Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބު 2018

އަޅުގަނޑުގެ ފިކުރު ނެތިކޮށްލަން ނިކުތީ އަޅުގަނޑުމެންގެ ތެރެއިން، މި ފަސް އަހަރަކީ ހިތް ދަތި، ނާމާން ދުވަސްތަކެއް: ރައީސް

18 ޖުލައި 2018 | ބުދަ 14:50

ޕީޕީއެމުން ކުރި ދަތުރަކީ ހިތްދަތި ދަތުރެއް

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 18 ޖުލައި 2018 | ބުދަ 14:50
ބާރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވާހަކަދައްކަވަނީ

ބާރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވާހަކަދައްކަވަނީ

އެމަނިކުފާނުގެ ފިކުރު ނެތިކޮށްލުމަށް ނިކުތީ، ޕީޕީއެމްގެ ތެރެއިން ކަމަށާއި، ވެރިކަމުގެ ފަސް އަހަރަކީ ހިތް ދަތި، ނާމާން ދުވަސްތަކެއް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން އެފަދައިން ވިދާޅުވީ ހއ. ބާރަށު ރައްޔިތުންނާއި މުހާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ބާރަށު ޖެޓީ ހުޅުއްވައިދެއްވުމަށް ބޭއްވި އެ ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމުން ކުރި ދަތުރަކީ ހިތްދަތި ދަތުރެއް ކަމަށެވެ. އެގޮތުން ވެރިކަމުގެ ފަސް އަހަރަކީ ފަސޭހަ ދުވަސްތަކެއް ނޫން ކަމަށާއި، އަމާން ދުވަސްތަކެއް ވެސް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވިގޮތުގައި އެ ހިތްދަތިކަމާއި، ނާމާންކަމާއި ކުރިމަތިލައްވަންޖެހިވަޑައިގެންނެވީ އެމަނިކުފާނުގެ ޕާޓީގެ ތެރެއިން ބަޔަކު ނިކުމެ، އެމަނިކުފާނުގެ ފިިކުރާއި ދެކޮޅަށް މަސައްކަތް ފެށުމާއި ގުޅިގެންނެވެ. އަދި ވިދާޅުވީ އެމަނިކުފާނުގެ ފިކުރު ނެތިކޮށްލަން ނިކުތީ އެމްޑީޕީން ނޫން ކަމަށާއި، އެކަން ކުރުމަށް ނިކުތީ އެމަނިކުފާނާއެކުގައިި ތިއްބެވި އެމަނިކުފާނުގެ ބޭފުޅުން ކަމަށެވެ. އޭގެތެރޭގައި އެމަނިކުފާނުގެ މިނިސްޓަރުންނާއި، ސްޓޭޓް މިނިސްޓަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހިމެނޭ ކަމަށް ރައީސް ޔާމީން ވިދާޅުވި އެެވެ.

"ނިމުނު ދުވަސްތަކަކީ ހިތް ދަތި ދުވަސްތަކެއް، އަޅުގަނޑުގެ ސަރުކާރަށް އެތައް ގޮންޖެހުންތަކެއް ކުރިމަތިވި. އަޅުގަނޑު ދޫކޮށްދިޔައީ އަޅުގަނޑުގެ ސިޔާސަތު ގޯސްވެގެނެއް ނޫން. އެއްވެސް މީހަކަށް ވިދާޅެއް ނުވެވޭނެ އަޅުގަނޑުކުރި ކަންތައްތަކަކީ ރައްޔިތުން ނޭދޭ ކަންތައްތަކެއް ކަމަކަށް."

ރައީސުލްޖުމްހޫރިއްޔާ، ހއ. ބާރަށު ރައްޔިތުންނާ ބައްދަލު ކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް

އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ސިޔާސީ މައްސަލަތައް ހައްލުކުރުމަށް އެމަނިކުފާނު ބޭނުންވާ ކަމަށެވެ. ނަމަވެސް ކުށްވެރިން ދޫނުކުރެވޭނެ ކަމަށާއި، އެ ކުށްވެރިން ދޫކުރެވެން ނެތީ އެއީ ރައްޔިތުންގެ މަސްލަހަތު އެކަމުގައި ހިމެނޭތީ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މަޝްވަރާއަށް ގޮވާލުމުން ސިޔާސީ ހައްޔަރީން މިނިވަންކޮށް، ލީޑަރުން މިނިވަން ކުރުމަށް ޕާޓީތަކުން ޝަރުތު ކޮށްފައިވާކަމަށާއި، އެ ޝަރުތު ފުރިހަމަ ކޮށްދީފިނަމަ އިތުރަށް ދައްކާނެ ވާހަކައެއް ނޯންނާނެ ކަމަށެވެ. އެހެންކަމުން އެ ހިސާބުން މަޝްވަރާކުރުމުގެ ބޭނުމެއް ނޯންނާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ވިދާޅުވީ އެމަނިކުފާނު އެއްވެސް ޝަރުތުތަކެއް ނެތި މަޝްވަރާއަށްދާއިރު، އެ ބޭފުޅުން ވެސް އަންނަންޖެހޭނީ އެއްވެސް ޝަރުތެއް ނެތި ކަމަށެވެ. އެހެން ނޫނީ އިންސާފަށް ނުވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑަށް އެ ބޭފުޅުން ހުށައެޅިި ޝަރުތުތަކާއއި އެއްގޮތަށް ކަންތައްތައް ކޮށްދެވޭކަން ނެތް"

ރައީސުލްޖުމްހޫރިއްޔާ، ހއ. ބާރަށު ރައްޔިތުންނާ ބައްދަލު ކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް

ސިޔާސީ ހައްޔަރީން މިނިވަން ކުރުމަކީ ކުރެއްވޭނެ ކަމެއް ނޫންކަމަށް ރައީސް ޔާމީން ވިދާޅުވިއިރު، ބުދަ ދުވަހު އެމަނިކުފާނު ވަނީ މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި ހުކުމް ތަންފީޒްކުރާ ކުށްވެރިންނަށް މައާފު ދިނުމަށް ގަވައިދަށް ބަދަލު ގެނެސްފަ އެވެ. އަދި ގަވައިދަށް ބަދަލު ގެނެސް، ކުށްވެރިންތަކަކަށް މައާފު ދިނުމަށް ތައްޔާރުވާއިރު، އެއީ ގައުމުގެ އަމާން ކަމަށް އޮތް ހުރަހެއް ކަމަށް ސަރުކާރުން ޤަބޫލުކުރާ ކަމަކަށް ނުބެލެވެ އެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

11 ޖުލައި 2017

އަޅުގަނޑުމެންގެ މެމްބަރުންގެ ގޮނޑިތައް ގެއްލުނަސް މައްސަލައެއް ނެތް: އަބްދުއްރަހީމް

11 ޖުލައި 2017
އަޅުގަނޑުމެންގެ މެމްބަރުންގެ ގޮނޑިތައް ގެއްލުނަސް މައްސަލައެއް ނެތް: އަބްދުއްރަހީމް
09 ޖުލައި 2017

ޖަލަށް ލިޔަސް އަޅުގަނޑުގެ މަސައްކަތްތަކަށް ބަދަލެއް ނާންނާނެ:ޜިޔަޒު

09 ޖުލައި 2017
ޖަލަށް ލިޔަސް އަޅުގަނޑުގެ މަސައްކަތްތަކަށް ބަދަލެއް ނާންނާނެ:ޜިޔަޒު
08 ޖުލައި 2017

ހުރިހާ ސިޔާސީވެރިންގެ ވިސްނުމާ ފިކުރު ހުންނާނީ ވެރިކަމަށް އައުމަށް: ފަލާޙް

08 ޖުލައި 2017
ހުރިހާ ސިޔާސީވެރިންގެ ވިސްނުމާ ފިކުރު ހުންނާނީ ވެރިކަމަށް އައުމަށް: ފަލާޙް
05 ޖުލައި 2017

"އަޅުގަނޑުމެންގެ މޫނުމަތިންވެސް ފެންނާނެ ޕްރެޝަރެއް ނެތްކަން": ޝައިނީ

05 ޖުލައި 2017
"އަޅުގަނޑުމެންގެ މޫނުމަތިންވެސް ފެންނާނެ ޕްރެޝަރެއް ނެތްކަން": ޝައިނީ
04 ޖުލައި 2017

މިއީ އަޅުގަނޑުކޮށްފައިވާ، އަޅުގަނޑުގެ ސޮއި: ސައުދުﷲ ހިލްމީ

04 ޖުލައި 2017
މިއީ އަޅުގަނޑުކޮށްފައިވާ، އަޅުގަނޑުގެ ސޮއި: ސައުދުﷲ ހިލްމީ
20 މެއި 2017

ޔާމީންގެ ބައްޕަ އިންޑިއާގައި – ބޭނުންވަނީ ހަރުކަށި ފިކުރު ނައްތާލުމަށް އެހީ

20 މެއި 2017
ޔާމީންގެ ބައްޕަ އިންޑިއާގައި – ބޭނުންވަނީ ހަރުކަށި ފިކުރު ނައްތާލުމަށް އެހީ
08 މެއި 2017

އަޅުގަނޑުގެ ވޯޓު އޮޅުވާލީ ވައްކަން ކުރުމަށް: ޝަރީފް

08 މެއި 2017
އަޅުގަނޑުގެ ވޯޓު އޮޅުވާލީ ވައްކަން ކުރުމަށް: ޝަރީފް
12 އެޕްރީލު 2017

ދީނީ ގޮތުން ހަރުކަށި ފިކުރުތައް ފެތެރެމުންދާ ރަށްތަކާ އެކަމަށް ހިއްވަރުދޭ މީހުން އެނގިއްޖެ: ޑިފެންސް މިނިސްޓަރު

12 އެޕްރީލު 2017
ދީނީ ގޮތުން ހަރުކަށި ފިކުރުތައް ފެތެރެމުންދާ ރަށްތަކާ އެކަމަށް ހިއްވަރުދޭ މީހުން އެނގިއްޖެ: ޑިފެންސް މިނިސްޓަރު
06 އެޕްރީލު 2017

އަބުރުގެ ގާނޫނު ބޭނުން ކޮށްގެން މަސައްކަތް ކުރަނީ މީޑިއާގެ މިނިވަންކަން ނެތިކޮށްލަން: އަމީތު

06 އެޕްރީލު 2017
އަބުރުގެ ގާނޫނު ބޭނުން ކޮށްގެން މަސައްކަތް ކުރަނީ މީޑިއާގެ މިނިވަންކަން ނެތިކޮށްލަން: އަމީތު
22 މާރިޗު 2017

ގައުމުގެ ބައެއް ފިކުރުތައް ހުރީ އިބިލީހަށް ވުރެވެސް ކުރީގައި: ރައީސް ޔާމީން

22 މާރިޗު 2017
ގައުމުގެ ބައެއް ފިކުރުތައް ހުރީ އިބިލީހަށް ވުރެވެސް ކުރީގައި: ރައީސް ޔާމީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް