Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއޭސީސީގެ މައްސަލަތައް

އޭސީސީގައި ރަޖިސްޓްރީ ކުރި މައްސަލަތަކުގެ ޢަދަދު އިތުރުވެއްޖެ

ފުރަތަމަ ކުއާޓަރުގައި ތަޙްޤީޤު ކުރުމަށް ނިންމީ 248 މައްސަލަ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 22 މެއި 2017 | ހޯމަ 09:02
އެންޓި ކޮރޮޕްޝަންސް ކޮމިޝަން

އެންޓި ކޮރޮޕްޝަންސް ކޮމިޝަން

މިދިޔަ އަހަރުގެ ތިން މަސް ދުވަހާ އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހު އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) ގައި ރަޖިސްޓްރީ ކުރެވުނު މައްސަލަތަކުގެ އަދަދަު އިތުރު ވެއްޖެ ކަމަށް އެ ކޮމިޝަންގެ ތަފާސްހިސާބްތަކުން ދައްކައިފިއެވެ.

މިގޮތުން 2017 ވަނަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި 274 މައްސަލަ އޭސީސީގައި ރަޖިސްޓްރީ ކުރެވިފައިވާއިރު 2016 ވަނަ އަހަރު އެ މުއްދަތުގެ ތެރޭގައި ރަޖިސްޓްރީ ކުރެވިފައި ވަނީ 219 މައްސަލައެވެ. މިއީ 2016 ވަނަ އަހަރުގެ އެމުއްދަތާ އަޅާބަލާއިރު 25 އިންސައްތައިގެ އިތުރުވުމެކެވެ.

Advertisement - newsAdvertisement

ކޮމިޝަނުގައި ރަޖިސްޓްރީ ކުރެވުނު މައްސަލަތަކުގެ ތެރެއިން ކޮމިޝަނުން ދިރާސާ ކުރުމަށް ފަހު، 2017 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ތަޙްޤީޤު ކުރުމަށް ނިންމީ 248 މައްސަލައެވެ. އަދި 2016 ވަނައަހަރު އެމުއްދަތުގައި ތަޙްޤީޤު ކުރުމަށް ނިންމާފައިވަނީ 212 މައްސަލައެވެ.

މީގެި އތުރުން ކޮމިޝަނަށް ހުށަހަޅާ ޝަކުވާތަކުގެ ތެރެއިން ކޮމިޝަންގެ މެންޑޭޓަށް ނުފެތޭ މައްސަލަތައް ދަނީ އެ މެންޑޭޓެއް އޮތް އިދާރާއަކަށް ފޮނުވަމުންނެވެ. މިގޮތުން މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް 20 މައްސަލައެއް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ފޮނުވާފައިވާއިރު 2016 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ކޮމިޝަނުން އެހެނިހެން އިދާރާތަކަށް ފޮނުވާފައި ވަނީ 18 މައްސަލައެވެ.

މީގެ އިތުރުން، ކޮމިޝަނުގެ މެންޑޭޓަށް ނުފެތޭތީ އާއި އެކަށީގެންވާ ވަރަށް މަޢުލޫމާތު ލިބިފައިނުވާތީ 34 މައްސަލަ މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ނުބަލާ ދޫކޮށްލާފައިވާއިރު، 2016 ވަނަ އަހަރުގެ އެމުއްދަތުގައި 43 މައްސަލަ ނުބަލާ ދޫކޮށްލާފައިވާ ކަމަށް އޭސީސީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އިތުރަށް ކިޔާލަން

09 މާރިޗު 2017

މިދިޔަ އަހަރު ރަޖިސްޓްރީކުރި 958 މައްސަލައިގެ ތެރެއިން 754 މައްސަލަ ނިމިފައިވޭ: އޭސީސީ

09 މާރިޗު 2017
މިދިޔަ އަހަރު ރަޖިސްޓްރީކުރި 958 މައްސަލައިގެ ތެރެއިން 754 މައްސަލަ ނިމިފައިވޭ: އޭސީސީ
03 މާރިޗު 2017

ވޯޓު ލުމަށް ރީރަޖިސްޓްރީ ކުރުމުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި

03 މާރިޗު 2017
ވޯޓު ލުމަށް ރީރަޖިސްޓްރީ ކުރުމުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި
21 ފެބުރުއަރީ 2017

އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

21 ފެބުރުއަރީ 2017
އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް
18 ފެބުރުއަރީ 2017

މާލޭގެ ޒޯން ދޭއް އަދި ތިނަކުން ކުނި އުފުލުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމަށް ހުޅުވާލައިފި

18 ފެބުރުއަރީ 2017
މާލޭގެ ޒޯން ދޭއް އަދި ތިނަކުން ކުނި އުފުލުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމަށް ހުޅުވާލައިފި
06 ފެބުރުއަރީ 2017

އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ

06 ފެބުރުއަރީ 2017
އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު