Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަދާލަތު ޕާޓީ

36 ސިޔާސަތަކާ އެކު އަދާލަތު ޕާޓީގެ މެނިފެސްޓޯ ގުޅިފައިވާ ޕާޓީތަކަށް ހުށަހަޅައިފި

25 ޖުލައި 2018 | ބުދަ 04:39

ސިޔާސަތުތައް އެކުލަވާލާފައި ވަނީ ތިން ދާޢިރާއަކަށް

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 25 ޖުލައި 2018 | ބުދަ 04:39
އަދާލަތު ޕާޓީން ބޭއްވި ޕްރެސް ކޮންފަރެންސް

އަދާލަތު ޕާޓީން ބޭއްވި ޕްރެސް ކޮންފަރެންސް

ތިރީސް ހަ ސިޔާސަތަކާ އެކު، އަދާލަތު ޕާޓީގެ ރިޔާސީ މެނިފެސްޓޯ ގުޅިފައިވާ ޕާޓީތަކަށް ހުށަހަޅައިފިއެވެ.

އަދާލަތު ޕާޓީން މެނިފެސްޓޯގެ ސިޔާސަތުތައް ކަނޑައަޅާފައި ވަނީ މައިގަނޑު ތިން ދާއިރާއަކަށް އަމާޒުކޮށްގެންނެވެ. އެއީ ދިވެހިންގެ ދީނާއި ހެޔޮވެރިކަމާއި ފުދުންތެރި ދިރިއުޅުމުގެ މައްޗަށެވެ.

Advertisement - newsAdvertisement

މެނިފެސްޓޯއާ ގުޅޭ ގޮތުން، އެ ޕާޓީގެ އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން އަދާލަތު ޕާޓީގެ މީޑިއާ ކޮމެޓީގެ މުގައްރިރު އަލީ ނަޒީރު ވިދާޅުވީ އެ ޕާޓީގެ މެނިފެސްޓޯ އެކުލަވާލުމުގައި ވިސްނާފައި އޮތީ އިސްލާމީ ހިދާޔަތުގެ ތެރެއިން ދުނިޔޭގައި ވެސް އަދި އާހިރަތުގައި ވެސް ބާއްޖަވެރިކަން ހޯދުމަށް ކަމަށެވެ. މެނިފެސްޓޯގެ ސިޔާސަތުތައް އެކުލަވާލުމުގައި ދުނިޔޭގައި އުފެދިފައިވާ އިސްލާމީ ދައުލަތްތަކުން ކަންކަން ކޮށްފައިވާ ގޮތް ބަލާފައިވާނެ ކަމަށް ވެސް ނަޒީރު ވިދާޅުވިއެވެ.

"މި ހުރިހާ ކަމެއް އެކުލަވާލުމަށްޓަކައި އަޅުގަނޑުމެން ދިރާސާ ކުރިން، މާޒީގައި އުފެދިފައި ހުރި ބޮޑެތި އިސްލާމީ ދައުލަތްތަކުން ކަންކަން ކޮށްފައިވާ ގޮތް. އަޅުގަނޑުމެން ދިރާސާ ކުރިން މިޒަމާނުގެ ވެރިކަމުގެ ނިޒާމުތަކުގައި ކުރިއަރާފައި ހުރި ގައުމުތަކުގައި އަމަލު ކުރެވެމުންދާ ގޮތް، އަދި އަޅުގަނޑުމެން އެކަންކަން ގުޅުވާލިން ދިވެހި ރާއްޖެއަށް، ދިވެހި ރައްޔިތުންނަށް މަންފާ ކުރަނީ ކޮން ގޮތްތަކެއްތޯ؟،" ނަޒީރު ވިދާޅުވިއެވެ.

އިސްލާމް ދީނުގެ ހިދާޔަތު ރާއްޖޭގައި ފެތުރުމަށް، 2005 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރާ އަދާލަތު ޕާޓީގެ ދީނީ ސިޔާސަތުތަކާ ގުޅޭ ގޮތުން އެ ޕާޓީގެ މެނިފެސްޓޯގައި އެކުލަވާލާފައިވާ ކަންކަން މީޑިއާއަށް ހިއްސާކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމެވެ. އަނާރާ ވިދާޅުވީ ޒަކާތު ފަންޑާއި ވަގުފު ފަންޑަށް ހާއްސަ ގާނޫނެއް ހެދުމާއި ފިގުހު އެކަޑަމީ މިނިވަން މުއައްސަސާއަކަށް ހެދުމަށް ވެސް އެ ޕާޓީގެ މެނިފެސްޓޯގައި ކަނޑައަޅާފައިވާނެ ކަމަށެވެ.

ބާރަ ސިޔާސަތެއްގެ މައްޗަށް އެކުލެވޭ ދީނާ ގުޅޭ ވައުދު އިއްވައި ދެއްވަމުން، އަނާރާ ވިދާޅުވީ ދައުލަތުގެ އެންމެހައި ކަންކަން އިސްލާމީ ތަރަހައިގެ ތެރޭގައި ހިންގަން އަދާލަތުން ބާރު އަޅާނެ ކަމަށެވެ.

ހެޔޮވެރިކަމުގެ ވައުދާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އަދާލަތު ޕާޓީގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީގެ މުގައްރިރު ޝިދާތާ ޝަރީފު ވަނީ ނުވަ ސިޔާސަތެއް އިއްވައި ދީފައެވެ. އޭގެ ތެރެއިން އެންމެ ފާހަގަ ކުރެވޭ ސިޔާސަތަކީ ބަލިވެ އިނީއްސުރެ، ކުއްޖާ އުފަންވެ، އުމުރުން ދެ އަހަރު ފުރެންދެން މައިމީހާއަށް އެލެވަންސެއް ދޭން ހުށަހަޅާފައިވެއެވެ.

"ބަލިވެއިނީއްސުރެ، ކުއްޖާގެ އުމުރުން ދެ އަހަރު ވަންދެން، މައިމީހާއަށް ދައުލަތުން އެލަވަންސެއް ދިނުމަށް އަޅުގަނޑުމެންގެ ވިސްނުމެއް އެބަ ހުށަހަޅަން. ހަމައެއާއެކު ތުއްތު ދަރިފުޅުގެ އަސާސީ ހިދުމަތްތަކާއި ކަންކަން ދަތިކުރުމަކާ ނުލައި، އާއިލާތަކަށް ފޯރުކޮށް ދެވޭނެ ގޮތްތަކަށް ދައުލަތުން އެހީތެރިކަން ފޯރުކޮށްދިނުން ވެސް އެބަ ހިމެނޭ،" ޝިދާތާ ވިދާޅުވިއެވެ.

ޓްރާންސް ޝިޕްމަންޓު ބަނދަރާއި އާޓިފިޝަލް އިންޓަލިޖެންސްގެ ސިޔާސަތުތަކާއެކު، އަދާލަތު ޕާޓީގެ އިގްތިސާދީ ވައުދަށް ދީފައި ވަނީ "ފުދުންތެރި ދިރިއުޅުން" މި ނަމެވެ. އެ ވައުދު ތަފްސީލުކޮށްދެއްވީ އަދާލަތު ޕާޓީގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމެޓީގެ މުގައްރިރު އަހުމަދު ނުއުމާނެވެ.

"އަޅުގަނޑުމެން ދެކޭ ގޮތުން ޒުވާން ޖީލަށް ބޭނުންވާ ކަންކަން އަޅުގަނޑުމެން ފަހިކުރަންޖެހޭ. އެގޮތުން އަޅުގަނޑުމެންނަށް ފާހަގަ ކުރެވިފައި އޮތް ކަމެއް، މަސްނޫޢީ ވިސްނުމަކީ ޒުވާން ޖީލުގެ ޝައުގުވެރިކަން ވަރަށް ބޮޑަށް އޮތް ކަމެއް. މަސްނޫޢީ ވިސްނުން، އިނގިރޭސީ ބަހުން ދަންނަވާނަމަ، އާޓްފިޝަލް އިންޓެލިޖެންސް. އެގޮތުން މިއީ އަޅުގަނޑުމެން އިސްކަންދޭނެ ދާއިރާއެއް. މީގެ ތެރޭގައި މަސްނޫޢީ ވިސްނުން ކުރިއެރުވުމަށްޓަކައި މެޝިން ލާނިން، ލީޕް ލާނިން، ކޮންޕިއުޓަރ އިންޖިނިއަރިން ފަދަ ދާއިރާތައް މިހާރަށް ވުރެ ބޮޑަށް ފުޅާކުރެވި، އެކަންކަމާ ގުޅޭ އިލްމީ ގާބިލުކަން ޒުވާނުންގެ މެދުގައި އިތުރުކުރެވޭނެ،" ނުއުމާން ވިދާޅުވިއެވެ.

މެނިފެސްޓޯ ތަފްސީލުކޮށް ދިނުމަށް ފަހު، ނަޒީރު ވިދާޅުވީ ގުޅިފައިވާ ހަތަރު ޕާޓީގެ ވިސްނުން، އެއްގޮތް ކުރުމަށްޓަކައި ހުށަހަޅާނީ "18/19 ކޮމެޓީ" އަށް ކަމަށެވެ. ގުޅިފައިވާ ޕާޓީތަކުން އެއްބަސްވެވޭ އެއް ކެންޑިޑޭޓަކު ނެރުމުގެ މަސައްކަތް ކުރި އެ ކޮމެޓީން، ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯ އެކުލަވާލާނެ ކަމަށާއި ކޮންމެ ޕާޓީއަކުން ހުށަހެޅި ސިޔާސަތުތަކާ އެކު ވައުދުތަކާ ގުޅޭ ގޮތުން ވަކިވަކިން މަޝްވަރާތައް ކުރާނެ ކަމަށް ނަޒީރު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
10 ޖެނުއަރީ 2017

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް