުރުމަށް 31 ހެއްކެއް ހުށަހަޅާފައެވެ.

އެ ހެކިތަކުގެ ތެރޭގައި ގިނައިން ހިމެނެނީ ފުލުހުންގެ ބަޔާންތަކެވެ، އަދި އެބަޔާންތަކާއި، ގިނަ ހެއްކާއި ގަރީނާތައް ސިއްރުކޮށްފައިވާއިރު، ދިފާއީ ވަކީލުން ވިދާޅުވެފައި ވަނީ ބަޔާންދިން މީހުންގެ މަޢުލޫމާތު ކޮންމެހެން ސިއްރުކުރަން ދައުލަތުން ބޭނުންވާ ނަމަ، އެމީހުންގެ ސިއްރުކަން ނުގެއްލޭ ގޮތަށް ބަޔާނުގައިވާ އެއްޗެއް ދައުވާ ރައްދުވާ ފަރާތަށް ލިބެންޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި އެއީ ޤާނޫނުއަސާސީން ދައުވާލިބޭ ފަރާތަށް ލިބިދޭންޖެހޭ ހައްގެއް ކަމަށް ވެސް ވަކީލުން ވިދާޅުވެފައި ވެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017
ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
06 ޖެނުއަރީ 2017

ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ

06 ޖެނުއަރީ 2017
ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް