Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނޫސްވެރިޔާ ރިލްވާން

ރިލްވާން ވަގަށް ނެގި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ނިމިއްޖެ

24 ޖުލައި 2018 | އަންގާރަ 13:04

ދައުވާ ލިބޭ މީހުން ދައުވާއަށް އިންކާރު ކުރޭ

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 24 ޖުލައި 2018 | އަންގާރަ 13:04
ވަގަށް ނަގާފައިވާ ނޫސްވެރިޔާ ރިލުވާން އޭނާގެ މަންމައާ އެކު ނަގާފައިވާ ފޮޓޯއެއް

ވަގަށް ނަގާފައިވާ ނޫސްވެރިޔާ ރިލުވާން އޭނާގެ މަންމައާ އެކު ނަގާފައިވާ ފޮޓޯއެއް

ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގަދަކަމުން ފޮރުވި ކަމަށް ބުނެ ދެ މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލި ދައުވާގެ ޝަރީއަތުގެ އަޑުއެހުންތައް ނިމިއްޖެއެވެ.

ރިލްވާން ގަދަކަމުން 8 އޮގަސްޓް 2014 ގައި ފޮރުވި ކަމަށް ބުނެ ހ. ހިލްޓަން އާލިފް ރައޫފާއި ގދ. ވާދޫ ކަރަންކާގޭ މުހައްމަދު ނޫރައްދީންގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން އަންގާރަ ދުވަހު ބޭއްވި އަޑުއެހުމުގައި ދެ ފަރާތުން ވަނީ ހުލާސާ ބަޔާން ހުށައަޅާފައެވެ. މިއާ އެކު އަޑުއެހުން ނިންމާލައްވަމުން މި މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފު ވިދާޅުވީ ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި މައްސަލައިގައި ހުކުމް އިއްވުމަށް ޝަރީއަތް ތާވަލު ކުރާނެ ކަމަށެވެ.

Advertisement - newsAdvertisement

ހުލާސާ ބަޔާން އިއްވަމުން ދައުލަތުން ވަނީ މި މައްސަލަ ސާބިތު ކުރުމަށް 29 ހެއްކެތް ހުށައަޅާފައިވާ ކަމަށް ފާހަގަ ކުރައްވާފައެވެ. މި ގޮތުން ހެކިބަސް ދިން މީހުންގެ ހެކިބަހުން ރިލްވާން ގެއްލުމުގެ ދުވަސް ކޮޅެއް ކުރިން މާލެ އިން ހުޅުމާލެއަށް ކާރެއް ގެންދިޔަ ކަމާއި އަދި ރިލްވާން ގެއްލުނު ފަހުން ރަތްކުލައިގެ ކާރެއް މާލެއަށް އަނބުރާ ގެންދިޔަ ކަން އެނގޭ ކަމަށް ދައުލަތުގެ ވަކީލާ އައިޝަތު މުހައްމަދު ވިދާޅުވިއެވެ. އަދި ރިލްވާން ގެއްލުނު ރޭ، ރިލްވާން ދިރިއުޅެމުންދިޔަ ފްލެޓް ކައިރިން މީހަކު ހަޅޭއްލެވި އަޑު އިވުނު ކަމަށް ބައެއް މީހުން ބުނިއިރު އެ ގަޑީގައި މީހަކު ކާރަކަށް އަރުވައިގެން ގެންދިޔަ ކަމަށާއި އަދި އެ ކާރު ދިޔަ ވަގުތު ވަޅިއެއް އެތަނަށް ވެއްޓިފައި އޮތް ކަމަށް ވެސް ބައެއް ހެކިން ބުނެފައިވާކަން ވަކީލާ ވިދާޅުވިއެވެ.

ހަމަ އެހެންމެ ރަތްކުލައިގެ ކާރެއް ރިލްވާން ދުއްވި ކަމާއި އަދި އެ ކާރުގެ ތެރެއިން ރިލްވާންގެ މަންމަގެ ޑީއެންއޭ ދިމާވާ އިސްތައްޓެއް ފެނިފައިވާ ކަން ވެސް ހުށަހަޅާފައިވާ ހެކިތަކުން އެނގޭނެ ކަމަށް ފާހަގަ ކުރައްވާފައި ވެއެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވީ ކާރުން ފެނުން އިސްތަށީގެ ޗެއިން އޮފް ކަސްޓަޑީ ރިޕޯޓް ހުށައަޅާފައިނުވި ނަމަވެސް އެ ރިޕޯޓާ ގުޅޭ ލިޔުމެއް ސިޓީއަކުން ހުށަހަޅާފައިވާނެ ކަމަށެވެ. އަދި ރިލްވާން އާއިލާގެ އެހެން މީހުންގެ ހެކިބަސް ނެގިއިރު އެމީހުން އެ ކާރަށް އަރާފައި ނުވާ ކަމަށް ބުނެފައި ވާތީ އެ ކާރަށް ރިލްވާން ނޫން މީހަކު އަރުވާފައިނުވާ ކަން އެނގޭ ކަމަށް ވެސް ދައުލަތުން ފާހަގަ ކުރެއްވިއެވެ.

އާލިފް އާއި ނޫރައްދީންގެ ފަރާތުން ހުލާސާ ބަޔާން އިއްވަމުން އެމީހުންގެ ދިފާއީ ވަކީލު ނޫރުއް ސަލާމް އަބޫބަކުރު ވިދާޅުވީ ރިލްވާން ގެއްލުވާލި މައްސަލައަކީ ބަޔަކު ހިންގާފައިވާ ބޮޑު ޖަރީމާއެއް ކަމަށެވެ. އަދި ވިދާޅުވީ ދެ ކުއްޖަކު ހޯދައި ދައުވާއެއް ކޮށްލުމަކީ އެ ޖަރީމާގައި ފަސްއަޅާ ފޮރުވޭނެ ސަބަބެއް ނޫން ކަމަށެވެ. އަދި ރިލްވާން ވަގަށް ނެގި މައްސަލަ ފުލުހުން އެންމެ ރަނގަޅަށް ތަހްގީގު ކުރުމުގައި އިހްމާލުވެފައިވާ ކަމަށް ވެސް ނޫރުއް ސަލާމް ވިދާޅުވ އެވެ. އެ މައްސަލައިގައި ހަގީގަތް ހޯދުމުގައި ޕްރޮސެކިއުޓާ ޖެނަރަލް ވެސް އަމަލު ކުރައްވާފައިވާ ގޮތުން އެކަމުގެ ހަގީގަތް ހޯދުމަށް ވަރަށް ބޮޑަށް އިހްމާލުވެފައިވާކަން އެނގޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނޫރުއްސަލާމް ވިދާޅުވީ އާލިފް ރައޫފު ދުއްވި ކާރުގައި ރިލްވާން ވަގަށް ނަގައިގެން ގެންދިޔަ ކަމަށް ބުނާއިރު އެރޭ ކާރު ބާއްވާފައި އޮތްތަނުގެ ސީސީޓީވީ ކެމެރާގެ ފޫޓެޖު ހޯދަދޭން އާލިފްގެ ފަރާތުން އެދުނު ނަމަވެސް އެކަން ފުލުހުން ކޮށްފައިނުވާ ކަމަށެވެ. އަދި ރިލްވާން ކާރަށް އަރުވައިގެން ދިޔަ ތަނުގައި ވަޅިއެއް އޮތް ކަމަށް ތަހްގީގު ކުރި ފުލުހުން ބުނާއިރު އެ ވަޅީގެ ފްރެންސިކް ރިޕޯޓެއް ވެސް ޝަރީއަތަށް ހުށައެޅިފައިނުވާ ކަމަށާއި އަދި ރިލްވާންގެ ކޮއްކޮ މޫސާ ރިލްވާންގެ ހެކިބަސް ނަގަން ޖެހޭކަން ވެސް ދައުލަތަށް އެނގުނީ ހެކި ހުށައެޅުމުގެ ގާނޫނީ ވަގުތު ހަމަވެގެން ގޮސް އެހެން މީހުންގެ ހެކިބަސް ނަގަން ފެށި ފަހުންކަން ވެސް ދިފާއީ ވަކީލު ފާހަގަ ކުރެއްވިއެވެ. ދައުލަތުން އަމަލު ކޮށްފައިވާ ގޮތުން ނޫރައްދީނާއި އާލިފު ފުލުހުންނަށް ދީފައިވާ ބަޔާނަށް ވެސް އިންކާރު ކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ

މީގެ އިތުރުން ވެސް އޭނާ ވިދާޅުވީ ރިލްވާން އަރުވައިގެން ގެންދިޔަ ކާރު ދިޔަ ތަނެއް ވެސް ހޯދަން ފުލުހުން މަސައްކަތް ކޮށްފައިނުވާއިރު ހެކިބަސް ދިން އެއްވެސް މީހަކު އާލިފާއި ނޫރައްދީން އެއްވެސް ކަމެއްގައި އުޅެނިކޮށް ފެނިފައިވާ ކަމަށް ބުނެފައިނުވާ ކަން އެނގޭތީ އެ މީހުންގެ މައްޗަށް މި ކުށް ސާބިތު ނުކުރެވޭނެ ކަމަށެވެ. އެރޭ ކާރަށް އަރުވައިގެން ގެންދިޔައީ ރިލްވާން ކަމަށް ވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށާއި އެހެން ނަމަވެސް އެ ކާރުގެ ނަމްބަރު އެއްވެސް ހެކިވެރިޔަކު ބުނެފައި ނުވާކަން އެނގޭ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. އަދި ރިލްވާން އަރުވައިގެން ގެންދިޔަ ކަމަށް ބުނާ ރަތްކުލައިގެ ކާރުގެ ރަޖިސްޓްރީ ވެސް ދައުލަތުން ހުށައަޅާފައިނުވާއިރު އެ ކާރުން ފެނުން އިސްތައްޓަކީ ކޮން އިރަކު އެ ކާރުން ފެނުން އިސްތައްޓެއް ކަމެއް ވެސް އެނގޭނެ ލިޔުމެއް ނެތް ކަމަށް ދިފާއުން ވަނީ ވިދާޅުވެފައެވެ. އަދި އެ ކާރުން ފެނުން އިސްތަށީގެ ޑީއެންއޭ ދިމާވޭތޯ ބެލުމަށް ރިލްވާންގެ އާއިލާގެ ހުރިހާ އެންމެންގެ ހެކިބަސް ނަގަން ހުށަހަޅާފައިނުވާއިރު އެ އިސްތަށީގެ ޑީއެންއާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ގެނައި ޕްރެންސިކް އެކްސްޕާޓްގެ ވާހަކަތަކާ މެދު ވެސް ދިފާއުން ސުވާލު އުފައްދާފައިވެއެވެ.

އެ ހުރިހާ ކަމަކާ އެކު އެކަށީގެންވާ ވަރަށް ވުރެ ބޮޑެތި ޝައްކުތަކެއް ހުރުމުން އެ ދެމީހުންގެ މައްޗަށް ކުށް ސާބިތުނުވާނެ ކަމަށް ކަނޑައަޅައި ދޭން ނޫރުއްސަލާމް އެދިވަޑައިގެންނެވިއެވެ. ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ސ. ހުޅުދޫ އަތިރިއާގޭ މުހައްމަދު ސުއައިދުގެ މައްޗަށް ވެސް ދައުލަތުން ދައުވާ ކުރެއެވެ. އެކަމަކު އޭނާ ރާއްޖޭގައި ނެތުމުން އޭނާގެ ބައި ކުރިއަކަށް ނުގެންދެއެވެ. އޭނާ ރާއްޖެ އިން ބޭރުގައި ހުއްޓާ މަރުވެފައިވާ ކަމަށް އޭނާގެ އާއިލާ އިން އެންގިޔަސް، ދައުލަތުން ބުނެފައިވާ ގޮތުގައި އޭނާ މަރުވިކަން ކަށަވަރެއް ނުވެއެވެ.

ޗެއިން އޮފް ކަސްޓަޑީ ފޯމް ހުށަނާޅައި އެކަމާ ގުޅޭ އެހެން ލިޔުމެއް ސިޓީއަކުން ހުށައަޅާފައިވާ ކަމަށް ދައުލަތުން ބުނި ވާހަކައަށް ރައްދު ދެއްވާ ގާޒީ ވިދާޅުވީ އެ ސިޓީއެއް ކޯޓަށް ފޮނުވި ނަމަވެސް އެ ސިޓީ ޝަރީއަތައް ހުށައަޅާފައިނުވާ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް