Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

ސަލްމާން ކޫރޫއިންގެ ކުރިމަތީގައި ޖާންވީ ލަދުގަންނަވާލި ގޮތް ކިޔައިދީފި

ނެށުމުގެ ތެރެއަށް ވަދެފައި ހުރި ވަރުން ސަލްމާން އޭނާގެ ކައިރިއަށް އައިރު ވެސް ނޭނގުނު

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 18 ޖުލައި 2018 | ބުދަ 06:45
ޝްރީ ދޭވީގެ ދަރިފުޅު ޖާންވީ

ޝްރީ ދޭވީގެ ދަރިފުޅު ޖާންވީ

ސަލްމާން ޚާންގެ ފިލްމް "ވޯންޓެޑް" ގެ ކުރޫ އިން ކުރިމަތީގައި ޖާންވީ ކަޕޫރު ލަދުގަންނަވާލި ގޮތް އޭނާ ކިޔައިދީފިއެވެ.

މިހިނގާ ޖުލައި މަހުގެ 20 ވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ފިލްމް "ދަޅަކް" ގެ ބަތަލާ ޖާންވީ އިންޑިއާގެ ނޫހަކަށް ދިން އިންޓާވިއުއެއްގައި ބުނެފައި ވަނީ އެއް ދުވަހަކު އޭނާ "ވޯންޓެޑް" ގެ ސެޓަށް ދިޔައިރު މަޝްހޫރު ކޮރިއޯގްރާފަރ ޕްރްބޫދޭވާއާ އެކު ސަލްމާނާއި ކެޓްރީނާގެ ޑާންސް ރިހާސަލް ކުރިއަށް ދާކަމަށެވެ. އޭރު ޖާންވީގެ އުމުރުން ގާތްގަނޑަކަށް 10 ނުވަތަ 12 އަހަރު ކަމަށާއި އެވަގުތު ނަށާހިތުން ހުރި ވަރުން އެ ކޮޓަރީގެ ކަނެއްގައި ހުރެ އެ ލަވައަށް ނަށަން ފެށުނު ކަމަށެވެ.

މި އަހަރުގެ ފެބްރުއަރީ ތެރޭގައި ނިޔާވި ސްރީ ދޭވީގެ ދަރިފުޅު ޖާންވީ ބުނެފައި ވަނީ ނެށުމުގެ ތެރެއަށް ވަދެފައި ހުރި ވަރުން ސަލްމާން އޭނާގެ ކައިރިއަށް އައިރު ވެސް ނޭނގުނު ކަމަށާއި އަދި ކަނެއްގައި ނުހުރެ އެންމެންގެ މެދަށް ގޮސް ނަށަން ސަލްމާން އެދުނު ކަމަށެވެ. އެވަގުތު ޖާންވީ އުފަލުން ހުރެ ގޮސް އެންމެން ބަލަން ތިއްބާ ނެށި ކަމަށް ވެސް ބުނެފައި ވެއެވެ.

އޭނާގެ ނެށުން އެންމެނަށް ކަމުދިޔަ ކަމަށް އެދުވަހު ހިތަށް އެރި ކަމަށާއި ނަމަވެސް މިއަދު އެކަމާ ލަދު ގަންނަ ކަމަށް ޖާންވީ ބުންޏެވެ.

ކޮންމެއަކަސް ޖާންވީ ނެށުމަށް ހުރި ލޯބި މިހާރު މިވަނީ ބޮލީވުޑާ ހަމައަށް ދެމިގެން އައިސްފައެވެ. އޭނާ ކުރިން ބުނެފައި ވަނީ އޭނާއަށް އެނގެނީ އެކްޓްކުރަން އެކަނި ކަމަށެވެ. އޭނާ އަބަދުވެސް ފިލްމް ކުޅެން ބޭނުންވާ ކަމަށާއި އަދި ބައެއް ފިލްމްތައް ބަލައި އެއަށް އެކްޓްކުރި ކަމަށް ޖާންވީ ވަނީ ބުނެފައެވެ.

"އޯމް ޝާންތި އޯމް" ގައި ޝާހުރުކްގެ ރޯލް ކުޅުމަށް އޭނާގެ ކޮއްކޮ ހުޝީއަށް މަޖުބޫރު ކުރުވާ ކަމަށާއި އެ ފިލްމްގައި ދީޕިކާ އަތް ހޫރުމަންދާ މަންޒަރު ކުޅޭ ކަމަށް ޖާންވީ ވަނީ ބުނެފައެވެ.

ޖާންވީގެ ފުރަތަމަ ފިލްމް "ދަޅަކް" ގައި އޭނާ ފެނިގެންދާނީ އިޝާން ޓައްކަރުއާ އެކުގައެވެ. މި ފިލްމަކީ މަރާޓީ ފިލްމް "ސައިރާތު" އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ.

އިތުރަށް ކިޔާލަން

26 އެޕްރީލު 2017

ހޮލީވުޑަށް ދިއުމުގެ ވިސްނުމެއް ނެތް: ސަލްމާން

26 އެޕްރީލު 2017
ހޮލީވުޑަށް ދިއުމުގެ ވިސްނުމެއް ނެތް: ސަލްމާން
18 އެޕްރީލު 2017

ސަލްމާންގެ ޅިޔަނު ފިލްމީދާއިރާއަށް ނެރެނީ

18 އެޕްރީލު 2017
ސަލްމާންގެ ޅިޔަނު ފިލްމީދާއިރާއަށް ނެރެނީ
24 މާރިޗު 2017

ސޮނާކްޝީ ސަލްމާން ޚާން ކައިރި އަހަން ބޭނުން ވަނީ އޭނާ ކައިވެނި ކުރާނެ ދުވަހެއް

24 މާރިޗު 2017
ސޮނާކްޝީ ސަލްމާން ޚާން ކައިރި އަހަން ބޭނުން ވަނީ އޭނާ ކައިވެނި ކުރާނެ ދުވަހެއް
15 މާރިޗު 2017

އަކްޝޭއާ އެކު ފިލްމްގައި މަސައްކަތް ކުރަން ތައްޔާރު: ސަލްމާން

15 މާރިޗު 2017
އަކްޝޭއާ އެކު ފިލްމްގައި މަސައްކަތް ކުރަން ތައްޔާރު: ސަލްމާން
06 މާރިޗު 2017

ސަލްމާންގެ "ދަބަންގް" ޓުއާ ގެ ޝޯތައް މިފަހަރު އޮސްޓްރޭލިޔާ އަދި ނިއުޒިލެންޑްގައި!

06 މާރިޗު 2017
 ސަލްމާންގެ "ދަބަންގް" ޓުއާ ގެ ޝޯތައް މިފަހަރު އޮސްޓްރޭލިޔާ އަދި ނިއުޒިލެންޑްގައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު