Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރ. މަޑުއްވަރީ

މަޑުއްވަރީގައި ކުރިއަށް ގެންދިޔަ މަޝްރޫއުތައް ކުރިއަށް ގެންދިޔައީ ރައްޔިތުން ބޭނުންވާ ގޮތަކަށް ނޫން: މަޑުއްވަރީ ދައިރާގެ ރައީސް

30 ޖުލައި 2018 | ހޯމަ 07:18

މަޑުއްވަރީގެ ބިންހިއްކައި ފަންސާސް ފްލެޓް އަޅައިދޭނެ ކަމަށް ރައީސް ވައުދުވި

އަމްނާ އިމާދު
އަމްނާ އިމާދު | 30 ޖުލައި 2018 | ހޯމަ 07:18
އެމްޑީޕީ ގައުމީ މަޖިލީހުގެ މަޑުއްވަރީ ދައިރާގެ ރައީސް މޫސާ އަލިމަނިކު ވާހަކަ ދައްކަވަނީ

އެމްޑީޕީ ގައުމީ މަޖިލީހުގެ މަޑުއްވަރީ ދައިރާގެ ރައީސް މޫސާ އަލިމަނިކު ވާހަކަ ދައްކަވަނީ

ރ. މަޑުއްވަރީގެ ރައީސް ޔާމިންގެ ސަރުކާރުން ކުރިއަށް ގެންދިޔަ މަޝްރޫއުތަކަކީ ރައްޔިތުން ބޭނުންވާ ގޮތަށް ކުރިއަށް ގެންދިޔަ މަޝްރޫއުތަކެއް ނޫން ކަމަށް އެމްޑީޕީ ގައުމީ މަޖިލީހުގެ މަޑުއްވަރީ ދައިރާގެ ރައީސް މޫސާ އަލިމަނިކު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ދައިރާގެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މޫސަ ވިދާޅުވީ ރައީސް ޔާމިން ވެރިކަމަށް ވަޑައިގަތުމަށް މަޑުއްވަރީގެ ރައްޔިތުންގެ ކުރިމަތީގައި އެމަނިފާނު އެތައް ވައުދުތަކެއް ވެފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން މަޑުއްވަރީގެ ބިން ހިއްކައި، ފަންސާސް ފްލެޓް އަޅައިދޭނެ ކަމަށް ވައުދުވި ކަމަށާއި، ނަމަވެސް މި މަޝްރޫއުތައް ވެގެންދިޔައީ ރައްޔިތުންނަށް ދެއްކި ކުލައެއް ނެތް ހުވަފެނަކަށް ކަމަށެވެ.

މަޑުއްވަރީގައި ކުރިއަށް ގެންދިޔަ މަޝްރޫއުތަކަށް އަލިއަޅުއްވަލައްވަމުން މޫސަ ވިދާޅުވީ މަޑުއްވަރީއަށް ރަށްގިރުމުގެ މައްސަލަ ކުރިމަތިވުމުން ބޭރުތޮށީގައި ބޮޑު ހިލަ ޖަހަން ރައްޔިތުން ބޭނުންވި ކަމަށާއި، ނަމަވެސް އެމަސައްކަތް ކުރީ ސަރުކާރުން ބޭނުންވާ ގޮތަށް ކަމަށެވެ. އެގޮތުން އެއްގަމު ގޮނޑުދޮށުގައި ހިލަތައް ޖެހީ ކަމަށް އޭނަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ ގޮނޑުދޮށުގައި ބޮޑު ހިލަޖާހާތީ އެކަމާ ރައްޔިތުން ހިތްހަމަ ނުޖެހިގެން މުޒާހަރާކޮށް، ޕެޓިޝަން ވެސް ހަދާ މުއައްސަސާތަކަށް ހުށަހެޅި ކަމަށާއި، ނަމަވެސް މިސަރުކާރުން އަދަބު ދިނީ ރައްޔިތުންނަށް ކަމަށެވެ.

"އެކަމާ އިހުތިޖާޖު ކުރި މީހުން ގެންގޮސް 15 ދުވަހަށް ޖަލަށްލާ މިހުރިހާ ކަމެއްކޮށް، ރައްޔިތުންނަށް ބިރު ދައްކައިގެން ރައްޔިތުން ބޭނުންވާ ގޮތާ ހިލާފަށް ކަންތައް ކުރެއްވީމަ މިއަދު އެއޮތީ ރައްޔިތުންނަށް އޭނގެ ތުރާ ޖެހިފައި. މިއަދު މުޅި ރަށްވަށާ މީދާ ހާލިހަދާފަ. ގާމަތި ރަށަކަށް މުޅި ރަށް މަދަލުކޮށްލާފައި އެއޮތީ. މީގެ ސަބަބުން ރައްޔިތުންގެ ހިތުގައި އުފެދުނީ ނަފުރަތު،" މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ މަޑުއްވަރީގެ ގިނަ މަޝްރޫއުތައް ނިންމާފައި ހުރީ ރައީސް ވަހީދުގެ ވެރިކަމުގައި ކަމަށެވެ. ރައީސް ޔާމިން ނިންމި ކަމަށް ބުނާ ނުވަ ކުލާސް ރޫމްގެ ހަތަރު ބުރީގެ އިމާރާތާއި، ސިއްހީ މަރުކަޒު މާރާމާތު ކުރުމާއި، ވޭސްޓް މެނޭޖްމެންޓު ސެންޓަރު ގާއިމް ކުރީ މިސަރުކާރުގައި ނޫން ކަމަށެވެ. މިއީ ރައީސް ޔާމިން ނިންމި މަޝްރޫއުތައް ކަމަށް ފޮތުގައި ލިޔެފައި އޮތަސް މަޑުއްވަރީގެ ރައްޔިތުން އެކަން ބަލައި ނުގަންނާނެ ކަމަށް މޫސަ ވިދާޅުވިއެވެ.

"ރައީސް ޔާމިންނާ ހަމައަށް އަންނަން ޖެހޭ ކަމަށް ވަންޏާ އަޅުގަނޑަށް ފެންނަނީ ޝަމްސުއްދީން ރަދުންނާއި ހިސާބުން ފެށިގެން ދިވެހިރާއްޖޭގައި ކޮށްފައި ހުރި ހުރިހާ މަސައްކަތެއް ލާންވީއޭ ރައީސް ޔާމިނަށް. މީގެ ތެރެއިން އަޅުގަނޑަށް ފާހަގަކުރެވުނީ ހުސް ވައްކަން. އެނޫން ކަމެއް އަޅުގަނޑަށް ފާހަގައެއް ނުކުރެވޭ،" މޫސަ ވިދާޅުވިއެވެ.

ރައީސް ޔާމިންގެ ވެރިކަމުގައި މަޑުއްވަރީގެ ސްޕޯޓް އެރީނާގެ ނަމުގައި ބަށިކޯޓެއް އަޅައިދިންކަން ފާހަގަކުރައްވައި މޫސަ ވިދާޅުވީ ބަށި ކޯޓު އެޅުމަށް 64000 ރުފިޔާ ޖަހާފައިވާ ކަމަށާއި، މިޕްރޮޖެކްޓަށް މިވަރަށް ފައިސާ ހަރަދު ނުވާނެ ކަމަށެވެ. ބަށި ކޯޓު ހަދާފައި ވަނީ ވަށައިގެން ދާކޮޅެއް ދަމައިގެން ކަމަށް މޫސަ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
06 ޖެނުއަރީ 2017

ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ

06 ޖެނުއަރީ 2017
ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް