Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުކުރު ހުތުބާ

ސިއްހަތާއި ތަނަވަސްކަން ދެއްވި ކޮންމެ މީހަކު ހައްޖުގެ އަޅުކަން އަދާ ކުރުމަށް އަވަސްވެ ގަންނަންޖެހޭ: ޚުތުބާ

20 ޖުލައި 2018 | ހުކުރު 12:43

ހައްޖަކީ އެކަމުގައި ތަފާތު މަނާސިކުތަކާއި ކިޔަމަންގަތުންތަކެއް ހިމެނޭ މާލީ އަދި ޖިސްމާނީ އަޅުކަމެއް

އަމްނާ އިމާދު
އަމްނާ އިމާދު | 20 ޖުލައި 2018 | ހުކުރު 12:43
މިއަދުގެ ހުކުރު ޚުތުބާ އިއްވާފައިވަނީ ހައްޖުގެ އަޅުކަން މިމައުޟޫއަށް

މިއަދުގެ ހުކުރު ޚުތުބާ އިއްވާފައިވަނީ ހައްޖުގެ އަޅުކަން މިމައުޟޫއަށް

ސިއްހަތާއި ދުޅަހެޔޮކަމާއި ތަނަވަސްކަން ދެއްވި ކޮންމެ މީހަކު ހައްޖުގެ އަޅުކަން އަދާ ކުރުމަށް އަވަސްވެ ގަތުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައްވައިފިއެވެ.

ހައްޖުގެ އަޅުކަން މިމައުޟޫއަށް މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނީ ހައްޖަކީ އެކަމުގައި ތަފާތު މަނާސިކުތަކާއި ކިޔަމަންގަތުންތަކެއް ހިމެނޭ މާލީ އަދި ޖިސްމާނީ އަޅުކަމެއް ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ތަވާފުކުރުމާއި ސަފާމަރްވާއާ ދެމެދު ހިނގުމާއި ނަމާދުކުރުމާއި ދުއާ ކުރުމާއި ހަދްޔު ކަތިލުމާއި ބޯ ބޭލުމާއި ނުވަތަ ބޯކޮށުމާއި މިނާގައި ރޭކުރުމާއި، ޒިކްރުކުރުމާއި ތަކްބީރު ކިޔުމާއި އަރަފާތުގައި ހުރުމާއި މުޒްދަލިފާގައި ރޭކުރުން ފަދަ ތަފާތު އަޅުކަންތަކެއް ހިމެނޭ ބުރަ އަޅުކަމެއް ކަމަށެވެ. އަދި ހައްޖުގެ ދުވަސްތަކުގެ މިއަޅުކަންތައް ހިމެނޭތީ އެކަލާނގެ ހައްޖުގެ ދުވަސްތައް އެންމެ މަތިވެރި ދުވަސްތައް ކަމުގައި ލެއްވި ކަމަށް ޚުތުބާގައި ބުންޏެވެ.

ރަސޫލާ ހަދީސް ކުރައްވާފައިވާއި ބަސްފުޅެއްގެ މާނައިވަނީ " ﷲގެ ހަޟްރަތުގައި އަރަފާތު ދުވަހަށްވުރެ މާތްކަން ބޮޑު ދުވަހެއް ނުވެއެވެ. އެ ދުވަހު ﷲ ތައާލާ ދުނިޔޭގެ އުޑަށް ތަޖައްލީވެވޮޑިގެން، އުޑުގެ އަހްލުވެރިންގެ ގާތުގައި ބިމުގެ އަހްލުވެރިންނާމެދު ފަޚްރުވެރިވެ ވޮޑިގަންނަވާނެއެވެ. އެހިނދު ވަޙީ ކުރައްވާނެތެވެ. ތިޔަބައިމީހުން ތިމަންރަސްކަލާނގެ ޙަސްރަތަށް އައިސް އެތިބީ ބޯހޭވި ހިރަފުހުން ތަތްތެޅި ކާރޫބާރޫބޮޑުކަމުގެ ތެރޭގައެވެ. އެބައިމީހުން އައިސްމިވަނީ ދުރު ހިސާބު ހިސާބުންނެވެ. އެބައިމީހުން ތިމަންރަސްކަލާނގެ ޢިޤާބު ނުދެކި ތިމަންރަސްލާނގެ ރަހްމަތަށް އެދެއެވެ. ފާފަކުރާ އަޅުތަކުން، އަރަފާތު ދުވަހަށްވުރެ ގިނައިން ނަރަކައިން މުއްތިކުރެއްވޭނޭ އެހެން ދުވަހެއް ނުވެއެވެ."

މާތްﷲ އެމީހަކަށް ސިއްހަތާއި ދުޅަހެޔޮކަމާއި ތަނަވަސްކަން ދެއްވި ކޮންމެ މީހަކު ހައްޖުގެ ފަރީޟާ އަދާ ކުރުމަށް އަވަސްވެ ގަންނަންޖެހޭކަން ފާހަގަކުރައްވާ ޚުތުބާގައި ބުނީ ލިބުނު ފުރުސަތު ބީވެގެން ދިޔަދީގެން ނުވާނެ ކަމަށެވެ. އެގޮތުން މަބްރޫރު ހައްޖެއް ހޯދުމަށް ހައްޖުގެ ރުކުންތަކާއި ވާޖިބުތަކާއި ސުންނަތްތައް ދަސްކުރުމަށް ވަނީ ގޮވާލާފައެވެ.

ހުކުރު ޚުތުބާގައި ބުނީ ހައްޖަކީ އެހެނިހެން އަޅުކަންތަކާ ހިލާފަށް ވަރަށް ބުރަ އަޅުކަމެއް ކަމަށާއި، އެކަމުގައި ތިމާގެ ޖާނާއި މުދާ ހޭދަކުރަންޖެހޭ ކަމަށްށެވެ. އެކަމުގައި ދަތުރުފަތުރު ހިމެނޭ ކަމަށާއި، މީސް ބޯކަމާއި ކާރޫބާރު ބޮޑުކަން ހިމެނެއެވެ. ކެތްތެރިކަމަށާއި، ޚުޝޫޢަތްތެރިކަމަށާއި، މަޑުމައިތިރިކަމަށް ބޭނުންވާ ކަމަށް ޚުތުބާގައި ބުންޏެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

17 ޖެނުއަރީ 2017
ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017
ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް