Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ލައިފް ސްޓައިލް
މީސް މީޑިއާ

މީސް މީޑިއާގެ ޒަރިއްޔާއިން ކުދި ވިޔަފާރިތައް ކުރި އަރުވާނީ ކިހިނެއް !؟

މީސް މީޑިއާ މެދުވެރިކޮށް ކުދި ވިޔަފާރިތައް ފުޅާކޮށްފައިވޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 25 ޖުލައި 2018 | ބުދަ 16:41
ސޯޝަލްމީޑިޔާ އަކީ ވިޔަފާރި ޕްރޮމޯޓް ކުރުމަށް އެންމެ ގިނަ މީހުން ބޭނުންކުރާ ޕްލެޓްފޯމް

ސޯޝަލްމީޑިޔާ އަކީ ވިޔަފާރި ޕްރޮމޯޓް ކުރުމަށް އެންމެ ގިނަ މީހުން ބޭނުންކުރާ ޕްލެޓްފޯމް

ރާއްޖެއަކީ މިއަދު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ތަޢާރަފްވަމުން އަންނަ ގައުމެކެވެ. ނަމަވެސް މިފަދަ ވިޔަފާރިތައް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެވިޔަފާރިއެއް އެންމެ އެކަށީގެންވާ ގޮތެއްގައި މާކެޓް ނުކުރެވޭ މައްސަލައެވެ.

އެހެން ނަމަވެސް މިއަދު މިކަމަށް ލިބިފައިވާ އެއް ހައްލަކީ މީސް މީޑިޔާ (ސޯޝަލް މީޑީޔާ) އެވެ. އެގޮތުން މީސް މީޑިޔާއަކީ މިއަދު ދުނިޔޭގެ ކުރިއަރާފައިވާ އަދި ކުރި އަރަމުން އަންނަ ގައުމުތަކުގައިވެސް އެންމެ ފުޅާދާއިރާއެއްގައި މީހުންނާއި މުޢާމަލާތް ކުރުމަށް ބޭނުންކުރަމުންދާ އެއް ވަސީލަތެވެ.

މީސް މީޑިއާ މެދުވެރިކޮށް ކުދި ވިޔަފާރިތައް ފުޅާކޮށްފައިވާ ވަރަށް ގިނަ ތަންތަން ހުރި އިރު އޮސްޓްރޭރިލާގެ ޓެކް ސެވީ ކެފޭތަކަކީ ފޭސްބުކް މެދުވެރިކޮށް ކަސްޓަމަރުން ބަލައިގަތް ކުދި ވިޔަފާރިއެއް ނަމަވެސް މިއަދު އިންސްޓަގްރާމްގައި އެކަނިވެސް މަހެއްގެ މައްޗަށް 5 މިލިއަނަށްވުރެ ގިނަ ފޮލޯވަރުންނާއި އެކު ކަސްޓަމަރުންގެ މަޤްބޫލުކަން ހޯދާފައިވާ ވިޔަފާރި އެކެވެ. އަދި މިފަދަ އިތުރު މީސް މީޑިޔާ ޕްލެޓްފޯމްތައް މެދުވެރިކޮށް ކަސްޓަމަރުން އިތުރު ކުރުމަކީ ޓެކް ސެވީގެ އެންމެ ބޮޑު އެއް އަމާޒެވެ.

މިއަދު ގިނަ ކަސްޓަމަރުން ކެފޭ ނުވަތަ އެހެނިހެން އައު ވިޔަފާރިތައް ހޯދުމަށް އެންމެ ފުރަތަމަވެސް ބަލާލަނީ މީސް މީޑިއާއެވެ. އެހެންކަމުން ކުދި ވިޔަފާރިވެރިން އެފަރާތްތަކުގެ ވިޔަފާރިތައް ޕްރޮމޯޓް ކުރުމަށް މިހާރު އެންމެ ފުރަތަމަ ބޭނުން ކުރާ ވަސީލަތަކީވެސް މީސް މީޑިއާ ކަމުގައި ވަނީ ވެފައެވެ.

ފާއިތުވި އަހަރުގައިވެސް މީސް މީޑިއާ މެދުވެރިކޮށް ކުރިއަރާފައިވާ ވިޔަފާރިތަކުން ލިބިފައިވާ ރަނގަޅު ނަތީޖާއަކީ މިފަދަ ވިޔަފާރިތައް ކުރިއަރައިގެންދާ އެންމެ ބޮޑު އެއް ސަބަބުއެވެ. އެގޮތުން ވިޔަފާރިތައް ކުރި އެރުވުމަށްޓަކައި މީސް މީޑިއާއަށް ޝެއަރކުރާ ފޮޓޯއަކީ މީހުންގެ ޝައުގުވެރިކަން ދަމައިގަންނަ ފޮޓޯއެއް ކަމަށްވެއްޖެ ނަމަ އެފަދަ ވިޔަފާރިތައް ކުރިއަރައިގެންދާ މިންވަރު އަވަސްވެގެންދެއެވެ. އެއީ އެ ފޮޓޯއަށް ކަސްޓަމަރުން ޝައުޤުވެރިވެ، އެތަނަކަށް ގޮސް ނުވަތަ އެ ޕްރޮޑަކްޓެއްގެ ފޮޓޯ އަނެއްކާވެސް މީސް މީޑއާ މެދުވެރިކޮށް ގިނަ މީހުންނަށް ފެންނަހެން ޕޯސްޓުކުރުމުން ލިބޭ ކޮމެންޓްތަކާއި، އެ ފޮޓޯ އިތުރު މީހުން ޝޭއަރ ކުރުމަކީ އިތުރު ކަސްޓަމަރުން ފަސޭހައިން ލިބިގެންދާނެ ކަމެކެވެ.

ކަސްޓަމަރުންނާއި އޮންނަ ގުޅުން ބަދަހި ކުރުމަށް ކަސްޓަމަރުން ޕޯސްޓް ކުރާ ފޮޓޯތަކަށް އެވިޔަފާރިއެއް ކުރާ ފަރާތަކުން ކޮމެންޓް ކުރުމަކީވެސް ކަސްޓަމަރުންނާއި އޮންނަ ގުޅުން ރަނގަޅުވެ، ކަސްޓަމަރުންގެ އިތުބާރު އެތަނަކަށް ލިބި، އައު ކަސްޓަމަރުން އިތުރުވާނެ ކަމެކެވެ. އަދި އެފަދަ ވިޔަފާރިއަށް ކަސްޓަމަރުންގެ ލޯބި އިތުރަށް ލިބިގެންގޮސް އެވިޔަފާރިއެއްގެ ނަން މަޤްބޫލުވެގެންދެއެވެ.

މީސް މީޑިއާ މެދުވެރިކޮށް ކަސްޓަމަރުންގެ މަޤްބޫލުކަން ހޯދާފައިވާ ނަން މަޝްހޫރު ގިނަ ކުންފުނިތަކުން މިއަދު އެކުންފުނިތަކުގެ ކަސްޓަމަރުން ދަމަހައްޓަމުން ދަނީ މަހެއްގެ މައްޗަށް އެންމެ 4 ޑޮލަރު ހޭދަކޮށްގެންނެއެވެ.

މިގޮތަށް މާކެޓް ކުރުމުން އެވިޔަފާރިތަކަށް ލިބޭ ނަފާ އިތުރުވުމަކީ ކުންފުނި އިތުރަށް ކުރިއަރައިގެންދާނެ ކަމެކެވެ. މިއަދު ކަސްޓަމަރުން ބަލައިގަންނަނީ ކަސްޓަމަރުންނާއި ގުޅިގެން ހިދުމަތްދޭ ވިޔަފާރިތަކަށެވެ. އެގޮތުން ބަލާއިރު މީސް މީޑިއާގެ ޕްލެޓްފޯމަކީ މިއަދު ރާއްޖޭގައިވެސް ކުރިއަރަމުން އަންނަ އަދި ކުދި ވިފަޔާރިތައް ފުޅާކުރުމަށް އޮތް އެންމެ ރަނގަޅު އެއް ވަސީލަތެވެ. އަދި ރާއްޖެއަކީ އޭޝިޔާ ސަރަހައްދުގައި މީސް މީޑިޔާ އެންމެ ފުޅާ ދާއިރާގައި ބޭނުންކުރަމުންދާ ގައުމުވެސްމެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އޮސްޓްރޭލިއާއިން ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރާނީ

އޮސްޓްރޭލިއާއިން ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރާނީ

10 ސެޕްޓެމްބަރު 2024
ޔޫޓިއުބުން ފުރާވަރު ކުދިން ފިޓްނަސް ވީޑިއޯ ބެލުން ކޮންޓްރޯލް ކުރަނީ

ޔޫޓިއުބުން ފުރާވަރު ކުދިން ފިޓްނަސް ވީޑިއޯ ބެލުން ކޮންޓްރޯލް ކުރަނީ

06 ސެޕްޓެމްބަރު 2024
ކޮބާ ކުޅިކޮށް ކާހިތްވާ ކުދިން؟

ކޮބާ ކުޅިކޮށް ކާހިތްވާ ކުދިން؟

17 މެއި 2020

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު