Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވަޒީފާއާބެހޭ ޓްރައިބިއުނަލް

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެމްބަރުކަމުން މުނާ ވަކިކޮށްފި

23 ޖުލައި 2018 | ހޯމަ 04:14

މުނާ ވަކިކުރުމާ މެދު ސަރުކާރުން އަދި ބަހެއް ނުބުނޭ

ހުސެން ފިޔާޒް
ހުސެން ފިޔާޒް | 23 ޖުލައި 2018 | ހޯމަ 04:14
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރު ކަމަށް މުނާ އައްޔަން ކުރެއްވުމަށް ފަހު، އެކަމުގެ ލިޔުން ހަވާލުކުރައްވަނީ

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރު ކަމަށް މުނާ އައްޔަން ކުރެއްވުމަށް ފަހު، އެކަމުގެ ލިޔުން ހަވާލުކުރައްވަނީ

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރަކަމުން މަރިޔަމް މުނާ އާދީއްތަ ދުވަހު ވަކިކޮށްފި އެެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މެމްބަރުން އައްޔަންކުރުމާއި ވަކިކުރުމުގެ ބާރު އޮންނަނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ.

Advertisement - newsAdvertisement

މުނާ މަގާމުން ވަކިކުރި ކަން ރައީސް އޮފީހުން އަދި ހާމަނުކުރި ނަމަވެސް، ނަން ނުޖެހުމަށް ޝަރުތުކޮށް ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވި ގާނޫނީ ދާއިރާގެ ބޭފުޅަކު ވިދާޅުވި ގޮތުގައި ކުރިން ޑިފެންސް މިނިސްޓްރީގައި ގިނަ އަހަރުތަކެއްގައި ވަޒީފާ އަދާކުރެއްވި މުނާ ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ވަކިކުރީ "ސަރުކާރުން އޭނާއާމެދު ހިތްހަމަ ނުޖެހިގެން" ކަމަށެވެ.

ސަރުކާރުން ހިތްހަމަ ނުޖެހުނު މައިގަނޑު ސަބަބަކީ މުނާއާ ވެސް ގާތްގުޅުމެއް އޮންނަ ގާނޫނީ ވަކީލު ވިދާޅުވި ގޮތުގައި ސަރުކާރުން ބޭނުންވާ ގޮތަށް ބައެއް މައްސަލަތައް ނުނިންމުމެވެ.

"ބައެއް މައްސަލަތަކާ ގުޅޭ ގޮތުން ވަކި ގޮތަކަށް ކަންކަން ނިންމުމަށް އަބަދު ވެސް ރައީސް އޮފީހުން ކޯލުތައް އާދޭ. ނަމަވެސް މުނާގެ ނިންމުންތައް ހުންނަނީ މުނާ ދެކެވަޑައިގަންނަވާ އެންމެ ރަނގަޅު ގޮތަކަށް،" ގާނޫނީ ވަކީލު ވިދާޅުވި އެވެ.

މިކަމާ ގުޅޭ ގޮތުން މުނާގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

މަރިޔަމް މުނާ: ގިނަ އަހަރުތަކެއް ވަންދެން ޑިފެންސް މިނިސްޓްރީގައި ވަޒީފާ އަދާކުރެއްވެވި

ޓްރައިބިއުނަލްގެ މެންބަރަކަށް އޯގަސްޓް 25، 2014 ވަނަ އަހަރު މުނާ އައްޔަނުކުރެއްވުމުގެ ކުރީން ސަރުކާރުގައި ދިގު މުއްދަތަކަށް އޭނާ މަސައްކަތް ކުރައްވާފައިވެ އެވެ. މިގޮތުން 1997 ވަނަ އަހަރުން ފެށިގެން 2012 ޖުލައި ގެނިޔަލަށް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގައި ގިނަ މަގާމުތަކެއް ފުރުއްވި އެވެ. އެގޮތުން އެ މިނިސްޓްރީގެ އެކްޓިންގ ޕަރމަނަންޓް ސެކްރެޓަރީ ކަމުގެ އިތުރުން އެސިސްޓެންޓް ޑިރެކްޓަރގެ މަޤާމާއި، ހަމަ އެމިނިސްޓްރީގެ ސީނިއަރ ސެކްރެޓްރީ އަދި ސެކްރެޓްރީގެ މަޤާމު ވެސް އޭނާ އަދާކުރެއްވެވި އެވެ.

ޕޮލިސް އިންޓްގްރިޓީ ކޮމިޝަންގެ ޑިރެކްޓަރ އޮޕަރޭޝަންސްގެ މަގާމު ވެސް އަދާކުރެއްވެވި މުނާ ވަނީ އޮސްޓްރޭލިއާގެ އެޑިތް ކޮވާން ޔުނިވަރސިޓީގައި މާސްޓަރސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލް ކުރައްވާފަ އެވެ. އޭނާ އަކީ ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓްޓިއުޓްގެ ޓްރެއިނަރެއްގެ ގޮތުން ސިވިލް ސަރވިސްގެ މުވައްޒަފުން ތަމްރީނުކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރައްފައިވާ ބޭފުޅެކެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

09 މާރިޗު 2017

މެމްބަރު އަރީފް އެމްޑީއޭގެ މެމްބަރުކަމުން ވަކިކޮށްފި

09 މާރިޗު 2017
މެމްބަރު އަރީފް އެމްޑީއޭގެ މެމްބަރުކަމުން ވަކިކޮށްފި
09 މާރިޗު 2017

މެންބަރު ވައްޑެގެ ދަރިކަނބަލުން ރައީސް އޮފީހުގެ ވަޒީފާ އިން ވަކިކޮށްފި

09 މާރިޗު 2017
މެންބަރު ވައްޑެގެ ދަރިކަނބަލުން ރައީސް އޮފީހުގެ ވަޒީފާ އިން ވަކިކޮށްފި
26 ފެބުރުއަރީ 2017

ބަރަހަނާ ފޮޓޯތަކެއް ލީކުވެ އަންހެން ފުލުހަކު ވަޒީފާއިން ވަކިކޮށްފި

26 ފެބުރުއަރީ 2017
ބަރަހަނާ ފޮޓޯތަކެއް ލީކުވެ އަންހެން ފުލުހަކު ވަޒީފާއިން ވަކިކޮށްފި
26 ފެބުރުއަރީ 2017

އިސްކަންދަރު ކޮއްޓަށް އިންޒާރުގެ ލިޔުން ތަކެއް އެޅި ދެ ފުލުހަކު ވަޒީފާއިން ވަކިކޮށްފި

26 ފެބުރުއަރީ 2017
އިސްކަންދަރު ކޮއްޓަށް އިންޒާރުގެ ލިޔުން ތަކެއް އެޅި ދެ ފުލުހަކު ވަޒީފާއިން ވަކިކޮށްފި
25 ފެބުރުއަރީ 2017

ބަރަހަނާ ވީޑިއޯ އާންމުވި ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި

25 ފެބުރުއަރީ 2017
ބަރަހަނާ ވީޑިއޯ އާންމުވި ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި
20 ފެބުރުއަރީ 2017

ރައީސް ޔާމީނާއި މެޑަމް ފާތުންއާ ގުޅޭގޮތުން ފޭސްބުކްގައި ޕޯސްޓް ކުރާތީ ޑްރައިވަރަކު ވަޒީފާއިން ވަކިކޮށްފި

20 ފެބުރުއަރީ 2017
ރައީސް ޔާމީނާއި މެޑަމް ފާތުންއާ ގުޅޭގޮތުން ފޭސްބުކްގައި ޕޯސްޓް ކުރާތީ ޑްރައިވަރަކު ވަޒީފާއިން ވަކިކޮށްފި
08 ފެބުރުއަރީ 2017

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ރީކޯ މޫސާމަނިކު ވަކިކޮށްފި

08 ފެބުރުއަރީ 2017
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ރީކޯ މޫސާމަނިކު ވަކިކޮށްފި
07 ފެބުރުއަރީ 2017

މޫނުބުރުގާ އަޅާތީ ކުޑަފަރީ ޤުރުއާން ޓީޗަރުވެސް ވަޒީފާއިން ވަކިކޮށްފި

07 ފެބުރުއަރީ 2017
މޫނުބުރުގާ އަޅާތީ ކުޑަފަރީ ޤުރުއާން ޓީޗަރުވެސް ވަޒީފާއިން ވަކިކޮށްފި
04 ފެބުރުއަރީ 2017

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

04 ފެބުރުއަރީ 2017
ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި
30 ޖެނުއަރީ 2017

މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި

30 ޖެނުއަރީ 2017
 މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް