Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
މޭގަން މާކްލް

ބައްޕަ މަރުވެއްޖެ ނަމަ އޭގެ ޒިންމާ ނަގަންޖެހޭނީ މޭގަން: އެއްބަފާ ދައްތަ

މީގެ ކުރިންވެސް ވަނީ މޭގަންއާއި ބެހޭގޮތުން އެކި ގޮތްގޮތަށް ވާހަކަ ދައްކާފަ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 19 ޖުލައި 2018 | ބުރާސްފަތި 15:23
ކވ. ސަމަންތާ، ތޯމަސް، މޭގަން.

ކވ. ސަމަންތާ، ތޯމަސް، މޭގަން.

ބައްޕަ މަރުވެއްޖެނަމަ އޭގެ ޒިންމާ ނަގަންޖެހޭނީ އޭނާގެ އެއްބަފާ އަންހެން ކޮއްކޮ އަދި ޕްރިންސް ހެރީގެ އަނބިކަނބަލުން މޭގަން މާކްލް ކަމަށް ސަމަންތާ މާކްލް ބުނެފިއެވެ.

ސަމަންތާ ބުނީ އޭނާގެ ބައްޕަ ތޯމަސް، މޭގަން ދެކެ އެހާ ލޯބިވުން އެއީ ލަދު ގަންނަންޖެހޭ ކަމެއް ނޫންކަމަށެވެ. ލަދު ގަންނަން ޖެހޭނީ ޝާހީ އާއިލާއިން ކަމަށް އޭނާ ބުންޏެވެ. އެހެން ނަމަވެސް ޝާހީ އާއިލާއިން ލަދުގަންނަން ޖެހެނީ ކީއްވެކަމެއް އޭނާ ހާމައެއް ނުކުރެއެވެ.

މޭގަން އާއި މާބޮޑު ގުޅުމެއް ނޯންނަ އެއްބަފާ ބޭބެ ތޯމަސް ޖޫނިއަރ އަދި އެއްބަފާ ދައްތަ ސަމަންތާ މީގެ ކުރިންވެސް ވަނީ މޭގަންއާއި ބެހޭގޮތުން އެކި ގޮތްގޮތަށް ވާހަކަ ދައްކާފައެވެ. މިވާހަކަތައް އެންމެ ގަދައަށް ދެކެވުނީ ހެރީއާއި މޭގަން ކައިވެނި ބައްލަވައިގަންނަން އުޅުނު ދުވަސްވަރުގައެވެ. ތޯމަސް ޖޫނިއަރ ވަނީ ޝާހީ ކައިވެނި ހުއްޓާލަން އެދޭ ކަމަށާއި މޭގަންއާ ކައިވެނި ނުކުރުމަށް ހެރީގެ ކިބައިން އެދޭކަމަށް ބުނެ ހެރީއަށް ސިޓީވެސް ފޮނުވާފައެވެ. އޭނާ ވަނީ ފަހުން މޭގަން އާއި ހެރީގެ ކައިވެނީގެ ހަފްލާއަށް ދައުވަތު ދިނުމަށް އާދޭސް ކުރާކަމަށް ބުނެފައެވެ. އެހެން ނަމަވެސް ސަމަންތާއާއި ތޯމަސް ޖޫނިއަރއަށް ޝާހީ ކައިވެންޏަށް ދައުވަތު ދީފައެއް ނުވެއެވެ.

މޭގަންގެ ބައްޕަ ތޯމަސް މާކަލްއަށް ކައިވެނީގެ ހަފްލާގައި ބައިވެރި ނުވެވުނީ ހާޓްއެޓޭކެއް ޖެހި ހިތުގެ އޮޕަރޭޝަނެއް ކުރުމާއި ގުޅިގެންނެވެ. އެކައިވެނީގެ ހަފްލާގައި މޭގަންގެ މަންމަ ބައިވެރިވިއެވެ. ޓީއެމްޒީއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި މޭގަންގެ ބައްޕަ މިހާރު އުޅެނީ ބަލިވެ ކަމެއް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ. އެހެންކަމުން ސަމަންތާ، މޭގަންއާ ބެހޭގޮތުން ދައްކާ ވާހަކަތަކަކީ ޒާތީވެގެން ދައްކާ ވާހަކަ ތަކެއްކަމަށް އެކި ފަރާތްތަކުން ވަނީ ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"ބޭގަމް ޖާން" މޮޅު ނަމަވެސް ވިޔަފާރި ދަށް

"ބޭގަމް ޖާން" މޮޅު ނަމަވެސް ވިޔަފާރި ދަށް

19 އެޕްރީލު 2017
އިންޑިއާގެ ރައީސްގެ އަތްޕުޅުން ސޯނަމް އަށް އެވޯޑް ލިބޭތީ ބައްޕަ އަނިލް އުފަލުން

އިންޑިއާގެ ރައީސްގެ އަތްޕުޅުން ސޯނަމް އަށް އެވޯޑް ލިބޭތީ ބައްޕަ އަނިލް އުފަލުން

17 އެޕްރީލު 2017
ދުނިޔޭގެ އެންމެ ދުވަސްވީ މީހާ 117 ވަނަ އަހަރުގައި މަރުވެއްޖެ!

ދުނިޔޭގެ އެންމެ ދުވަސްވީ މީހާ 117 ވަނަ އަހަރުގައި މަރުވެއްޖެ!

16 އެޕްރީލު 2017
ބައްޕަގެ ހާލު މިހާރު ރަނގަޅު:އަކްޝޭ ކަންނާ

ބައްޕަގެ ހާލު މިހާރު ރަނގަޅު:އަކްޝޭ ކަންނާ

10 އެޕްރީލު 2017
އައިޝްވަރިޔާގެ ބައްޕަ މަރުވެއްޖެ

އައިޝްވަރިޔާގެ ބައްޕަ މަރުވެއްޖެ

19 މާރިޗު 2017

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު