Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ލައިފް ސްޓައިލް
ކާމިޔާބު މީހެއްގެ ގޮތުގައި

30 އަހަރުވުމަށް ފަހު ކާމިޔާބު މީހެއްގެ ގޮތުގައި ހުންނާނީ ކިހިނެއް؟

ގިނަ ވަގުތު ނިދުމުން ދުރުހެލިވާންޖެހޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 30 ޖުލައި 2018 | ހޯމަ 17:39
އުމުރުން ދުވަސްވާ ވަރަކަށް ގިނަ ކަންކަން ތަޖްރިބާ ކުރަންޖެހޭ

އުމުރުން ދުވަސްވާ ވަރަކަށް ގިނަ ކަންކަން ތަޖްރިބާ ކުރަންޖެހޭ

ގިނަ މީހުންނަކީ އުުމުރުން 20 އަހަރުގެ ތެރޭގައި ނުބައި އާދަތައް ގައިގައި އަށަގެންފައިވާ ބައެކެވެ. އެގޮތުން ގިނަ ވަގުތު ނިދުމާއި ބޭކާރު ގޮތުގައި ލާރި ހަރަދުކުރުން ފަދަ ކަންކަން ހިމެނެއެވެ. އެހެން ނަމަވެސް އުމުރުން 30 އަހަރު ވުމަށް ފަހު ދިރިއުޅުމުގެ ކަންކަން ވަކި ގޮތަކަށް ބައްޓަން ކުރުމަކީ މުހިއްމު ކަމެކެވެ. އެގޮތުން މިއީ އަމިއްލަ ދިރިއުޅުމާއި ޕްރޮފެޝަނަލް މަސައްކަތަށް ވެސް ވަރަށް ފައިދާ ކުރާނެ ކަމެކެވެ.

ދިރިއުޅުމުގައި ދިމާވާ ބައެއް ކުދި ކުދި ކަންތަައްތައް ރަނގަޅު ކޮށްލުމުން 30 ގެ އަހަރުތަކަށް ފަހު ވެސް ކާމިޔާބު މީހެއްގެ ގޮތުގައި ދެމިހުރެވޭނެއެވެ.

  • . ސިނގިރޭޓް ބުއިން ހުއްޓާލުން

ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ސިއްހަތަށް ގެއްލުން ހުރި ކަމަކަށް ވާއިރު މިއުމުރުގައި ސިނގިރޭޓް ބޯ މީހެއް ނަމަ އެކަން ވަގުތުން ހުއްޓާލަން ޖެހެއެވެ. ދިރާސާއިން ދައްކާ ގޮތުގައި 40 އަހަރުވުމުގެ ކުރިން ސިނގިރޭޓް ބުއިން ހުއްޓާލާ މީހުންގެ 90 އިންސައްތަ މީހުންނަކީ އުމުރު ދިގު މީހުން ކަމަށްވެއެވެ.

  • ނިދުމުގެ އާދަ ބައްޓަން ކުރުން

ގިނަ މީހުންނަކީ ހަފްތާ ބަންދުގައި ގިނަ ވަގުތު ނިދުމަށް އާދަކުރާ ބައެކެވެ. އެހެން ނަމަވެސް މިއީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށާއި ކޮންމެ ދުވަހަކީ ވެސް ވަކި ގަޑިއެއްގައި ނިދުމަށް ފަހު ވަކި ގަޑިއެއްގައި ހޭލަން ޖެހޭ ދުވަހަކަށް ހަދަންވާނެއެވެ. ގިނަ ވަގުތު އެންމެ ދުވަހަކު ވެސް ނިދައިފިނަމަ ހަށިގަނޑު ވަގުތުން އެގޮތަކަށް ބަދަލު ކޮށްލާނެއެވެ. އަދި ގިނަ ވަގުތު ނިދުމަކީ މީހާ ވަރުބަލިކަން އިޙްސާސްކޮށްދޭ ކަމެކެވެ. އެހެންކަމުން އުމުރުގެ ވަކި ހިސާބަކުން މި އާދަ ދޫކޮށްލުމަށް ފަހު ވަކި ގޮތަކަށް މީހާގެ އާދަތައް ބައްޓަންކުރަން ޖެހޭނެއެވެ.

  • ކަސްރަތު ކުރުން އާދަކުރުން

އަބަދުވެސް އެމީހަކަށްވީ ވަރަކުން ކަސްރަތުކޮށް އުޅުމަކީ މުހިއްމު ކަމެކެވެ. އެއީ ހިނގުން، ދުވުން، ފެތުން އަދި މި ނޫންވެސް މީހާއަށް ކަސްރަތު ލިބޭ ކަމެއް ކޮށް އުޅުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް މަގުފަހިކޮށްދޭ ކަމެކެވެ.

އުމުރުން 35 އަހަރުން މައްޗަށްދާން ފެށުމުން މީހާގެ ގައިގެ މަސްތައް ދޫވެ، ހަންގަނޑުގައި ރޫ ޖެހޭގޮތްވާން ފަށާނެއެވެ. އެހެންކަމުން މިކަމުން ސަލާމަތް ކޮށްދިނުމުގެ ގޮތުން ކަސްރަތުކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެގޮތުން އެންމެ ބޮޑަށް ކުރާ ހިތްވާ ކަސްރަތެއް ކުރުމަކީ ވެސް މީހާގެ ސިނކުޑި ތާޒާކޮށް ބެހެއްޓުމަށް މަގުފަހިކޮށްދޭ އަދި ސިއްހަތު ރަނގަޅު މީހެއްގެ ގޮތުގައި ހުރުމަށް ލިބޭ ފުރުޞަތެކެވެ.

  • * ފަހަށް ރައްކާކުރުން

ފަހަށް ރައްކާ ކުރުމުގެ އާދަ އަށަގެންނެވުމަކީ ދުރު މުސްތަޤްބަލެއް ކާމިޔާބުކުރަން ވިސްނާ ބައެކެވެ. މިގޮތަށް ކުރިޔާލާ ފަހަށް ރައްކާކުރަން ފަށާ މީހުންނަކީ އުމުރުގެ ވަކި ހިސާބަކުން ވަރަށް ކާމިޔާބު ބައެއްގެ ގޮތުގައި ވަނީ ފެނިގެންގޮސްފައެވެ.

  • ވަކި ލަނޑުދަނޑިއަކަށް މަސައްކަތްކުރުން

ކޮންމެ މީހަކުވެސް ކުޑައިރުން ފަށައިގެން ވަކި ކަންކަމަށް ހުވަފެން ދެކޭނެއެވެ. އެގޮތުން ބޮޑުވެގެން ވާން ބޭނުމީ ކޮން ކަހަލަ މީހަކަށްތޯއާއި ދިރިއުޅުމެއް ބައްޓަން ކުރާނެ ގޮތާއި މިނޫން ވެސް ބައެއް ކަންތައްތައް ހަޤީޤަތަކަށްވުމަށް ހުވަފެން ދެކެއެވެ. އެހެންކަމުން އަބަދުވެސް މަސައްކަތްކުރަން ވާނީ އެދެކޭ ހުވަފެނެއް ހަޤީޤަތަކަށް ހެދުމަށްޓަކައި ވަކި ލަނޑުދަނޑިއަކަށް މަސައްކަތް ކުރުމަށެވެ.

  • ލިބުނު މިންވަރަކުން އުޅެން ދަސްކުރުން

ދިރިއުޅުމުގައި އެވަގުތަކު ލިބެން ހުރި މިންވަރަކުން އުޅެން ދަސްކޮށްފިނަމަ އެއީ އުފާވެރި ދިރިއުޅުމެއްގައި އުޅެން ދަސްވެފައިވާ މީހެކެވެ. އެމީހަކަށް އަންނަ ނުރަނގަޅު ވިސްނުމުން ދުރުވެ ލިބޭ މިންވަރަށް ޝުކުރުވެރިވާންވާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކާމިޔާބު ވިޔަފާރިވެރިން ސްޓްރެސްއިން ދުރުވުމަށް ކުރާ ކަންތައް އިނގޭތަ؟

ކާމިޔާބު ވިޔަފާރިވެރިން ސްޓްރެސްއިން ދުރުވުމަށް ކުރާ ކަންތައް އިނގޭތަ؟

24 ޖުލައި 2018
މިއަހަރު ނިކުތް އެންމެ ކާމިޔާބު ފިލްމަކަށް ރޭސް 3

މިއަހަރު ނިކުތް އެންމެ ކާމިޔާބު ފިލްމަކަށް ރޭސް 3

17 ޖޫން 2018

އަހަރުތަކުން މިއަދު

15 އެޕްރީލު
އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"
20233 އަހަރު ކުރިން
ރިޕޯޓު

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް
20224 އަހަރު ކުރިން
ދުނިޔެ

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!
20215 އަހަރު ކުރިން
ރިޕޯޓު

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު