Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފ. އަތޮޅު ވިއްކާލުން

ފ. އަތޮޅު މަޝްރޫއުއަކީ 'ބޮޑު ރަންގަނޑެއް' ފަދަ މަޝްރޫއުއެއް: މުބީނު

18 ޖުލައި 2018 | ބުދަ 09:07

ސްޕްޝަލް އިކޮނޮމިކު ޒޯނުގެ ގާނޫނުން ދައުލަތުގެ ބަޖެޓަށް މާބޮޑު ފައިދާއެއްވި ކަމަށް ފެންނާކަށް ނެތް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 18 ޖުލައި 2018 | ބުދަ 09:07
ބިލަތްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީނު (ކ)

ބިލަތްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީނު (ކ)

ފ. އަތޮޅު މަޝްރޫއަކީ "ބޮޑު ރަންގަނޑެއް" ފަދަ ޕްރޮޖެކްޓެއް ކަމަށާއި ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް އެންމެ ފައިދާހުރި ގިނަ ޕްރޮޖެކްޓްތައް ހިންގެވީ ވެސް ރައީސް އަބްދުﷲ ޔާމީން ކަމަށް ފ. އަތޮޅަށް ނިސްބަތްވާ ބިލަތްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީނު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ބޮޑު ސުވާލު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މުބީނު ވިދާޅުވީ ގާނޫނުތަކަށް އިސްލާހު ގެންނަވައިގެން ރާއްޖެއިން ބޭރުގެ އިންވެސްޓަރުން ރާއްޖެއަށް ޝައުގުވެރިކޮށް، ރާއްޖެއަށް މިހާތަނަށް ނާންނަވަރަށް އިންވެސްޓަރުން އިންވެސްޓް ކޮށްފައިވާ ކަމަށެވެ. އެގޮތުން އެނބޫދޫ ފިނޮޅުގެ މަޝްރޫއު މުބީނު ފާހަގަ ކުރެއްވިއެވެ.

Advertisement - newsAdvertisement
"ފ. އަތޮޅު މަޝްރޫއަކީ މުޅި ދިވެހިރާއްޖޭގެ މަލަމަތި ބަދަލުކޮށްލާވަރުގެ މަޝްރޫއެއް. އެ މަޝްރޫއު އިދިކޮޅު ފަރާތްތަކަށް ހަޖަމު ނުކުރެވުނީ. ހާއްސަކޮށް ކުރީގެ ރައީސް ނަޝީދު ކުރެއްވި މަސައްކަތުގެ ނަތީޖާއަކީ އެކަމާ ގުޅިގެން މުޅި ރާއްޖޭގައި މުޒާހަރާތައް ކުރުން. ރާއްޖެއަށް ލިބެން އޮތް ބޮޑު ރަންގަނޑެއް ކަހަލަ ބޮޑު މަޝްއޫރުއެއް ހުއްޓުވާލީ،" މުބީނު ވިދާޅުވިއެވެ.

މުބީން ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ޓޫރިޒަމް އިންޑަސްޓްރީއަށް ގެނެސްފައިވާ ތަރައްގީއަކީ ރާއްޖޭގެ ތާރީހު ނުދެކޭ ފަދަ ބޮޑު ކުރިއެރުމެއް ކަމަށެވެ.

ފ. އަތޮޅު މަޝްރޫއަކީ "ބޮޑު ރަންގަނޑެއް" ކަމަށް މުބީނު ވިދާޅުވި ނަމަވެސް އެމަޝްރޫއަކީ ދިވެހި ގިނަ ބަޔަކު ރުހޭ ގޮތަށް ހިންގަން ނިންމާފައިވާ މަޝްރޫއެއް ނޫނެވެ. އަދި އެ މަޝްރޫއުއާ ބެހޭ މާބޮޑު ތަފްސީލެއް ސަރުކަރުން ހާމަކޮށްފައެއް ނުވެއެވެ.

ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކުކުރެވޭ ގޮތަށް 2015 ވަނަ އަހަރު ގާނޫނު އަސާސީ އިސްލާހުކުރީ، ސައުދީ އަރަބިއްޔާގެ ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާން އަލް ސައުދު ފ. އަތޮޅުގެ ބައެއް ރަށްތަކާއި ފަޅުތައް ޝާހީ އާއިލާގެ ވާރުތަ މުދަލެއްގެ ގޮތުގައި މިލްކުކުރައްވަން ބޭނުންފުޅުވާތީ ކަމަށް، ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވާ އޯޑިއޯއެއް މިދިއަ އަހަރުގެ މާރޗު މަހުގެ ތެރޭގައި ވަނީ ލީކުވެފައެވެ. ނިހާނު ވިދާޅުވެފައި ވަނީ އެ ޖޯގްރަފިކް ލޮކޭޝަން ފެނިވަޑައިގަތުމުން ވަލީއަޚުދު ނިންމެވީ އެ ސަރަހައްދު ތަރައްގީ ކުރުމަށް ކަމަށެވެ. ނަމަވެސް، 99 އަހަރަށް އެތަން ބޭނުންފުޅުނުވާ ކަމަށާއި ވަލީއަޚުދު ބޭނުންފުޅުވަނީ ވާރުތަވާ މުދަލެއްގެ ގޮތުގައި އެތަން ބޭއްވުމަށް ކަމަށް ވެސް އެ އޯޑިއޯގައި ނިހާނު ވިދާޅުވެފައިވެއެވެ.

ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގާނޫނުގެ ދަށުން ބޮޑެތި މަޝްރޫއުތައް ރާއްޖެ އަންނާނެ ކަމަށް 2015 ވަނަ އަހަރު ސަރުކާރުން ބުނި ނަމަވެސް އެކަން ބަޖެޓަށް ލިބޭ އާމްދަނީ ފެންނާކަށް ނެތެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ
14 ޖެނުއަރީ 2017

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި
12 ޖެނުއަރީ 2017

ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި

12 ޖެނުއަރީ 2017
ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް