Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހައި ކޯޓް

ފައިސަލާއި ޝަހީދު ހައި ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރައްވައިފި

24 ޖުލައި 2018 | އަންގާރަ 17:13

އައްޔަން ކުރިއިރު، ފައިސަލް ވަނީ މެމްބަރުކަމުން އިސްތިއުފާ ދީފައި: ޖޭއެސްސީ

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 24 ޖުލައި 2018 | އަންގާރަ 17:13
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ފައިސަލް އައްޔަން ކުރުމަށް ފަހު، މަގާމުގެ ފަތްކޮޅު އުއްތަމަ ފަނޑިޔާރު ހަވާލުކޮށްދެއްވަނީ

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ފައިސަލް އައްޔަން ކުރުމަށް ފަހު، މަގާމުގެ ފަތްކޮޅު އުއްތަމަ ފަނޑިޔާރު ހަވާލުކޮށްދެއްވަނީ

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނާއިބު ރައީސް މުހައްމަދު ފައިސަލާއި ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދު ހައި ކޯޓު ފަނޑިޔާރު ކަމަށް އައްޔަންކޮށްފިއެވެ.

ޖޭއެސްސީގެ މީޑިއާ އޮފިޝަލް ހަސަން ޒަހީން "ރާއްޖެއެމްވީ"އަށް ވިދާޅުވީ ފައިސަލް ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވިއިރު، އޭނާ ޖޭއެސްސީގެ މެމްބަރުކަމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް ހައި ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ފައިސަލް އައްޔަން ކުރަން އާދީއްތަ ދުވަހު ޖޭއެސްސީގައި ބޭއްވި ބައްދަލުވުމުގައި ނިންމި އިރު ވެސް އޭނާ އެ މަގާމުން އިސްތިއުފާ ދެއްވާފައެއް ނުވެއެވެ. ފައިސަލަކީ ރައީސުލްޖުމްހޫރިއްޔާގެ މެމްބަރެއްގެ ގޮތުގައި އެ ކޮމިޝަންގައި އިންނަވާ މެމްބަރެކެވެ. އޭނާ އެ ކޮމިޝަންގެ ނާއިބު ރައީސްގެ މަގާމުގައި އިންނަވައިގެން، ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ވަޑައިގަތުމަށް އެ ކޮމިޝަނުން ނިންމުމުން، ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ހުސައިން ޝަހީދު ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވި ރަސްމިއްޔާތުގެ ތެރެއިން. -- ފޮޓޯ/ މުހައްމަދު ޝަރުހާން

ޖޭއެސްސީން ބުނެފައި ވަނީ ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ފައިސަލް ކުރިމަތިލެއްވި ފަހުން، ޖޭއެސްސީގެ އެއްވެސް މަސައްކަތެއްގައި އޭނާ ބައިވެރިވެވަޑައި ނުގަންނަވައެވެ.

ފައިސަލާ އެކު، ހައި ކޯޓުގެ ފަނޑިޔާރުގެ މަގާމަށް އަންގާރަ ދުވަހުގެ ރޭ އައްޔަން ކުރެއްވި ހުސައިން ޝަހީދަކީ ކްރިމިނަލް ކޯޓަށް މިއަހަރުގެ ޖެނުއަރީ މަހު 25 ވަނަ ދުވަހު އައްޔަން ކުރި ގާޒީއެކެވެ. އޭގެ ކުރިން އޭނާ ހުންނެވީ އަތޮޅު ތެރޭ ކޯޓެއްގެ މެޖިސްޓްރޭޓަކަށެވެ.

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން: ހައި ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމުގެ ރަސްމިއްޔާތު އޮތީ ހައި ކޯޓުގައި-- ފޮޓޯ/ މުހައްމަދު ޝަރުހާން

ގުޅިފައިވާ ޕާޓީތަކުން ހޯމަ ދުވަހު އިލެކްޝަންސް ކޮމިޝަން (އީސީ) ކުރިމަތީގައި ކުރި މުޒާހަރާގައި ތުހުމަތުކޮށްފައި ވަނީ ފައިސަލާއި ޝަހީދު ހައި ކޯޓަށް އައްޔަން ކުރީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ކަމަށެވެ. އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބުނެފައިވާ ގޮތުން އިންތިހާބާ ގުޅުންހުރި މައްސަލަތައް ބަލާނީ ހައި ކޯޓާއި ސުޕްރީމް ކޯޓުންނެވެ.

"ހައި ކޯޓަށް އެއްވެސް މައްސަލައެއް ދިއުމުގެ ކުރީގައި ރައީސް ޔާމީން ބޭނުންވާ ބަޔަކު، ބޭނުން ގޮތަކަށް ނަތީޖާ ނެރުމަށްޓަކާ ހައި ކޯޓު މި ފިކްސް ކުރީ. އެއީ ވެސް އިންތިހާބު އޮޅުވާލުމާއި މަކަރު ހެދުމަށް ރައީސް ޔާމީން ބޭނުންވާ ގޮތަށް ކަންކަން ކުރުމަށް ކުރި ކަމެއް،" އަލީ ނިޔާޒު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
26 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
24 ޖެނުއަރީ 2017

ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި

24 ޖެނުއަރީ 2017
ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި
22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
20 ޖެނުއަރީ 2017

ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

20 ޖެނުއަރީ 2017
ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި
15 ޖެނުއަރީ 2017

ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި

15 ޖެނުއަރީ 2017
ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް