Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ ކެމްޕެއިން

އިބޫއަކީ ގޮނޑިކޮއްކޮ ސަރުކާރެއް ގާއިމްކުރުމަށް ނަޝީދު ނެރެގެން އުޅޭ ޕަޕެޓެއް: އަޒްލީން

31 ޖުލައި 2018 | އަންގާރަ 10:46

އެއާޕޯޓް ޖީއެމްއާރަށް ވިއްކާލުމުގައި މޭސްތިރިއަކަށް ހުންނެވީ އިބޫކަމަށް ތުހުމަތުކުރެއްވި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 31 ޖުލައި 2018 | އަންގާރަ 10:46
ޕިޕީއެމް ސަރުކާރުގެ ހޯމްމިނިސް އަޒްލީން އަހުމަދު

ޕިޕީއެމް ސަރުކާރުގެ ހޯމްމިނިސް އަޒްލީން އަހުމަދު

އިދިކޮޅު ކެނޑިޑޭޓް އިބްރާހިމް މުޙައްމަދު ސޯލިޙު (އިބޫ) އަކީ ގޮނޑިކޮއްކޮ ސަރުކާރެއް ގާއިމްކުރުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ނެރެގެން އުޅޭ ޕަޕެޓެއްކަަމަށް މިސަރުކާރުގެ ހޯމްމިނިސްޓަރ އަޒްލީން އަހުމަދު ވިދާޅުވެއްޖެއެވެ.

މައްޗަންގޮޅީގައި އެޕާޓީގެ ޖަގަހައެއް ހުޅުވުމަށް ބޭއްވި ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން އަޒުލީން ވިދާޅުވީ، އިދިކޮޅު ކެނޑިޑޭޓް އިބޫ ފުރަތަމަވެސް އެބޭފުޅާއަކީ އެއްވެސް މީހެއްގެ އަޅެއް ނޫންކަމަށް ވިދާޅުވިއަސް، އެހެން އެ ވިދާޅުވެވުނީ އަޅުވެތި ވެފައިވާލެއް ބޮޑުކަމުން ކަމަށެވެ.

Advertisement - newsAdvertisement

އިބޫއަށް ވަަަރަށްބޮޑަށް ފާޑު ވިދާޅުވަމުން އަޒްލީން ވިދާޅުވީ ރާއްޖޭގެ އެއާޕޯޓް ޖީއެމްއާރަށް ވިއްކާލުމުގައިވެސް މޭސްތިރިއަކަށް ހުންނެވީ އިބޫކަމަށެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީން އާދިއްތަ ދުވަހުގެރޭ ކުރިމަތި ކުރެއްވި ސުވާލުތަކުގެ ތެރެއަށް އެއްސުވާލު އިތުރުކުރަން ޖެހޭކަމަށާއި އެ ސުވާލަކީ އޭރުގެ ޖީއެމްއާރު އެއާޕޯޓް ވިއްކާލައިގެން ލިބުނު ލާރިއަށް ވީގޮތެއް އިބޫ ބުނެދެއްވަންޖެހޭ ކަމަށެވެ.

"އެއާޕޯޓް ވިއްކާލުމުގައި ދައުލަތަށް ލިބުނީ 70 ވަރަކަށް މިލިއަން ޑޮލަރު. 100 އެތަށް މިލިއަން ޑޮލަރެއް ހޭދަކުރެއްވިކަމަށް ވަނީ. ބާކީވި ފައިސާއަށް ވީ ގޮތެއް އިބްރާހިމް މުހައްމަދު ސޯލިހު ވާނެ ދިވެހިރައްޔިތުންނަށް ދައްކަން. އޭގެ ކުރިއަކުން އަޅުގަނޑުމެން ކައިރިއަށް ވަޑައިގަންނަވައިގެން ނުވާނެ" އަޒްލީން ވިދާޅުވިއެވެ.

އަޒްލީން ވިދާޅުވީ އިބޫ ވަޑައިގަންނަވަނީ ސީދާ ރައީސް ނަޝީދުގެ "ފުޓްޕްރިން" ކޮޕީކުރައްވައިގެންކަމަށެވެ. ލާމަރުކަޒީ ނިޒާމު ގަޑުބަޑުކޮށް ހަލާކުކޮށްލީވެސް ނަޝީދުގެ ސަރުކާރުންކަމަށާއި އެހެންކަމުން ދެން އިތުރަށް ވައުދުވެވަޑައިގަތުމުގެ ބަދަލުގައި ރައީސް ޔާމީން ކުރިމަތިކުރެއްވި ސުވާލުތަކަށް ޖަވާބުދިނުން އިބޫއަށް މާ ރަނގަޅުވާނެ ކަމަށް އަޒްލީން ވިދާޅުވިއެވެ.

އަޒްލީން ވިދާޅުވީ، އިސްލާމް ދީނާއި ސުންނަތުގައި އޮތްކަމެއް އިދިކޮޅު މީހުންނަށް ކުރާކަށް ނުކެރޭނެކަމަށާއި، ކުރާނަމޭ ބުނެފިނަމަވެސް އެމީހުންނަށް ތާއީދުކުރާ ހުޅަނގުގެ ޖަމާއަތްތަކުން ގުޅުން ކަނޑާލާނެކަމަށެވެ.

އަދާލަތު ޕާޓީއަށް ފާޑު ވިދާޅުވަމުން އަޒްލީން ވިދާޅުވީ، އަސްލު އަދާލަތު ޕާޓީ މިހާރު ނެތްކަމަށާއި، މިހާރު އޮތީ އެ ޕާޓީގެ ޓްރޭޑްމަކު ނަގައިގެން އުޅޭ މަދުބައެއް ކަމަށެވެ. އަދި ރައީސް ޔާމީން ގެންނަވާ ތަރަށްގީއަށް ހަސަދަވެރިވާ ބަޔަކާއި އެކު އަދާލަތަށްވެސް އެއްގަލަކަށް ނޭރިގެން އުޅޭކަމަށް އަޒްލީން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމްޑީޕީގެ ސަރުކާރަކަށް ވެރިކަން ލިބިއްޖެއްޔާ އަދާލަތުގެ ތިބި މަދު ބޭފުޅުންކޮޅަށް އެމްޑީޕީން އޮޅުވާލާނޭކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި އަދާލަތުގައި ތިއްބެވި ޝެއިޚުން ތިބީ ސިޔާސީ ކުލަޖެހިފައެެވެ. އަދާލަތު ޕަޓީގައި ތިބި މެންބަރުން އެބޭފުޅުންނައި ގުޅިވަޑައިގެން ރައީސް ޔާމީންގެ ފަހަތްޕުޅަށް އެރުމަށް އަޒްލީން ގޮވާލެއވިއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް

29 ޖެނުއަރީ 2017
ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް
29 ޖެނުއަރީ 2017

ރައީސް ނަޝީދު ލަންކާއަށް ވަޑައިގެންފި

29 ޖެނުއަރީ 2017
ރައީސް ނަޝީދު ލަންކާއަށް ވަޑައިގެންފި
28 ޖެނުއަރީ 2017

ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ

28 ޖެނުއަރީ 2017
ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ
27 ޖެނުއަރީ 2017

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017
ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު
27 ޖެނުއަރީ 2017

ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

27 ޖެނުއަރީ 2017
ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
13 ޖެނުއަރީ 2017

މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ

13 ޖެނުއަރީ 2017
މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް