Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކަރަންޓުގެ ޚިދުމަތް

މާމެންދޫ ރައްޔިތުން ނުކުމެ ކަރަންޓު ކެނޑޭ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިފި

30 ޖުލައި 2018 | ހޯމަ 07:55

ކަރަންޓު ކަނޑޭ މައްސަލައަށް ދާއިމީ ހައްލެއް ލިބުނީ ސަރުކާރުގެ ހެޔޮފުޅުކަމަކުން ނޫން: ކައުންސިލް

އަމްނާ އިމާދު
އަމްނާ އިމާދު | 30 ޖުލައި 2018 | ހޯމަ 07:55
މާމެންދޫއަށް ގެންދިޔަ އައު ޖަނަރޭޓަރު ކައިރީގައި މީހަކު މަޑުކޮށްލައިގެން

މާމެންދޫއަށް ގެންދިޔަ އައު ޖަނަރޭޓަރު ކައިރީގައި މީހަކު މަޑުކޮށްލައިގެން

ރައްޔިތުންގެ ބުރަ މަސައްކަތުން ލ. މާމެންދޫގައި ކަރަންޓު ކެނޑޭ މައްސަލައަށް ދާއިމީ ހައްލެއް ހޯދިފައިވާ ކަމަށް އެރަށުގެ ކައުންސިލުން ބުނެފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މާމެންދޫ ކައުންސިލްގެ ނާއިބު ރައީސް ހުސައިން ހަބީބު ވިދާޅުވީ މާމެންދޫ ކަރަންޓު ކެނޑޭ މައްސަލައަކީ ހައްލެއް ލިބިފައި ނެތް ޒަމާންވީ މައްސަލައެއް ކަމަށާއި، ކަރަންޓުގެ މައްސަލައަށް ހައްލު ނުލިބެނީސް ކަރަންޓު ނުދިނުމަށް ރައްޔިތުން ނިންމި ނިންމުމަކީ މިމައްސަލައަށް ދާއިމީ ހައްލު ހޯދުމަށް ރައްޔިތުން ނިންމި އެންމެ އުދަނގޫ އެއް ނިންމުން ކަމަށެވެ. ނަމަވެސް ރައްޔިތުންގެ މިނިންމުމުގެ ސަބަބުން ކަރަންޓު ކެނޑޭ މައްސަލައަށް ދައިމީ ހައްލެއް ލިބުނީ ކަމަށް އޭނަ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ހަބީބު ވިދާޅުވީ އާދިއްތަ ދުވަހު އިރުއޮއްސުނުއިރު އައު ޖަނަރޭޓަރު އިންސްޓޯލްކޮށް މުޅި ރަށަށް ކަރަންޓު ދެވިފައިވާ ކަމަށެވެ. ހަބީބު ވިދާޅުވީ ހޮނިހިރު ދުވަހުގެ ރޭ 8:10 ގައި އައު ޖަނަރޭޓަރު އެރަށަށް ގެންދެވުނު ކަމަށާއި، ރައްޔިތުންގެ މަސައްކަތުން އިންޖީނުގެއަށް ޖަނަރޭޓަރު ގެންދެވުނީ އެރޭ މެންދަމު 1 ޖަހަންނިކޮށް ކަމަށެވެ. އަދި ޖަނަރޭޓަރު ލިބުމާ އެކު ފެނައިކައިން މުއައްޒަފުން މަސައްކަތް ފެށި ކަމަށް ހަބީބް ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ އެރަށަށް ގެނައި ޖެނަރޭޓަރަކީ 250 ކިލޯވޯޓުގެ ޖަނަރޭޓަރެއް ކަމަށާއި، އެޖަނަރޭޓަރުން މުޅި ރަށަށް ކަރަންޓު ފޯރުކޮށްދެވޭނެ ކަމަށް އިންޖިނިއަރުން ބުނާ ކަމަށެވެ. އިންޖީނުގޭގައި މިހާރު ހުރި ތިން ޖަނަރޭޓަރު ހަލާކުވެފައިވާކަން ފާހަގަކުރައްވައި ހަބީބު ވިދާޅުވީ 160 އަދި 180 ކިލޯވޯޓުގެ ޖަނަރޭޓަރު ބަހައްޓަން ނިންމާފައިވާއިރު 400 ކިލޯވޯޓުގެ ޖަނަރޭޓަރު އެހެން ރަށަކަށް ބަދަލުކުރަން ނިންމާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"އެހާ އަވަހަށް ކަރަންޓުގެ މައްސަލައަށް ހައްލެއް މިލިބުނީ ރައްޔިތުންގެ މަސައްކަތުން. މީ ސަރުކާރުގެ ހެޔޮފުޅުކަމުންވީ ކަމެއް ނޫން. ޖަނަރޭޓަރު އިންޖީނުގެއަށް ގެންދިޔައީ ރައްޔިތުންގެ މަސައްކަތުން. ވަރަށް ޖޯޝާ ފޯރީގަ. އަންހެން ބޭނކަބަލުންގެ މަސައްކަތް ވެސް ފާހަގަކުރަން. ޖަނަރޭޓަރު ގެންދަން އެރޭ ރަށުގެ ރައްޔިތުން ނުކުމެ ބޮޑެތި ކެއްކުންތައް ކައްކާ މިމަސައްކަތް ނިމެންދެން ގިނަ ބަޔަކު ހަރަކާތްތެރިވި" ހަބީބު ވިދާޅުވިއެވެ.

މާމެންދޫއިން ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވުމާ ގުޅިގެން އެރަށުގެ ރައްޔިތުންގެ އަގުބޮޑެތި އެތަކެއް މުދާތަކެއް ވަނީ ހަލާކުވެގެން ގޮސްފައެވެ. އެހެންކަމުން ގިނަ ބަޔަކު ހިތްހަމަ ނުޖެހިގެން އިންޖީނުގޭގެ ދޮށަށް އެއްވެ މުޒަހާރާ ވެސް ކުރިއެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް