Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ލައިފް ސްޓައިލް
ވަރުބަލިވުން

އަބަދު ވަރުބަލިވެފައި ހުންނަ ގޮތް ވޭތަ؟

މަދުވެގެން އަށް ގަޑި އިރު ނިދަން ޖެހޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 6 އޯގަސްޓު 2018 | ހޯމަ 03:20
އަބަދު ވަރުބަލިވެފައި ހުންނަ ގޮތް މެދުވެރިވުމަކީ މަދުން ނަމަވެސް ދިމާވާ ކަމެއް

އަބަދު ވަރުބަލިވެފައި ހުންނަ ގޮތް މެދުވެރިވުމަކީ މަދުން ނަމަވެސް ދިމާވާ ކަމެއް

ނިދާ ހޭލާއިރު ވަރުބަލިވެފައި ހުންނަ ގޮތް ވޭތަ؟ އަށް ގަޑިއިރު ނިދުމަށްފަހުވެސް އެނދުން ތެދުނުވެ އޮންނަ ހިތްވޭތަ؟

މިގޮތަށް އިހްސާސްވުމަކީ އެއްގޮތަކަށްވެސް މައްސަލައެއް ނޫނެވެ. އެހެން ނަމަވެސް ކޮންމެ ދުވަހަކު މިގޮތަށް ދިމާވުމަކީ ބޮޑު މައްސަލައެވެ. ސިއްހީ އިންޒާރެކެވެ.

ސިއްހީ ގޮތުން ނުރަނގު އާދަތައް ގެންގުޅުމަކީ މީހާ ވަރުބަލިކަން އިތުރުކޮށްދޭ ކަންކަމެވެ. ފައިދާ ހުރި ކާނާ ނުކެއުމާއި، ނިދި ނުލިބުމާއި، ކަސްރަތު ނުކުރުމުގެ ސަބަބުން ހަށިގަނޑަށް އެދެވޭ ގޮތުގައި ހަކަތަ އުފައްދައި ނުދޭނެއެވެ.

ދުވާލެއްގެ މައްޗަށް އެންމެ މަދުވެގެން އަށް ގަޑިއިރުގެ ފުރިހަމަ ނިދި، ލިބުމަކީ ކޮންމެހެންވެސް ބޭނުންތެރި ކަމެކެވެ. އެގޮތުން ނިދަން ވަގުތު ނުވާ ކަމަށް ޤަބޫލުކުރެވުނު ނަމަވެސް ކުރަން ހުރި އެހެން ކަންކަން އެއްފަރާތް ކޮށްލުމަށްފަހު ނިދުމަަށް ވަގުތު ހޯދާށެވެ.

ނިދަން އޮށޯތުމަށް ފަހު އެއްވެސް ވަރަކަށް ޓީވީ، ކޮމްފިއުޓަރ، ފޯނު ފަދަ ތަކެތި ބޭނުންކުރުމަކީ އެއްގޮތަކަށްވެސް ރަނގަޅު ކަމެއް ނޫނެވެ. މިތަކެތީގެ އަލީގެ ސަބަބުން ސިކުނޑިއަށް ވިސްނޭނީ މިއީ ދުވާލު ކަމަށާއި އެކަމުގެ ސަބަބުން ހަށިގަނޑަށް އުނދަގޫތަކެއް ވެގެންދާނެއެވެ.

ނިދާ ކޮޓަރީގެ ފިނި ހޫނުމިން ބަހައްޓަންވާނީ އެއްވަރެއްގައެވެ. މާހިރުން ބުނާ ގޮތުގައި ކޮޓަރީގެ ފިނި ހޫނުމިން ހުންނަންވާނީ 60 ނުވަތަ 70 ޑިގްރީ ފެރަންހައިޓްގައެވެ. މިގޮތަށް ބަހައްޓަންޖެހެނީ ނިދުމަށްފަހު މީހާގެ ހަށިގަނޑުގެ ހޫނުމިން ދަށްވެގެންދާނެތީއެވެ.

ކެއުމުގެ އާދަތަކުގެ ތެރޭގައި ހަށިގަނޑަށް ފައިދާ ނުހުންނަ ކާނާ ކެއުމަކީ މީހާގެ ހަށިގަނޑު ވަރުބަލިކަން އިހްސާސްކޮށްދޭނެ ކަމެކެވެ. ހަށިގަނޑަށް ބޭނުންވާ ހަކަތަ ނުލިބުމުގެ ސަބަބުން މަސައްކަތަށް ދޭންޖެހޭ ސަމާލުކަން ނުދެވި މަޑުޖެހެއެވެ. މިހެން ދިމާވަނީ ހަށިގަނޑުގެ މަސްތަކަށް އެކަށީގެންވާ އޮކްސިޖެން ނުލިބުމުގެ ސަބަބުންނެވެ.

ހަށިގަނޑަށް ބޭނުންވާ ހަކަތަ އެންމެ އަވަހަށް ލިބޭނީ ފެހި ކުލަ ގަދަ ފަތާއި ތަރުކާރީއާއި، ކިޑްނީ ބީންސްއާއި ނަޓްސް ފަދަ ތަކެތި ކެއުމުގައި ހިމެނުމުންނެވެ. ވިޓަމިން ސީ ލިއްބައިދޭ އޮރެންޖްސް، ޕެޕާރސް، ބޮރޮކޮލީ އަދި ސްޓްރޯބެރީ ކެއުމަކީ ރަނގަޅު ކަމެކެވެ.

އެންމެ މުހިއްމު ކަމަކީ ހެނދުނުގެ ނާސްތާ، ޕްރޮޓީން އާއި ކާބޯ ހައިޑްރޭޓްސް ހިމެނޭ މާއްދާތަކާއި އެކު ކެއުމެވެ. ހަކުރު އަދި ކެފެއިން ހިމެނޭ އެއްޗެސް ބޭނުން ކުރުމުން ވަގުތީ ގޮތުން ހަށިގަނޑުގައި ވަރުޖެހުނު ކަމުގައިވީ ނަމަވެސް އެއީ ވަގުތީ ކަމެކެވެ.

ކަސްރަތުކުރުމަކީ ވަރަށް ގިނަ މީހުންނަށް އުނދަގޫ ކަމަށް ވިޔަސް ކަސްރަތު ކުރުމަކީ ހަށިގަނޑުގައި ހަކަތަ އިތުރުކޮށްދީ ވަރުބަލިވުމުން ދުރުކޮށްދޭ ކަމެކެވެ. ކަސްރަތުކޮށްލުމުން ނިިދަންވެސް ވަރަށް ފަސޭހަވާނެއެވެ.

މިގޮތަށް ކަންކަން ބަދަލުކޮށްގެންވެސް ވަރުބަލިކަން އިޙްސާސްކުރެވޭ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެއީ ބައެއް ފަހަރު ސްލީޕް އެފްނިއާ ފަދަ ބައްޔަކާއި ކުރިމަތިވެ ހާޓްއެޓޭކް ޖެހުމުގެ ފުރުޞަތު ބޮޑުވުމުގެ ބިރަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކާޕެޓުގައި ހޭކިފައި ހުންނަ ހަޑިތައް ފިލުވާލާނެ ގޮތެއް

ކާޕެޓުގައި ހޭކިފައި ހުންނަ ހަޑިތައް ފިލުވާލާނެ ގޮތެއް

09 ނޮވެމްބަރު 2024
ގޭތެރޭގައި ހިފާފައި ހުންނަ ޒާތްޒާތުގެ ވަސްތައް ފިލުވާލުމަށް ފަސޭހަ އަދި ޚަރަދު ކުޑަ ގޮތެއް

ގޭތެރޭގައި ހިފާފައި ހުންނަ ޒާތްޒާތުގެ ވަސްތައް ފިލުވާލުމަށް ފަސޭހަ އަދި ޚަރަދު ކުޑަ ގޮތެއް

24 އޯގަސްޓު 2024
އިސްތިރީގެ ފުލުގައި ތަތްލާފައި ހުންނަ ހަޑި ސާފުކުރާނެ ފަސޭހަ ގޮތެއް!

އިސްތިރީގެ ފުލުގައި ތަތްލާފައި ހުންނަ ހަޑި ސާފުކުރާނެ ފަސޭހަ ގޮތެއް!

15 ޖުލައި 2024
ދިރިއުޅޭ ގޭގެ މާހައުލުގެ ސަބަބުން ސްޓްރެސް ވޭތަ؟

ދިރިއުޅޭ ގޭގެ މާހައުލުގެ ސަބަބުން ސްޓްރެސް ވޭތަ؟

14 އޯގަސްޓު 2018
ރޭގަނޑުގެ ނިދި ބޭނުންވާ މީހުންނަށް އޮތް ހައްލެއް!

ރޭގަނޑުގެ ނިދި ބޭނުންވާ މީހުންނަށް އޮތް ހައްލެއް!

18 ޖުލައި 2018

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު