Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފަލަ ސުރުޚީ

ސެޕްޓްބަރު 23 ގައި އިންތިޚާބް ނުބާއްވައިފި ނަމަ ރާއްޖެ ދާނީ ވަރަށް ނުބައި މިސްރާބަކަށް: އާޒިމް

މި ސަރުކާރު ހިންގުމަށް ވަރަށް ބޮޑެތި ދަތި އުނދަގޫ ތަކެއް ކުރިމަތި ވެގެން ދާނެ

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ, ރާއްޖެ އެމްވީ | 24 ޖުލައި 2018 | އަންގާރަ 04:06
މެދުހެންވޭރު ދާއިރާގެ މަޖިލީސް މެންބަރު އާލީ އާޒިމް

މެދުހެންވޭރު ދާއިރާގެ މަޖިލީސް މެންބަރު އާލީ އާޒިމް

ރިޔާސީ އިންތިޚާބުގެ ވޯޓުލުން 23 ސެޕްޓެމްބަރުގައި ނުބާއްވައިފި ނަމަ މި ރާއްޖެ ދާނީ ވަރަށް ނުބައި މިސްރާބަކަށް ކަމަށް މެދުހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ " ފަލަ ސުރުޚީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ މި ތާރީހުގައި އިމްތިހާބު ނުބޭއްވިއްޖެ ނަމަ ބައިނަލް އަގްވާމީ ޖަމުއިއްޔާ ޖަމާއަތް ތަކުން މި ރާއްޖެ އާއި ދޭތެރޭގައި ދެކެމުން އަންނަ ގޮތް އިތުރަށް ގޯސްވެ ރައީސް ޔާމީނަށް މި ސަރުކާރު ހިންގުމަށް ވަރަށް ބޮޑެތި ދަތި އުނަދަގޫ ތަކެއް ކުރިމަތި ވެގެން ދާނެ ކަމަށެވެ.

Advertisement - newsAdvertisement

ޔޫރަޕިއަން ޔޫނިއަން އިން ފިޔަވަޅު އަޅައިފިނަމަ އެކަމުގެ ގެއްލުން އެންމެ ފުރަތަމަވެސް ވެގެން ދާނީ ސަރުކަރުގެ އިސްވެރިންނަށް ނޫން ކަމަށާއި އެކަމުގެ އަސަރު އެންމެ ބޮޑަށް ކުރާނީ ދިވެހި ރައްޔިތުންނަށް ކަމަށް އާޒިމް ވިދާޅުވިއެވެ.

"އީޔޫއިން މިވަނީ ރާއްޖެ އާއި ދެތެރޭގައި ވަރަށް ބޮޑެތި ހަރުކަށި ފިޔަވަޅު ތަކެއް އަޅަން ނިންމާފަ. މިއީ ބައެއް ބޭފުޅުންނަށް ވަރަށް އާދައިގެ ކަމެއް ކަމަށް ފަހަރުގައި ވިޔަސް އެންމެ ކުރިން ހާލުގައި ޖެހޭނީ ދިވެހި ރައްޔިތުން. ރައީސް ޔާމީނެއް ނޫން". އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުންވެސް އަދި ސަރުކަރުން މަސައްކަތް ކުރަމުންދާނީ ޝައްކުތައް އުފައްދައިގެން އިންތިޚާބު ދިގު ދެންމޭނެ ކޮންމެވެސް ގޮތެއް ވޭތޯ ކަމަށާއި ނަމަވެސް 23 ސެޕްޓެމްބަރުގައި އިންތިޚާބު އޮންނާނެ ކަމުގެ ޔަގީން ކަމާއެކު މަސައްކަތް ކުރަމުންދާ ކަމަށް އާޒިމް ވިދާޅުވިއެވެ.

"ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ހުދުމުތާރުކޮށް ކަންތައް ކުރިކަމުގައި ވިޔަސް އެބުނާ ތާރީހަށް މިދަނީ ތައްޔާރުވަމުން. އަދި 23 ސެޕްޓެމްބަރުގައި އިންތިޚާބު އޮންނާނެ ކަމުގެ ޔަގީންކަން އޮވެގެން މަސައްކަތް ކުރަމުން މިދަނީ" އާޒިމް ވިދާޅުވިއެވެ.

2013 އިން ފެށިގެން މިއަދާ ހަމައަށް އިންތިޚާބު ގެ ކަންކަން ހިނގަން ޖެހޭ ތަރީހުގައި ހިނގާފައިވާތަން ފެނިފައެއް ނުވެއެވެ.

މިހާރު މިހިނގަމުންދާ ރިޔާސީ ދައުރުވެސް ފެށިފައި ވަނީ ދައުރުފެށެން ޖެހޭތާ ހަފްތާއެއްހާ ދުވަސް ފަހުންނެވެ. އަދި 2017 ގައި ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބު ވެސް ވެރިކަން ކުރާ ޕާޓީއަށް އިންތިޚާބަށް ތައްޔާރު ނުވެވޭ ކަމަށްބުނެ ކޯޓު މެދުވެރިކޮށް އިންތިޚާބު ލަސްކުރިތަން ވަނީ ފެނިގެން ގޮސްފައެވެ.

އާޒިމް އިތުރަށް ވިދާޅުވީ މި ސަރުކާރުން ހުރިހާ ކަމެއް ކުރަމުން ދަނީ ރައްޔިތުންގެ އުއްމީދާއި ރައްޔިތުންނަށް ލިބޭ ފުރުސަތުތައް ނަގާލައިގެން ކަމަށެވެ.އަދި މި އީ ރައްޔިތުންނަށް ހެޔޮއެދޭ ރައްޔިތުންނަށް ކަންކަން ކޮށްދޭ ސަރުކާރެއް ނޫންކަމަށެވެ.އިދިކޮޅު ފަރާތްތަކުގެ އަމަޒަކީ މި ސަރުކާރު ބަދަލު ކުރުން ކަމަށް އާޒިމް ވިދާޅުވިއެވެ.

މި ސަރުކާރަށް އިތުރު އެއް ދައުރު ދެވޭކަށް ރައްޔިތުންނަށް ނެތް ކަމަށާއި މިއަދު ކައިގެން އުޅުނު ކަމުގައި ވިޔަސް އާދަޔާ ޚިލާފަށް ރައްޔިތުން ތިބީ ދަރަނި ވެރިވެފައި ކަމަށް އާޒިމް ވިދާޅުވިއެވެ.

ސެޕްޓޭމްބަރު 23 ގައި އިންތިޚާބު ނުބޭއްވުނު ކަމުގައި ވިޔަސް ދެން ޖެހިގެން އަންނަ މަހުގައި ނަމަވެސް އިންތިޚާބު ނުބާއްވާ މިސަރުކާރަށް ކުރިއަށް ނުދެވޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 ޖޫން
ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް
20242 އަހަރު ކުރިން
ރާއްޖެ

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު
20215 އަހަރު ކުރިން
ރާއްޖެ

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ
20197 އަހަރު ކުރިން
ރާއްޖެ

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު