Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ބޮލީވުޑް

އަނެއްކާ ވެސް ސަލްމާން އާއި ކެޓްރީނާގެ ޚާއްސަ ފެނިލުމެއް!

މި ދެތަރިން އެކުގައި ފެނިގެން ދާނީ މަނީޝް މަލޯތްރާގެ ޝޯ ސްޓޮޕާރ ގެ ގޮތުގައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ, ރާއްޖެ އެމްވީ | 26 ޖުލައި 2018 | ބުރާސްފަތި 15:56
ކެޓްރީނާ ކައިފް އަދި ސަލްމާން ޚާން

ކެޓްރީނާ ކައިފް އަދި ސަލްމާން ޚާން

ބޮލީވުޑްގެ ތަރިންގެ ތެރެއިން ސަލްމާން ޚާނާއި ކެޓްރީނާ ކައިފް އެކުގައި ކުޅެފައިވާ ފިލްމްތަކުގައި އެ ޖޯޑުގެ ކެމިސްޓްރީ ދިމާވާ ކަމަށް ބެލުންތެރިން ދަނީ ބުނަމުންނެވެ.

ނަމަވެސް މިފަހަރު ސަލްމާނާއި ކެޓްރީނާ އެކުގައި ފެނިގެން ދަނީ ފިލްމަކުން ނޫނެވެ. މިފަހަރު މި ދެތަރިން އެކުގައި ފެނިގެންދަނީ ބޮލީވުޑްގެ ގިނަ ފަންނާނުންގެ " ފޭވަރިޓް" ފެޝަން ޑިޒައިނާ މަނިޝް މަލޯތްރާގެ ފެޝަން ޝޯގެ ޝޯ ސްޓޮޕަރ ގެ ގޮތުގައެވެ.

މިޝޯގެ ޝޯ ސްޓޮޕާރ ގެ ގޮތުގައި ސަލްމާން އާއި ކެޓްރީނާ ފެނިގެންދާނެ ކަން މަނީޝް ވަނީ އޭނާގެ އިންސްޓަގްރާމްގައި ސަލްމާން އާއި ކްޓްރީނާގެ ވީޑިއޯއެއް ޕޯސްޓްކޮށް އެ ވީޑިއޯގެ ކެޕްޝަންގައި ލިޔެފައެވެ.

މި ޝޯގައި މި ދެތަރިންގެ އިތުރުން ވެސް ގިނަ ސެލެބްރިޓީން ބަވެރިވާނެ ކަމަށް މަނީޝް ވަނީ ބުނެފައެވެ.

ސަލްމާން އާއި ކެޓްރީނާ އެކުގައި މަސައްކަތް ކޮށްފައިވާ ފިލްމް ތަކުގެތެރޭގައި "މައިނޭ ޕިޔާރް ކިޔުކިޔާ އާއި، "ޔުވްރާޖް"، "އޭކް ތާ ޓައިގަރ އާއި "ޓައިގަރ ޒިންދާހޭ" ހިމެނެއެވެ. ސަލްމާންގެ "ދަބަންގް" ޓުއަރ ގައި ވެސް ކެޓްރީނާ ވަނީ ބައިވެރި ވެފައެވެ. މި ދެ ތަރިން މީގެ އަހަރުތަކެއް ކުރިން ރައްޓެހިވެގެން އުޅުމަށް ފަހު ރުޅިވި ނަމަވެސް ރަޙްމަތްތެރިކަން ކަނޑާފައި ނުވެއެވެ.

މިދިޔަ އަހަރު އިންޑިއަން އެކްސްޕްރެސް އަށް ސަލްމާން ދީފައިވާ އިންޓަވިއުއެއްގައި ބުނެފައި ވަނީ ކެޓްރީނާ އަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރާ ތަރިއެއް ކަމަށާއި އޭނާގެ ފިލްމެއް ފްލޮޕްވެ ޕާރފޯމަންސާއި ގުޅޭ ގޮތުން މީހަކު ގޯސްއެއްޗެއް ލިޔުނު ކަމުގައި ވި ނަމަވެސް އެކަމާ ޑިޕްރެސް ވެގެން ނޫޅޭ ކަމަށެވެ. އަދި މީހަކު އޭނާގެ މަސައްކަތަށް ތައުރީފް ކުރި ނަމަވެސް ނުރުހުން ފާޅުކުރި ނަމަވެސް ބުރަކޮށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މީހަކު ބުނާ އެއްޗަކަށް ނުރުހުން ފާޅުކޮށް އެމީހަކު ދެރަކޮށް ނުލައި ކަމަށާއި އެއްވެސް މީހަކާއި ބެހޭގޮތުން ގޯސްކޮށް ވާހަކައެއް ކެޓްރީނާ ނުދައްކާ ކަމަށެވެ. އަދި ކެޓްރީނާ ދިރިއުޅެމުންދަނީ ވަރަށް ރީތި އަދި ފުރިހަމަ ދިރިއުޅުމެއް ކަމަށް ސަލްމާން ވަނީ ބުނެފައެވެ.

ސަލްމާން ދެން އެންމެ އަވަހަށް ފެނިގެން ދާނީ އަލީ އައްބާސް ޒަފަރު ޑައިރެކްޓް ކޮށްފައިވާ ފިލްމް " ބާރަތް" އިންނެވެ. މިވަގުތު ކެޓްރީނާ މަސައްކަތް ކުރަނީ ޝާހްރުޚް ޚާންގެ "ޒީރޯ" އަދި އާމިރު ޚާންގެ "ތަގްސް އޮފް ހިންދުސްތާން" ގެ ޝޫޓިން ތަކުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވަރުން އާއި އާލިޔާއަށް މާދުރީ ނަށަން ދަސްކޮށްދީފި

ވަރުން އާއި އާލިޔާއަށް މާދުރީ ނަށަން ދަސްކޮށްދީފި

13 ފެބުރުއަރީ 2017
"ޕަދްމާވަތީ" ގައި ދިޕިކާ އާއި ރަންވީރު އެކުގައި ނުފެންނާނެ

"ޕަދްމާވަތީ" ގައި ދިޕިކާ އާއި ރަންވީރު އެކުގައި ނުފެންނާނެ

13 ފެބުރުއަރީ 2017
ޒޯޔާ އަކްތަރްގެ "ގަލީ ބޯއީ " ގައި އާލިއާ އާއި ރަންވީރް

ޒޯޔާ އަކްތަރްގެ "ގަލީ ބޯއީ " ގައި އާލިއާ އާއި ރަންވީރް

12 ފެބުރުއަރީ 2017
ރަމްބީރާއި ކެޓްރީނާގެ "ޖައްގާ ޖާސޫސް"ގައި 29 ލަވަ!

ރަމްބީރާއި ކެޓްރީނާގެ "ޖައްގާ ޖާސޫސް"ގައި 29 ލަވަ!

09 ފެބުރުއަރީ 2017
އަމަލް ކްލޫނީ ބަލިވެ އިންކަމަށް ބުނާ އަޑު އަނެއްކާވެސް ގަދަވެއްޖެ

އަމަލް ކްލޫނީ ބަލިވެ އިންކަމަށް ބުނާ އަޑު އަނެއްކާވެސް ގަދަވެއްޖެ

06 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު