Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބު 2018

ވޯޓު ނުލެވޭ ނަމަ އިހުތިޖާޖު ކުރެވޭނެ: އީސަ

18 ޖުލައި 2018 | ބުދަ 02:52

މުވައްޒަފުންނަށް ވޯޓުލާން ދިޔުމުގެ އިންތިޒާމް ރިސޯޓްތަކުގެ މެނޭޖްމަންޓުން ބޮޑު ޚަރަދުކޮށްގެން ވެސް ހަމަޖައްސައިދޭން ޖެހޭނެ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 18 ޖުލައި 2018 | ބުދަ 02:52
އަހުމަދު އީސަ ރާއްޖެޓީވީގެ

އަހުމަދު އީސަ ރާއްޖެޓީވީގެ

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެންމެ ހަތް ރިސޯޓުގައި ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވާތީ، ސެޕްޓެމްބަރު 23 ގައި ވޯޓު ލެވޭނެ ކަމުގެ ޔަޤީންކަން ނެތް މުވައްޒަފުންނަށް އެހައްޤު ހޯދުމަށް އިހްތިޖާޖު ވެސް ކުރެވިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަދި ޓޫރިޒަމް އެމްޕްލޯޔީސްގެ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)ގެ އެއް ފައުންޑަރ އަހުމަދު އީސަ ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އީސަ ވިދާޅުވީ ސިޔާސީ ޕާޓީތަކުންނާއި ޓުއަރިޒަމް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ޖަމިއްޔާ، ޓީމް އިން ދައްކާ ވާހަކަ އަޑު ނާހައި، އިލެކްޝަންސް ކޮމިޝަނުން އިތުރު ރަށްރަށުގައި ވޯޓު ފޮށި ބަހައްޓައި ނުދީފި ނަމަ، އެ މުވައްޒަފުންނަށް ވޯޓުލާން ދިޔުމުގެ އިންތިޒާމް ރިސޯޓްތަކުގެ މެނޭޖްމަންޓުން ބޮޑު ޚަރަދުކޮށްގެން ވެސް ހަމަޖައްސައިދޭން ޖެހޭނެ ކަމަށެވެ.

Advertisement - newsAdvertisement

އެންމެ ހަތް ރިސޯޓުގައި ވޯޓު ފޮށި ބަހައްޓަން ނިންމުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ބުނީ ގިނަ ރިސޯޓްތަކުގައި ވޯޓު ފޮށި ނުބަހައްޓަން ނިންމީ މީގެ ކުރިން ދިމާވި ބައެއް މައްސަލަތަކާ ގުޅިގެން ކަމަށެވެ. އެއަށް ރައްދު ދެއްވައި އީސަ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ވޯޓުލުމުގެ ކަންތައް ކުރިއަށް ގެންދިޔުމަށް އެއްވެސް ރިސޯޓަކަށް އެއްވެސް ހުރަހެއް އެޅޭނެ ޤާނޫނީ ހަމައެއް ނޯންނާނެ ކަމަށެވެ. އަދި އެފަދަ މާހައުލެއް އޮތް ކަމަށް ދައްކަން ޓޫރިޒަމް މިނިސްޓްރީ އިން ރިސޯޓްތަކަށް ގުޅައި، އިލެކްޝަންސް ކޮމިޝަނަށް ރިސޯޓްތަކަށް ގުޅުމަށް ފަހު އެރިސޯޓްތަކުގައި ވޯޓު ފޮށި ނުބެހެއްޓޭނެ ކަމަށް އެކޮމިޝަނަށް އެންގުމަށް އިރުޝާދު ދެމުންދާކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށް އީސަ ވިދާޅުވިއެވެ.

އެހެން ނަމަވެސް އެހެން އެންގުމުގެ ބާރު ރިސޯޓްތަކަށް ނޯންނާނެ ކަމަށާއި، ރިސޯޓްތަކަކީ ޓޫރިޒަމް މިނިސްޓްރީ އިން ކުއްޔަށް ދޫކޮށްފައި ހުންނަ ތަންތަން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އީސަ ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ޒިންމާއަކީ އެންމެ ގިނަ މީހުންނަށް ވޯޓު ލެވޭނީ ކޮންތާކު ފޮށި ބަހައްޓައިގެންތޯ ބަލައި، އެކަން ކުރުން ކަމަށާއި، އިލެކްޝަންސް ކޮމިޝަނުން ދައްކަނީ ތާކުންތާކު ނުޖެހޭ ވާހަކަ ކަމަށެވެ.

މީގެ އިތުރުން ވޯޓުލުމުގެ ހައްޤަކީ އެންމެންނަށް ވެސް ލިބިގެންވާ ހައްޤެއް ކަމަށާއި، ބޮޑު ޚަރަދުކޮށްގެން ވެސް މިހައްޤު ކަށަވަރުކުރަން ރިސޯޓްތަކުގެ މެނޭޖްމަންޓުން އިސްކަން ދޭން ޖެހޭނެ ކަމަށް އީސަ ވިދާޅުވިއެވެ. އަދި އެހައްޤު ނުލިބިއްޖެ ނަމަ އިހްތިޖާޖްކުރުމުގެ ހައްޤު މަސައްކަތްތެރިންނަށް ވެސް އޮންނާނެ ކަމަށް އީސަ ފާހަގަކުރެއްވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވޯޓު ފޮށި ބަހައްޓާނެ ހަތް ރިސޯޓް އިއުލާންކޮށްފައިވާ އިރު، 250 މީހުން ރަޖިސްޓްރީ ނުކުރާ ނަމަ އިތުރު ރިސޯޓެއްގައި ފޮށި ނުބެހެއްޓޭނެ ކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ. އެހެންނަމަވެސް، ވޯޓުލާ އާބާދީގައި 100 ހަމަނުވާ ރަށްރަށުގައި ވެސް ވޯޓު ފޮށި ބަހައްޓާކަން އިދިކޮޅު ފަރާތްތަކުން ފާހަގަކުރެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
20 ޖެނުއަރީ 2017

މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

20 ޖެނުއަރީ 2017
މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް