Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ރީ-ރަޖިސްޓްރޭޝަން ކުރިއަށް ގެންދާ ގޮތުން އިލެކްޝަންސް ކޮމިޝަނާއިމެދު ބޮޑެތި ކަންބޮޑުވުންތަކެއް

1 އޯގަސްޓު 2018 | ބުދަ 18:55

ރީރަޖިސްޓްރީ ކުރިކަމުގެ އޮރިޖިނަލް ސްލިޕް ނުލިބި އެބަހުރި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 1 އޯގަސްޓު 2018 | ބުދަ 18:55
އިލެކްޝަންސް ކޮމިޝަނުގައި ރީ-ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރަމުންދަނީ

އިލެކްޝަންސް ކޮމިޝަނުގައި ރީ-ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރަމުންދަނީ

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓްރީ ކުރުމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލު ކުރާ ގޮތާއިމެދު އިދިކޮޅު ކޯލިޝަނުން ބޮޑެތި ކަންބޮޑުވުންތަކެއް ފެންމަތި ކޮށްފިއެވެ.

ސޯލްޓް ކެފޭގައި ބުދަ ދުވަހުގެ ރޭ އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން ބައިވެރިވަޑައިގެންނެވި އެޕާޓީގެ ޗެއަރޕަސަންގެ ނައިބު އަލީ ނިޔާޒް ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ރީ-ރަޖިސްޓްރީ ކުރުމަށް ހުށަހެޅި ގިނަ ފޯމުތަކުގެ އޮރިޖިނަލް ސްލިޕް އިލެކްޝަންސް ކޮމިޝަނުން ދޫނުކުރާ ކަމަށެވެ. އޭނާ ވިދާޅުވީ މިދިޔަ މަހުގެ 18 ވަނަ ދުވަހު އެމްޑީޕީން ހުށައެޅި ފޯމުތަކަށްފަހު އޮރިޖިނަލް ސްލިޕް އަދިވެސް ނުދޭއިރު ހިފަހައްޓަނީ އެކި ފަހަރު އެކި ބަހަނާ ދެއްކުމަށްފަހު ކަމަށެވެ. ނިޔާޒް ވިދާޅުވި ގޮތުގައި އެއީ ވޯޓުލުމުގެ ހައްގު ވަކި ބައެއްގެ އަތުން ނިގުޅައިގަތުމަށްޓަކައި ރޭވިގެން ކުރާ ކަމެކެވެ.

Advertisement - newsAdvertisement

މިހާތަނަށް ރީ ރަޖިސްޓްރީ ކުރުމަށް ހުށައަޅާފައިވާ ފޯމުތަކުގެ ތެރެއިން އެންމެ ގިނަ ފޯމު ހުށަހަޅާފައިވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކަމަށްވެސް ނިޔާޒް ފާހަގަ ކުރެއްވިއެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ހިންގާ "ޖަރީމާތަކާމެދު" ވިސްނާ ތިބުމަށް ވެސް އިލްތިމާސް ކުރެއްވި އެވެ. އެގޮތުން ރީ ރަޖިސްޓްރީ ކުރުމަށްފަހު ތަކުރާރުކޮށް ޗެކް ކުރުން މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނަރަލް އަހްމަދު ސަމީރު ވިދާޅުވީ އިލެކްޓްރޯނިކް ވޯޓެއްގެ ވާހަކަ ޕާޓީތަކާއެކު ދެއްކުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރާ ކަމަށެވެ. އަދި ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ރީ ރަޖިސްޓްރީ ކުރުމުގައި ވެސް އޮޅުވާލުންތައް ގެންގުޅޭ ކަމަށް ގަބޫލު ކުރެވޭއިރު މިނިވަން ކަމާއެކު ކެމްޕެއިން ކުރުމަށް ސަރުކާރުން ހުރަސްއަޅަމުންދާ މައްސަލަ މިނިވަން މުވައްސަސާތަކަށް ހުށައަޅުއްވާނެ ކަމަށެވެ. އަދި އެހެންމެ ރީ ރަޖިސްޓްރީ ކުރުމަށް ހުށައަޅާ ފޯމްތަކުގެ ފިންގަރޕްރިންޓް ވެރިފައި ކުރުމަށް ފުލުހުންނާ ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަކީ މިނިވަން ކަމާއެކު ކުރެވޭނެ ކަމެއް ކަމަށް ނުދެކޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދާލަތު ޕާޓީގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވި އަހްމަދު ނުއުމާން ވިދާޅުވީ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ރީ ރަޖިސްޓްރީ ކުރުމަށް ރިސޯޓުގެ ތަތްގަނޑެއް ޖަހަން އޮތުމަކީ އޭގެ އުނދަގޫތަކެއް ހުރި ކަމެއް ކަމަށެވެ. އެގޮތުން ޗުއްޓީއެއްގައި ހުންނަ މީހާއަށް ވެސް ރިސޯޓުގެ ތަތްގަނޑު ޖަހައިގެން ރީ ރަޖިސްޓްރީ ކުރަން ހުށަހެޅުމަކީ ދަތިކަމެއް ކަމަށެވެ.

ރައީސް މައުމޫނުގެ ފަރާތުން ނޫސްވެރިންގެ މި ބައްދަލުވުގައި ވާހަކަ ދެއްކެވި އައިމިނަތު ނާދިރާ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނަށް ގޮސް ރީ ރަޖިސްޓްރީ ފޯމު އަމިއްލައަށް ހުށަހަޅާ މީހާ ވެސް އޭނާ ފޯމުގައި ޖަހާފައި އޮތް ތަން ނޫން ތަނެއްގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ. އަދި ވަކިން ދެ މީހަކު ގިނަ ފޯމުތަކެއް މީހުން ލައްވާ ފުރުވުމަށްފަހު އިލެކްޝަނަށް ހުށަހަޅާފައިނުވާކަން ފާހަގަ ކުރެއްވިފައިވާ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި

04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް