Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ ރޭސް 2018

ރީ ރަޖިސްޓްރީ ކުރުމުންދޭ ލިޔުމުގެ އޮރިޖިނަލް ކޮންމެހެން ވެސް ބާއްވަން ޖެހޭ: މާރިޔާ

18 ޖުލައި 2018 | ބުދަ 09:53

ފަހަށް މަޑުނުކޮށް އަވަހަށް ރަޖިސްޓްރީ ކުރުމަށް ގޮވާލަން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 18 ޖުލައި 2018 | ބުދަ 09:53
ރީ ރެޖިސްޓްރީކުރުމުގެ މަސައްކަތް ކުރިއަށް ދަނީ

ރީ ރެޖިސްޓްރީކުރުމުގެ މަސައްކަތް ކުރިއަށް ދަނީ

ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރުމުންދޭ ލިޔުމުގެ އޮރިޖިނަލް ކޮންމެ މީހެއްގެ އަތުގައި ވެސް ބޭއްވުން ވަރަށް މުހިއްމު ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞޯލިހްގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރާއްޖެ އެމްވީއަށް ދެއްވި އިންޓަރވިއުއެއްގައި މައްޗަންގޯޅީ އުތުރު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ މާރިޔާ ވިދާޅުވީ މިވަގުތު އެންމެ މުހިއްމީ ވޯޓުލާ ދުވަހު ހުންނާނެ ތަނެއް ކަނޑައަޅައި ރީ ރަޖިސްޓްރީ ކުރުން ކަމަށާއި ހުރިހާ ފަރާތްތަކުން ވެސް ފަހަށް މަޑުނުކޮށް އެކަން ކުރަންޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

މާރިޔާ ވިދާޅުވީ މިސަރުކާރުން މިނިވަން އިންސާފްވެރި އިންތިޚާބެއް ބާއްވަން ފުރުސަތު ދޭނޭ ކަމަށް ޤަބޫލުނުކުރައްވާ ކަމަށާއި ވޯޓުން މަކަރު ހެދުމަށް ވަރަށް ބޮޑަށް ސަރުކާރުން މަސައްކަތްކުރާ ކަމަށެވެ. ނަމަވެސް އެކަންކަން ކުޑަކޮށް، މަކަރު ހެދުމާއި އޮޅުވާލުމުން ގެއްލޭ ވޯޓު މަދުކުރުމަށް ވީހާ ވެސް ބޮޑަށް މަސައްކަތް ކުރަން ޖެހޭ ކަމަށް މާރިޔާ ވިދާޅުވިއެވެ.

އެގޮތުން ވޯޓުލާން ރީ ރަޖިސްޓްރީ ކުރުމުން އިލެކްޝަންސް ކޮމިޝަނުން ދޫކުރާ ލިޔުމުގެ އޮރިޖިނަލް ކޮންމެ މީހެއްގެ އަތުގައިވެސް ބޭއްވުން މުހިއްމު ކަމަށާއި ވޯޓުލާ ދުވަހު އެލިޔުން ގެންދިއުމަކީ ވެސް މުހިއްމު ކަމެއް ކަމަށެވެ. ރަޖިސްޓްރީ ކުރިއަސް ނަން ނޯވެދާނެ ކަމަށް ބަލަން ޖެހޭ ކަމަށާއި އެފަދަ ހާލަތެއްގައި ރަޖިސްޓްރީ ކުރިކަން ދެއްކުމަށް ވެސް އެލިޔުން މުހިއްމުވާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.

އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި ވަނީ ރަޖިސްޓްރީއާ ކުޅުނު ކަމުގެ ތުހުމަތު ކުރެވިފައެވެ. އަދި ރީ ރަޖިސްޓްރީކުރި ބައެއް މީހުންގެ ނަން ރަޖިސްޓްރީކުރި ތަންތަނުގައި ނެތުމުގެ މައްސަލަތައް ވަނީ ފެންމަތިވެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

31 ޖުލައި 2017

މިއަހަރުގެ ފުރަތަމަ ހަމަހުގެ ތެރޭގައި 426 މައްސަލަ އޭސީސީގައި ރަޖިސްޓްރީ ކޮށްފި

31 ޖުލައި 2017
މިއަހަރުގެ ފުރަތަމަ ހަމަހުގެ ތެރޭގައި 426 މައްސަލަ އޭސީސީގައި ރަޖިސްޓްރީ ކޮށްފި
30 މެއި 2017

ބްރޮޑްކާސްޓިން ކޮމިޝަނުގެ ހަރުމުދަލުގެ ރަޖިސްޓްރީގައި އެއް ލައްކަ ރުފިޔާ ފަރަގު އެބަހުރި: އޮޑިޓް ރިޕޯޓް

30 މެއި 2017
ބްރޮޑްކާސްޓިން ކޮމިޝަނުގެ ހަރުމުދަލުގެ ރަޖިސްޓްރީގައި އެއް ލައްކަ ރުފިޔާ ފަރަގު އެބަހުރި: އޮޑިޓް ރިޕޯޓް
22 މެއި 2017

އޭސީސީގައި ރަޖިސްޓްރީ ކުރި މައްސަލަތަކުގެ ޢަދަދު އިތުރުވެއްޖެ

22 މެއި 2017
އޭސީސީގައި ރަޖިސްޓްރީ ކުރި މައްސަލަތަކުގެ ޢަދަދު އިތުރުވެއްޖެ
11 އެޕްރީލު 2017

ޖުޑިޝަރީއިން ތަރުޖަމާނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމުމުގެ ފުރުސަތު ހުޅުވާލައިފި

11 އެޕްރީލު 2017
ޖުޑިޝަރީއިން ތަރުޖަމާނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމުމުގެ ފުރުސަތު ހުޅުވާލައިފި
15 މާރިޗު 2017

ކަނޑައެޅިފައިވާ އަދަދަށް ރަޖިސްޓްރީކޮށްފައި ނުވާތީ އެހެން ވޯޓު ފޮށިތަކުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި

15 މާރިޗު 2017
 ކަނޑައެޅިފައިވާ އަދަދަށް ރަޖިސްޓްރީކޮށްފައި ނުވާތީ އެހެން ވޯޓު ފޮށިތަކުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި
09 މާރިޗު 2017

މިދިޔަ އަހަރު ރަޖިސްޓްރީކުރި 958 މައްސަލައިގެ ތެރެއިން 754 މައްސަލަ ނިމިފައިވޭ: އޭސީސީ

09 މާރިޗު 2017
މިދިޔަ އަހަރު ރަޖިސްޓްރީކުރި 958 މައްސަލައިގެ ތެރެއިން 754 މައްސަލަ ނިމިފައިވޭ: އޭސީސީ
03 މާރިޗު 2017

ވޯޓު ލުމަށް ރީރަޖިސްޓްރީ ކުރުމުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި

03 މާރިޗު 2017
ވޯޓު ލުމަށް ރީރަޖިސްޓްރީ ކުރުމުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި
18 ފެބުރުއަރީ 2017

މާލޭގެ ޒޯން ދޭއް އަދި ތިނަކުން ކުނި އުފުލުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމަށް ހުޅުވާލައިފި

18 ފެބުރުއަރީ 2017
މާލޭގެ ޒޯން ދޭއް އަދި ތިނަކުން ކުނި އުފުލުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމަށް ހުޅުވާލައިފި
16 ފެބުރުއަރީ 2017

މޫސުމް ވަރަށް ގޯސް، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރޭ

16 ފެބުރުއަރީ 2017
މޫސުމް ވަރަށް ގޯސް، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރޭ
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް