Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކެރެލާއަށް ކުރަމުންދާ ވިއްސާރަ

ވިއްސާރައިގެ ސަބަބުން ކެރެލާގައި ދިރިއުޅޭ ބައެއް ދިވެހިން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފިން: ކޮންސިއުލޭޓް

1 އޯގަސްޓު 2018 | ބުދަ 14:10

މީހުން ރައްކާތެރި ހިސާބުތަކަށް ގެންދާހާ ވިއްސާރާއެއް ނޫން

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 1 އޯގަސްޓު 2018 | ބުދަ 14:10
ދިވެހިން ރައްކާތެރި ހިސާބުތަކަށް ގެންދިޔަ ކަމަށް ބުނެ ކޮންސިއުލޭޓުން ޓްވީޓްކުރި ފޮޓޯއެއް

ދިވެހިން ރައްކާތެރި ހިސާބުތަކަށް ގެންދިޔަ ކަމަށް ބުނެ ކޮންސިއުލޭޓުން ޓްވީޓްކުރި ފޮޓޯއެއް

އިންޑިއާގެ ދެކުނުގެ ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވެ، ގެދޮރަށް ގެއްލުންވުމުގެ ސަބަބުން ޓްރިވެންޑްރަމްގައި ދިރިއުޅޭ ބައެއް ދިވެހިން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފި ކަމަށް ޓްރިވެންޑްރަމްގައި ހުންނަ ދިވެހި ކޮންސިއުލޭޓުން ބުނެފިއެވެ.

ޓްރިވެންޑްރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓުން ބުނީ ފެނުގެ އަސަރު ކޮށްފައިވާ ދިވެހިންގެ ގެތަކަށް ކޮންސިއުލޭޓުން ޒިޔާރަތްކޮށް، ދިވެހިންގެ ހާލު އޮޅުންފިލުވާފައިވާ ކަމަށެވެ. އަދި ފެނުގެ އަސަރު ބޮޑަށް ކޮށްފައިވާ ހިސާބުތަކުގައި ދިރިއުޅޭ ދިވެހިންނަށް ރައްކާތެރި ހިސާބުތަކުން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް ކޮންސިއުލޭޓުން ބުނެއެވެ. އެހެން ނަމަވެސް އެއްވެސް ދިވެއްސަކަށް އަނިޔާއެއްވި ކަމުގެ މައުލޫމާތު ލިބިފައިނުވާއިރު، ދިވެހިން ދިރުއުޅޭ ގެތަކަށް ލިބުނު ގެއްލުމުގެ ތަފްޞީލެއް އަދި ނޭނގެއެވެ.

Advertisement - newsAdvertisement

ޓްރިވެންޑްރަމް ހިމެނޭ ކެރެލާ ސަރަހައްދަށް ބޯކޮށް ވާރޭވެހި، ޑޭމެއް ބަންޑުން ވެދާނެކަމުގެ އިންޒާރު ކެރެލާގެ ސްޓޭޓް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއިން ވަނީ ދީފައެވެ. އިންޑިއާގެ މޫސުމާއި ބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި ފާއިތުވި ދެތިން ދުވަހު ބޯކޮށް ވާރޭ ވެހުނު ނަމަވެސް، މިއަދުން ފެށިގެން މޫސުން ރަނގަޅުވާނެއެވެ.

ދިވެހިން ރައްކާތެރި ހިސާބުތަކަށް ގެންދިޔަ ކަމަށް ކޮންސިއުލޭޓުން ބުނި ނަމަވެސް، ވިއްސާރައިގެ ސަބަބުން މާ ގިނަ ދިވެހިންނަށް އަސަރު ނުކުރާކަމަށް ޓްރިވެންޑްރަމްގައި ތިބި ބައެއް ދިވެހިން ބުނެއެވެ. އަދި ކޮންސިއުލޭޓުން މަސައްކަތް ކުރަނީ ކުޑަކަމެއް ބޮޑުކަމެއްގެ ގޮތުގައި ހަދައި، ކޮންސިއުލޭޓާއި ޓްރިވެންޑްރަމްގައި ދިރިއުޅޭ ދިވެހިންނާއި ގުޅުން ރަނގަޅުކަން ދައްކަން ކަމަށް އެމީހުން ބުނެއެވެ.

ވިއްސާރައިގެ ސަބަބުން ރައްކާތެރި ހިސާބުތަކަށް މީހުން ބަދަލު ކުރިކަމަށް ކޮންސިއުލޭޓުން ބުނިއިރު، މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ޓްރިވެންޑްރަމްއަށް ވަޑައިގެން އުޅުއްވާތީ، ކޮންސިއުލޭޓްގެ ބޭފުޅުން އިއްޔެ ވެސް އުޅުއްވީ ކެމްޕޭނުގައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި

22 ފެބުރުއަރީ 2017
މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި
20 ފެބުރުއަރީ 2017

ބައެއް އިލްމުވެރިން ފަތުވާ ނެރުއްވަނީ ފައިސާއަށް: އީސަ

20 ފެބުރުއަރީ 2017
 ބައެއް އިލްމުވެރިން ފަތުވާ ނެރުއްވަނީ ފައިސާއަށް: އީސަ
18 ފެބުރުއަރީ 2017

ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު

18 ފެބުރުއަރީ 2017
ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު
16 ފެބުރުއަރީ 2017

މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން

16 ފެބުރުއަރީ 2017
މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން
11 ފެބުރުއަރީ 2017

މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި

11 ފެބުރުއަރީ 2017
މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި
06 ފެބުރުއަރީ 2017

އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު

06 ފެބުރުއަރީ 2017
އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް