Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ހިޔާ އެކޮމްޕްލިޝްޑް

ފަށާނެ ދުވަހެއް އިއުލާނު ނުކޮށް 82000 ފްލެޓް އަޅާ މަޝްރޫއުއެއް އިއުލާނުކޮއްފި

ފަސް އަހަރުގެ ތެރޭގައި ހުރިހާ ފްލެޓެއް ނިންމާލެވޭނެ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 1 އޯގަސްޓު 2018 | ބުދަ 09:36
ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

ފަށާނެ ދުވަހެއް އިއުލާނު ނުކޮށް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި 82000 ފްލެޓް އަޅާ "ހިޔާ އެކޮމްޕްލިޝްޑް" ގެ ނަމުގައި އަނެއްކާ ވެސް ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ތައާރަފްކޮށްފިއެވެ.

ހައުސިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ހިޔާ އެކޮމްޕްލިޝްޑް މަޝްރޫއުއަކީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދިމާވެފައިވާ ފުރިހަމަ ހައްލު ލިބިދޭނެ މަޝްރޫއުއެއް ކަމަށާއި މި މަޝްރޫއުގެ ދަށުން 07 އޯގަސްޓުގައި ފޯމު ދޫކުރަން ފަށާނެ ކަމަށެވެ. އަދި ފޯމަށް ހުށަހެޅުމުގެ ފުރުސަތު 15 އޯގަސްޓުގައި ހުޅުވާލާއިރު ފޯމު ހުށަހަޅާ ހުރިހާ ފަރާތްތަކަށް ފްލެޓް ކަށަވަރު ވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި ފުރުސަތު ހަތަރު މަހަށް ވަނީ ހުޅުވާލާފައެވެ.

Advertisement - newsAdvertisement

މިނިސްޓަރ ވިދާޅުވީ، ފްލެޓަށް އެދި ހުށަހަޅާ ފަރާތްތަކަކީ 18 އަހަރުން މަތީގެ މީހެއް ކަމުގައިވުމާއި 1،000 އަކަފޫޓުގެ ބިމެއް ނެތް ކޮންމެ މީހަކަށް ވެސް ފްލެޓް ޔަގީން ވެގެންދާނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ކޮންމެ މީހަކަށް ވެސް ދެ އޮޕްޝަން ލިބިގެންދާނެ ކަމަށާއި އެގޮތުން 1،000 އަކަފޫޓުގެ ފްލެޓަކަށް ކުރިމަތިލުން ނުވަތަ 1،000 އަކަފޫޓުގެ ބިމެއް ހޯދުމަށް ހުށަހެޅިދާނެ ކަމަށެވެ.

"ކުރިއަށް އޮތް ދައުރުގެ ތެރޭގައި މި މަޝްރޫއު ކުރިއަށްދާނެ. އަދި ފަސް އަހަރުގެ ތެރޭގައި ހުރިހާ ފްލެޓްތަކެއް ނިމިގެންދާއިރުގައި މިއީ ކުރިއަށް އޮތް 30 އަދި 40 އަހަރުގެ ތެރޭގެ ބޯހިޔާކަމުގެ މަޝްރޫއު އެއްކޮށް ހައްލުވެގެންދާނެ،" މިނިސްޓަރ މުއިއްޒު ވިދާޅުވިއެވެ.

ފްލެޓްތައް ތަރައްގީ ކުރުމަށް ހަމަޖެހިފައި ވަނީ ގުޅީފަޅުގައި ކަމަށާއި އެ ސަރަހައްދު އެއްކޮށް މި މަޝްރޫއުއަށް ހިއްކޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން ފުށިދިއްގަރު ފަޅު ހިއްކުމަށް ފަހު އެތަނުން ބިން ދޫކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިހުރިހާ ސަރަހައްދެއް ވެސް ބްރިޖުން ގުޅާ ލެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

" ހިޔާ އެކޮމްޕްލިޝްޑް މަޝްރޫއު ވަނީ ރައީސް އިއުލާނުކޮށްފައި. ގޯތި ބޭނުންވާ ފަރާތްތަކަށް ގޯތި ފްލެޓް ބޭނުންވާ ފަރާތްތަކަށް ފްލެޓް ލިބޭނެ،" މުއިއްޒު ވިދާޅުވިއެވެ.

ހިޔާ އެކޮމްޕްލިޝްޑް މަޝްރޫއު ފަށާނެ ކަން ސަރުކާރުން އިއުލާނުކޮށްފައިވާ އިރު ސަރުކާރުން ދަނީ ހިޔާ މަޝްރޫއުގެ ދަށުން 7000 ފްލެޓަށް އެދޭ ފޯމު ބަލައިގަންނަމުންނެވެ. އެހެން ނަމަވެސް ހިޔާ މަޝްރޫއު އަށް ފޯމު ހުށަހަޅާ ފަރާތްތަކަށް ހިޔާ އެކޮމްޕްލިޝްޑް މަޝްރޫއުގައި ބައިވެރިނުވެވޭނެއެވެ. މިނިސްޓަރު ވިދާޅުވީ މިހާރު ހިޔާ މަޝްރޫއަށް ކުރިމަތިލާފައިވާ ފަރާތްތަކުން ހިޔާ އެކޮމްޕްލިޝްޑް މަޝްރޫއަށް ކުރިމަތިލެވޭނީ އެ ފޯމް ކެންސަލްކުރުމަށް ފަހު ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ވިލިމާލެ 2 ގެ ނަމުގައި ގުޅިފަޅު ތަރައްގީ ކުރާއިރު ރެޒިޑެންޝަލް ސަރަހައްދު އެއްކޮށް ހިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"ފުށިދިއްގަރު ފަޅު ހިއްކާއިރު ގޯއްޗަށް އެދި ކުރިމަތިލާ ފަރާތްތައް ބެލުމަށްފަހު ހިއްކާނެ ސަރަހައްދު ބެލޭނެ. ގުޅީފަޅު އަދި ފުށިދިއްގަރު ފަޅުވެސް އެއްކޮށް ހިއްކަން ފެށޭނެ. ގުޅީފަޅުގައި މައިގަނޑު ގޮތެއްގައި އިމާރާތް ކުރެވޭނީ ސޯޝަލް ހައުސިންގ.އަދި އޭގެ އިތުރަށް މެދުފަންތީގެ ފްލެޓްވެސް އިމާރާތް ކުރެވޭނެ. އެފޯޑަބަލް ހައުސިންގ އާއި ސޯޝަލް ހައުސިންގ ވެސް އިމާރާތް ކުރެވޭނެ." މުއިއްޒު ވިދާޅުވިއެވެ.

މިނިސްޓަރާއި ވިދާޅުވީ، ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށްދާނީ އެމްޓީސީސީގެ ޑްރެޖަރ ބޭނުންކޮށްގެން ކަމަށާއި މަޝްރޫއު ކުރިއަށްދާނީ ބޭރުގެ އެންމެ ބޮޑެތި ކުންފުނިތަކާ ގުޅިގެން ކަމަށެވެ. މީގެ އިތުރުން ތޮށިލުމާއި މަގު ހެދުމާއި އެނޫން މަސައްކަތްތައް ވެސް ކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ މިހެން ވިދާޅުވި ނަމަވެސް މި މަޝްރޫއު ފަށާނެ ތާރީހެއް ހާމައެއްނުކުރައްވައެވެ. އަދި އެކަމަށް ޚަރަދުކުރާނެ ގޮތާއި ބަޖެޓާ ގުޅޭ ގޮތުން ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރުމުން ވެސް މިނިސްޓަރު ސާފު ޖަވާބު ދެއްވާފައެއް ނުވެއެވެ.

މިނިސްޓަރ ވިދާޅުވީ މި މަޝްރޫއު ވެސް ކުރިއަށްދާނީ، ސަރުކާރުގެ ބަޖެޓުންނާއި އެކި އެގްޒިމް ބޭންކްތަކުގެ ލުއި ލޯނު އެހީގައި ކަމަށެވެ. ނުވަތަ ބޭރުގެ ކުންފުނިތައް އަމިއްލަ ފައިސާ ހިފައިގެން އައިސް މަޝްރޫއުތައް ކުރިއަށްދާ ގޮތަށް ވެސް ފްލެޓް އިމާރާތް ކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ މިހެން ވިދާޅުވިއިރު ތަކުރާރުކޮށް މަޝްރޫއުއަށް ހަރަދުވާނެ ކަމަށް އަންދާޒާ ކުރާ މިންވަރު މިނިސްޓަރ ހާމައެއް ނުކުރެއެވެ.

މިނިސްޓަރ ވިދާޅުވީ، ރަށްތައް ތަރައްގީ ކުރަމުން މާލެ ސަރަހައްދު ތިން ލައްކަ މީހުންގެ އާބާދީއަކަށް ތަރައްގީ ކުރުމަކީ ދެކޮޅު ޖެހޭ ސިޔާސަތެއް ކަމަށާއި އެހެން ނަމަވެސް "ވިސްނުން ނޭފަތު ކުރިއާ ހަމައިގެން ހުރެގެން" ދެކޮޅެއް ނުޖެހޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ

ކޮމެންޓް

އިތުރަށް ކިޔާލަން

މެޑަމް ފާތުން ވަށާ ތޮވާފު ނުކޮށްފިނަމަ އެމީހަކު އަނދާ ހުސްވޭ: މަހުލޫފް

މެޑަމް ފާތުން ވަށާ ތޮވާފު ނުކޮށްފިނަމަ އެމީހަކު އަނދާ ހުސްވޭ: މަހުލޫފް

13 ފެބުރުއަރީ 2017
ހޯމް މިނިސްޓްރީން 10،000 ގައުމީ ދިހަ ހޯދުމަށް އިއުލާނުކޮށްފި

ހޯމް މިނިސްޓްރީން 10،000 ގައުމީ ދިހަ ހޯދުމަށް އިއުލާނުކޮށްފި

12 ފެބުރުއަރީ 2017
ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!

ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!

12 ފެބުރުއަރީ 2017
ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް

ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް

08 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު