Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ލައިފް ސްޓައިލްފުރިޖް ސާފުކުރުން

ފުރިޖް ސާފުކުރަން ޖެހޭތަ؟

ފުރިޖް ސާފުކުރަން ޖެހެނީ މަހަކު އެއްފަހަރު

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 3 އޯގަސްޓު 2018 | ހުކުރު 16:25
މަހަކު އެއްފަހަު ނަމަވެސް ފުރިޖް ރަނގަޅަށް ސާފުކުރުމަކީ މުހިއްމު ކަމެއް

މަހަކު އެއްފަހަު ނަމަވެސް ފުރިޖް ރަނގަޅަށް ސާފުކުރުމަކީ މުހިއްމު ކަމެއް

އެންމެ ފަހުން ފްރިޖް ސާފުކުރުމަށްފަހު އޭގައި ހުރި ބޭނުން ނުކުރާ ތަކެތި އުކާލީ ކޮންދުވަހަކު ކަން ހަނދާން އެބަހުރިތަ؟ ގިނަ ބަޔަކު ފުރިޖް ސާފުކޮށް ހަދަނީ ދޭތެރެ ދޭތެރެއިންނެވެ.

އާންމުކޮށް ފުރިޖް އެއްކޮށް ސާފުކުރުމަކީ ގިނަ މީހުންނަށް ވަރަށް ބުރަ ކަމަކަށްވުމުން މިގޮތަށް ފުރިޖް ސާފުކޮށް ހަދަނީ މަދުންނެވެ.

ހަޤީޤަތުގައި ފުރިޖަކީ އޭގެ ޒާތުގައި ގިނަ އަދަދެއްގެ ބެކްޓީރިއާ ހަރުލާ އެއްޗެކެވެ. އެގޮތުން ސަލްމޮނެއްލާ، އީކޮލި، ލިސްޓޭރިއާ އަދި ހެއާރީ ފަންގަސް ފުރިޖުގައި އުފެދެއެވެ. މިގޮތަށް އުފެދޭ ބެކެޓީރިއާ އަދި ފަންގަސް އެންމެ ގިނައިން އުފެދެނީ ތަރުކާރީ ރައްކާކުރާ ޓްރޭގައެވެ.

އެމެރިކާގެ ކެލިފޯނިއާގެ ލައިފްސްޓައިލް މެގަޒިންއިން ހާމަކޮށްފައިވާ ގޮތުގައި ގައުމީ ފެންވަރުގައި ރެފްރިޖްރޭޓަރ ސާފު ކުުރުމުގެ ދުވަހުގެ ގޮތުގައި ކަނޑައަޅާފައިވަނީ ނޮވެމްބަރ 15 ވަނަ ދުވަސް ކަމަށާއި މިގޮތަށް ދުވަހެއް ކަނޑައެޅުމުގެ ބޭނުމަކީ ފުރިޖް ސާފުކުރުމަށް މީހުންގެ މެދުގައި އޮންނަ ޝައުގުވެރިކަން އިތުރުކުރުން ކަމަށެވެ.

ފުރިޖް ސާފުކުރަން ޖެހޭނީ މަދުވެގެން މަހަކު އެއް ފަހަރު ކަމަށްވާއިރު، ފުރިޖުގެ ހުރިހާ ޓްރޭތަކެއް ތާފެނާ ފެނުން ސައިބޯނި ހޭކުމަށްފަހު ދޮންނަން ޖެހެއެވެ. ފުރިޖް ސާފުކުރުމަށް އެންމެ ރަނގަޅީ މުޅި ފުރިޖް އެއްކޮށް ހުސްކުރުމަށްފަހުގައެވެ.

ފުރިޖް ސާފުކުރުމަށްފަހު ތަރުކާރީއާއި މޭވާ ވަގުތުން ފުރިޖަށް ލުމަކީ އެހާ ރަނގަޅު ކަމެއް ނޫނެއެވެ. ގަޑިއެއްހާއިރު ފަހުން ތަރުކާރީއާއި މޭވާ ފުރިޖަށް ލުމަށްފަހު މިތަކެތި ކޮންމެ ހަފްތާއަކުން އެއް ފަހަރު ބަދަލު ކުރާށެވެ. އަދި އޭގެ ތެރޭގައިވެސް ހަލާކުވާ ޒާތުގެ އެއްޗެއް އޮތް ނަމަ ވަގުތުން އުކާލާށެވެ.

މިގޮތަށް ހަފްތާއަކު އެއްފަހަރު ނަމަވެސް ހަލާކުވާ ޒާތުގެ ތަކެތި އުކާލާއިރު، ސްޕޮންޖް ކޮޅަކުން ފްރިޖް ކުޑަކޮށް ސާފުކޮށްލާށެވެ. އެއިރުންވެސް ފުރިޖުގައި ހަރުލާފައި ހުންނަ ބެކްޓީރިއާ އަދި ފަންގަސް ފަދަ ތަކެތި ހަރުލާ ގޮތް މަދުވާނެއެވެ.

ފުރިޖަށް ދިޔާ ޒާތުގެ އެއްވެސް އެއްޗެއް އެޅި ކުނިވެ ހަލާކު ވުމުގެ ކުރިން ވަގުތުން ސާފުކުރަންވާނެ އެވެ. މިދަފަ ތަކެތި ފުރިޖްކުރާއިރު ބަންދުކޮށްފައި ހުންނަ ކޮތަޅަށް ލުމަށްފަހު ފުރިޖުގައި ބައިންދާށެވެ.

ފުރިޖުގައި ތަކެތި ބަހައްޓާއިރު އެންމެ ފުރަތަމަ ޓްރޭގައި އަބަދުވެސް ތަރުކާރީއާއި މޭވާ ބަހައްޓާށެވެ. ޗީޒް، މީޓް، ފަދަ ތަކެތި މެދު ޓްރޭގައި ބަހައްޓަން ޖެހޭއިރު، ބިސް ބަހައްޓަން ޖެހޭނީ ފިނިކަން ހަރުލާގޮތަށެވެ. އެގޮތުން ފުރިޖްގެ ދޮރުފަތުގައި ބިސް ޓްރޭ ބެހެއްޓުން ރަނގަޅެއް ނޫނެވެ. ފުރިޖްގެ ދޮރުފަތުގައި ބަހައްޓަންޖެހޭނީ، ސެލެޑް ޑްރެސިންގްސް، ތެޔޮ ފަދަ ތަކެއްޗެވެ.

ކާތަކެތި ފުރިޖަށް ލުމުގައި، ފިނި ވައި ދައުރު ނުވާ ގޮތަށް އެއްޗެސް ލުމުން އެތަކެތި އަވަހަށް ހަލާކުވާ ގޮތް މެދުވެރިވާނެއެވެ.

މިގޮތަށް ފުރިޖް ސާފުތާހިރު ކަމާއި އެކު ބަލަހައްޓާ ނަމަ ފުރިޖުގައި ހުންނަ ތަކެތި ކައިގެން ކާނާވިހަވުން ފަދަ ކަންކަމުން ދުރުވާނެއެވެ. އަދި މަހަކު އެއްފަހަރު ފުރިޖް ސާފުކުރާއިރު އެކަމަށްވެސް ލުއިވާނެއެވެ.

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ޕެރިހުގެ ކޮތަރުގެ ޑޮކްޓަރުގެ ވާހަކަ

07 ޑިސެމްބަރު 2025
ޕެރިހުގެ ކޮތަރުގެ ޑޮކްޓަރުގެ ވާހަކަ
12 ސެޕްޓެމްބަރު 2025

ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު ގާތްގަނޑަކަށް 100،000 އަށް އަރައި ރެކޯޑެއް ހަދައިފި

12 ސެޕްޓެމްބަރު 2025
ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު ގާތްގަނޑަކަށް 100،000 އަށް އަރައި ރެކޯޑެއް ހަދައިފި
04 ސެޕްޓެމްބަރު 2025

އިޓަލީގެ މަޝްހޫރު ފެޝަން ޑިޒައިނަރު ޖިއޯޖިއޯ އަރްމާނީ މަރުވެއްޖެ

04 ސެޕްޓެމްބަރު 2025
އިޓަލީގެ މަޝްހޫރު ފެޝަން ޑިޒައިނަރު ޖިއޯޖިއޯ އަރްމާނީ މަރުވެއްޖެ
19 އޯގަސްޓު 2025

ރީތިވުމުގެ ސިއްރުތަކާއި ޒަމާނީ އުކުޅުތައް

19 އޯގަސްޓު 2025
ރީތިވުމުގެ ސިއްރުތަކާއި ޒަމާނީ އުކުޅުތައް
15 އޯގަސްޓު 2025

ރަޖްނީކާންތު - ފަގީރު ދިރިއުޅުމުގެ ތެރެއިން ފިލްމީ ދާއިރާ އަށް ނުކުމެ އެންމެ އުހުގައި ބައި ގަރުނު!

15 އޯގަސްޓު 2025
ރަޖްނީކާންތު - ފަގީރު ދިރިއުޅުމުގެ ތެރެއިން ފިލްމީ ދާއިރާ އަށް ނުކުމެ އެންމެ އުހުގައި ބައި ގަރުނު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު