Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ލައިފް ސްޓައިލް
ވިޔަފާރިވެރިން ސްޓްރެސް ފިލުވާ

ކާމިޔާބު ވިޔަފާރިވެރިން ސްޓްރެސްއިން ދުރުވުމަށް ކުރާ ކަންތައް އިނގޭތަ؟

އެންމެ ފުރަތަމަ ކަމަކީ ސްޓްރެސްވުމަށް މެދުވެރިވާ ސަބަބު ހޯދުން

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 24 ޖުލައި 2018 | އަންގާރަ 03:46
ވިޔަފާރިން މަސައްކަތްކުރަން ޖެހޭނީ ސްޓްރެސް ފްރީ މާހައުލެއްގައި

ވިޔަފާރިން މަސައްކަތްކުރަން ޖެހޭނީ ސްޓްރެސް ފްރީ މާހައުލެއްގައި

ސްޓެރެސްއަކީ އާންމު ގޮތެއްގައި ގިނަ ވަގުތުތަކެއް ބުރަ މަސައްކަތުގައި އަބަދު އެއްގޮތަކަށް ހޭދަކުރުމުގެ ސަބަބުން ދިމާވާ ކަމެކެވެ. ބައެއް ފަހަރު ގޮތްހުސްވެ، ކަންކަމުގައި މާޔޫސްވާ ހިސާބަށްގޮސް، އެއް ކަމަކަމާއި ދޭތެރޭ ޝާމިލްވެ ވިސްނާ ހެދުމުންވެސް ސްޓްރެސްވުމަށް މަގުފަހިވެއެވެ.

އެހެންކަމުން އަހަރުމެންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ކާމިޔާބު ކަމާއި އެކީގައި ދިގު މުއްދަތަކަށް ބެހެއްޓުމުގެ ގޮތުން ސްޓްރެސްއިން ދުރުހެލިވާނެ ގޮތްތަކެއް ހޯދުމަކީ މުހިއްމު ކަމެކެވެ.

އެންމެ ފުރަތަމަ ކަމަކީ ސްޓްރެސްވުމަށް މެދުވެރިވާ ސަބަބު ހޯދުމެވެ. މިސާލަކަށް ސްޓެރެސްވުމަށް ދިމާވަނީ ސުންގަޑިއަށް ނިންމަން ޖެހޭ މަސައްކަތް ނުނިމި ދިޔުން ނުވަތަ ފަހަށް ކަންކަން ނިންމުމަށް ބޭއްވުންތޯ؟ ނުވަތަ އެމީހެއްގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި އާދަކާދައިގެ ސަބަބުން ސްޓެރެސްއަށް މަގުފަހިވޭތޯ؟

ސްޓެރެސްވުމަށް ދިމާވާ ސަބަބު ދެނެގަނެވިއްޖެނަމަ، އެކަމުން ދުރުހެލިވުމަށް ކުރެވެން ހުރި ކަންކަން ކުރުމަކީ މުހިއްމު ކަމެކެވެ. އެގޮތުން ސްޓްރެސްއިން ދުރުވުމަށް ދޭތެރެ ދޭތެރެއިން އަރާމުކޮށްލާނެ އެކަށީގެންވާ ވަގުތު ކޮޅެއް ހޯދުމަކީ މުހިއްމު ކަމަކަމަށްވާއިރު މިކަމުން މީހާގެ ސިކުނޑި އަލުން ތާޒާވެ ވަރުބަލިކަން ނެތިދެއެވެ.

މިހާ ހިސާބުން ކާމިޔާބު ވިޔަފާރިވެރިން ސްޓްރެސް ފިލުވާ ގޮތްތައް އަލިއަޅުވާނަން:-

  1. ބޭކާރު ހިޔާލުތަކުން ދުރުހެލިވުން

މަސައްކަތުގެ މާހައުލުގައި އުޅޭއިރު އެންމެ މުހިއްމު ކަމަކީ، އެއް ކަމަކާއި ދޭތެރޭ ވިސްނުމުގެ ބަދަލުގައި އެކަމުން ދުރުވެ ކޮންމެވެސް އެހެން ކަމަކާއި ދޭތެރޭ ވިސްނާލުމެވެ. މިގޮތަށް ކަންތައް ކުރުމުން މީހާގެ ސިކުނޑިއާއި ވިސްނުމަށް ހަމަޖެހުން ލިއްބައިދެއެވެ. އެގޮތުން ކުރެވިދާނެ ބައެއް ކަންކަމުގެ ތެރޭގައި ފުންކޮށް ނޭވާ ލުމާއި މެޑިޓޭޓް ކުރުމަކީ ކޮންމެ ތަނެއްގައި ހުރެގެންވެސް ކުރެވިދާނެ ކަމެކެވެ. އެގޮތުން ފުންކޮށް ނޭވާ ލުމުން، ވިސްނާފިކުރު ކުރުމުން ދުރުވެ، މީހާ ހަމަޖެހިލާގޮތް ވާނެއެވެ. އަދި މިއީ އަމިއްލަ މީހާއަށް ކުރާ އިތުބާރު ބޮޑުވާ ކަމެއްވެސްމެއެވެ.

  1. ކޮންމެ ކަމެއްވެސް ނޯޓްކޮށްލާ

މަސައްކަތުގެ މާހައުލުގައި ދިމާވާ ކަންކަން ނޯޓް ކުރުމުގެ ސަބަބުން ކުރާ ފައިދާ ވަރަށްވެސް ބޮޑެއެވެ. އެކަން އެއީ ކުޑަ ކަމެއްގެ ގޮތުގައި ނުދެކި، ކަންބޮޑުވާ ހުރިހާ ކަންތައްތައް ވަކިން ނޯޓްކޮށްލުމުން މައްސަލަ ސާފުވެ، އެކަން ހައްލުކުރުމަށް ފަސޭހަވެގެންދެއެވެ. މިކަން ކުރުމަށްޓަކައި ނިދުމުގެ ކުރިން ކުޑަ ވަގުތުކޮޅެއް ހުސްކޮށްލުމަށްފަހު އެދުވަހު ހިނގާދިޔަ މުހިއްމު ކަންތައްތައް ނޯޓްކޮށްލާށެވެ. މިއީ ސްޓްރެސްނުވެ ވަކިވަކި ކަންކަމަށް ހާއްސަ ސަމާލުކަމެއްދީގެން ކަންކަން ރާވާ ހިންގުމަށް ވަރަށް އެހީތެރިވެދާނެ ކަމެކެވެ.

  1. ކަސްރަތުކުރުން

ހައި އިންޓެންސިޓީ ކާޑިއޯއެއް ނެގުމުގެ މުހިއްމުކަން ކާމިޔާބު ކޮންމެ ވިޔަފާރިވެރިއަކަށްވެސް އިނގޭނެއެވެ. ދިރާސާތަކުން ދައްކާގޮތުގައި ކަސްރަތުކުރުމަކީ އެންޑޯފިން ބޭރުކޮށްދޭ ކަމަށްވާއިރު، ރުޅި އައުމާއި، އެންޒައިޓީ، އަދި ހިތްހަމަނުޖެހުން ފަދަ ކަންކަމުން ދުރުކޮށްދެއެވެ. އިތުރު ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ކޮންމެ ދުވަހަކު ކަސްރަތުކުރާ މީހުންނަކީ މަސައްކަތުގެ މާހައުލުގައި ވަރަށް ހަމަޖެހިގެން މަސައްކަތް ކުރިއަށްގެންދާ ބައެކެވެ.

  1. އައު ފެށުމަކާއި، އައު އުއްމީދުތަކުން ދުވަސް ފެށުން

ނިދާ ހޭލާއިރު ސްޓްރެސްވެފައި ހުރުމަކީ ނިދުމުގެ ކުރިންވެސް ކަމަކާއި ހާސްވެ ފިކުރުބޮޑުވެފައި ހުރުމުގެ ސަބަބުން ދިމާވާ ކަމެކެވެ. މިގޮތަށް ހޭލާއިރު ސްޓްރެސްވެފައި ހުންނަނަމަ ކުޑަ އިރުކޮޅެއްވަންދެން ވިސްނާލުމަށްފަހު، ހަޔާތުގައި ދިމާވެފައި ހުރި ރަނގަޅު ކަންތައްތަކާއި މެދު ވިސްނާލާށެވެ. މިގޮތަށް ވިސްނާލުމުން އުފާވެރިކަން އިހްސާސްވެ، އެހެން ހުރިހާ ހިޔާލުތަކުން ދުރުވެދެއެވެ. އެ ދުވަހުގައި ކުރުމަށް ރާވާނެ މުހިއްމު ކަންތައްތައް ނޯޓްކޮށްލުމަށް ކުޑަ ވަގުތުކޮޅެއް ހުސްކުރާށެވެ. މިކަމުގެ ސަބަބުން އެދުވަހުގައި ކުރަން ހުންނަ ކަންކަން ދަނެގަންނަން ފަސޭހަވެ ދުވަހުގެ މަސައްކަތް އެއްވެސް އިތުރު ފިކުރެއްނެތި ރަނގަޅު ގޮތުގައި ކުރިއަށްގެންދެވޭނެއެވެ.

  1. އެއް ވިސްނުން ހުރި ވިޔަފާރިވެރިންނާއި ގުޅުން ބަދަހި ކުރުން

މަސައްކަތުގެ މާހައުލުގައި ދިމާވާ ބައެއް މައްސަލަތާއި ގުޅިގެން އެފަދަ ކަމެއް ތަޖްރިބާކޮށްފައިވާ އެހެން ފަރާތެއްގެ ހިޔާލު ހޯދަން ބޭނުންވެއެވެ. މިގޮތަށް ހިޔާލު ބަދަލު ކުރުމުން މިއީ ހަމައެކަނި އަމިއްލައަށް ތަޖްރިބާކުރި ކަމެއް ނޫން ކަން އިހްސާސްވެ ސްޓްރެސްވުމަށް އޮންނަ ފުރުޞަތު ކުޑަވެދެއެވެ. އެގޮތުން އެމީހުންގެ ހިޔާލާއި އެކު އެކަން ހައްލުކުރުމަށްވެސް ފަސޭހަވެގެންދެއެވެ. މިގޮތަށް ހިޔާލު ބަދަލުކުރާއިރު އެއް ދާއިރާއެއްގައި އިސްކޮށް ހަރަކާތްތެރިވާ ވިޔަފާރިވެރިންނަށް ވުމަކީ މުހިއްމު ކަމެކެވެ.

  1. ހޮބީއެއްގެ ގޮތުގައި ކުރެވޭނެ ކަމަކާއި ޝާމިލްވުން

ސިކުނޑިއަށް އަރާމް ލިއްބައިދިނުމަށް އެންމެ ފަސޭހަ ގޮތަކީ އެމީހަކު ކުރަން އެންމެ ބޭނުންވާ ކަމެއް ނުވަތަ ހޮބީއަކާއިގެން ޝާމިލްވުމެވެ. އެއީ ތިމާ އެންމެ ކުރާ ހިތްވާކަމަކަށް ވާއިރު މިކަމުގެ ސަބަބުން މަސައްކަތުން ދުރުވެ އެހެން މީހުންނާއި އޮންނަ ގުޅުން ބަދަހިވެގެންދެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

30 އަހަރުވުމަށް ފަހު ކާމިޔާބު މީހެއްގެ ގޮތުގައި ހުންނާނީ ކިހިނެއް؟

30 އަހަރުވުމަށް ފަހު ކާމިޔާބު މީހެއްގެ ގޮތުގައި ހުންނާނީ ކިހިނެއް؟

30 ޖުލައި 2018
މިއަހަރު ނިކުތް އެންމެ ކާމިޔާބު ފިލްމަކަށް ރޭސް 3

މިއަހަރު ނިކުތް އެންމެ ކާމިޔާބު ފިލްމަކަށް ރޭސް 3

17 ޖޫން 2018

އަހަރުތަކުން މިއަދު

28 ފެބުރުއަރީ
ރަމަޟާން މަސް: ނަފުސު އިސްލާޙުކޮށްލުމަށް ލިބޭ ރަނުގެ ފުރުޞަތެއް
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަސް: ނަފުސު އިސްލާޙުކޮށްލުމަށް ލިބޭ ރަނުގެ ފުރުޞަތެއް

އިޒްރޭލު ހިންގާ ޤަތުލުޢާންމުގެ ނޭދެވޭ އަސަރު، އަހަރަކާ ގާތްވަމުންދާ ހަނގުރާމައެއް ބަރުދާސްކުރާ ސޫދާންގެ ރައްޔިތުންނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އިޒްރޭލު ހިންގާ ޤަތުލުޢާންމުގެ ނޭދެވޭ އަސަރު، އަހަރަކާ ގާތްވަމުންދާ ހަނގުރާމައެއް ބަރުދާސްކުރާ ސޫދާންގެ ރައްޔިތުންނަށް!

ވޭޕްގެ ނަމުގައި މަސްތުވަނީ، ބެލެނިވެރިންނަށްވެސް ހިލަމެއް ނެތް!
20233 އަހަރު ކުރިން
ރިޕޯޓު

ވޭޕްގެ ނަމުގައި މަސްތުވަނީ، ބެލެނިވެރިންނަށްވެސް ހިލަމެއް ނެތް!

ރަޝިޔާއިން ކުރަމުންދާ ހަނގުރާމައާ ދެކޮޅު ހެދުމަށް މަދަނީ ބަސް ނޭހުމަކަށް ދިޔުމަށް ނަވަލްނީ ގޮވާލައްވައިފި
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާއިން ކުރަމުންދާ ހަނގުރާމައާ ދެކޮޅު ހެދުމަށް މަދަނީ ބަސް ނޭހުމަކަށް ދިޔުމަށް ނަވަލްނީ ގޮވާލައްވައިފި

މޫސުން ރަނގަޅު، އަވިގަދަ ދުވަހެއްގައި ފޯކައިދޫއަށް ނަގޫރޯޅިއެއް
20215 އަހަރު ކުރިން
ރާއްޖެ

މޫސުން ރަނގަޅު، އަވިގަދަ ދުވަހެއްގައި ފޯކައިދޫއަށް ނަގޫރޯޅިއެއް

ޒުވާނެއްގެ މަރުން އެލާޖިކުވާ މީހުންނަށް އެތައް ފިލާވަޅެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޒުވާނެއްގެ މަރުން އެލާޖިކުވާ މީހުންނަށް އެތައް ފިލާވަޅެއް!

އުތުރު ކޮރެއާއާއެެކު މަނާ މުއާމަލާތް ހިންގި ބޯޓުގައި ގދ. މަޑަވެލީ މަސް ދޯންޏެއްގެ އެމްއެމްއެސްއައި ނަމްބަރު!
20188 އަހަރު ކުރިން
ރިޕޯޓު

އުތުރު ކޮރެއާއާއެެކު މަނާ މުއާމަލާތް ހިންގި ބޯޓުގައި ގދ. މަޑަވެލީ މަސް ދޯންޏެއްގެ އެމްއެމްއެސްއައި ނަމްބަރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު