Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓްރާންސްފަރ ބާޒާރު

ރޯމާގެ ބްރެޒިލް ކީޕަރު ހޯދުމަށް ލިވަރޕޫލް އިން މަސައްކަތްކުރަނީ

18 ޖުލައި 2018 | ބުދަ 05:50

ލިވަރޕޫލްއިން ހުށަހަޅާ 62 މިލިއަން ޕައުންޑްގެ އަގަކީ ކީޕަރަކަށް ރެކޯޑް އަދަދެއް

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 18 ޖުލައި 2018 | ބުދަ 05:50
ލިވަރޕޫލްގެ މުހައްމަދު ސަލާޙް (ވ)ގެ ހަމަލާއެއް މަތަކުރުމަށް އެލިސަން (ކ) މަސައްކަތްކުރަނީ

ލިވަރޕޫލްގެ މުހައްމަދު ސަލާޙް (ވ)ގެ ހަމަލާއެއް މަތަކުރުމަށް އެލިސަން (ކ) މަސައްކަތްކުރަނީ

އިޓާލިއަން ސެރީ-އޭގެ އޭއެސް ރޯމާގެ ގޯލް ބަލަހައްޓާ ބްރެޒިލްގެ އެލިސަން ހޯދުމަށް އިނގިރޭސި ޕްރިމިއަރ ލީގުގެ ލިވަރޕޫލް އިން ރެކޯޑް އަދަދެއް ކަމަށްވާ 62 މިލިއަން ޕައުންޑް (70 މިލިއަން ޔޫރޯ) ހުށަހަޅައިފިއެވެ.

މީގެ ކުރިން މިއަގުގައި ކީޕަރެއް ގަތުމަށް ޓީމަކުން ހުށަހަޅާފައި ނުވި ނަމަވެސް، ރޯމާ އިން ވަނީ އެޓީމުން އެލިސަން ވިއްކާލާނީ 66 މިލިއަން ޕައުންޑަށް ކަމަށް ބުނެފައެވެ. މީގެ ކުރިން ކީޕަރެއް ގަތުމަށް އެންމެ ބޮޑު ޚަރަދެއް ކުރީ ޔުވެންޓަސް އިންނެވެ. ޔުވެންޓަސް އިން 2001 ވަނަ އަހަރު ޕާރްމާގައި ހުރި ބުފޮން އެޓީމަށް ގެންދިޔައީ 53 މިލިއަން ޔޫރޯއަށެވެ. ޕްރިމިއަރ ލީގުގެ އެންމެ އަގު ބޮޑު ކީޕަރަކީ 2017 ވަނަ އަހަރު ޖޫން މަހު 40 މިލިއަން ޔޫރޯއަށް ޕޯޗުގަލްގެ ބެންފީކާ އިން މެންޗެސްޓަރ ސިޓީއަށް ގެންދިޔަ އެޑަރސަންއެވެ.

ބްރެޒިލްގެ އިންޓަނާސިއޯނެލް އިން ކެރިއަރ ފެށި 25 އަހަރުގެ ޒުވާން ކީޕަރު އެލިސަން ވަނީ ނިމިދިޔަ ސީޒަންގައި ސެރީ-އޭގެ 37 ގޭމްގައި ރޯމާގެ ގޯލް ބަލަހައްޓާފައެވެ. އޭގެ ތެރޭގައި އެގްރިގޭޓް 7-6 އިން ލިވަރޕޫލް އަތުން ރޯމާ ސެމީގައި ބަލިވިއިރު ކުޅުނު ދެ ލެގުގެ މެޗުތައް ވެސް ހިމެނެއެވެ.

އައު ކީޕަރެއް ހޯދުމަށް ލިވަރޕޫލުން މަސައްކަތްކުރާ އިރު އެޓީމުގެ މިހާރުގެ ކީޕަރ ލޮރިސް ކެރިއަސް ވަނީ ސީޒަންގެ ކުރިން ޓްރަންމެއަރއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް އިދިކޮޅު ޓީމަށް ސްކޯރ ކުރަން ފަސޭހަ ފުރުސަތުތަކެއް ހުޅުވައިދީފައެވެ. މީގެ އިތުރުން ޗެމްޕިއަންސް ލީގް ފައިނަލްގައި ރެއާލް މެޑްރިޑް އަތުން 3-1 އިން ބަލިވި މެޗުގައި ވެސް ކެރިއަސްއަށް ގޯސްތަކެއް ހެދުނެވެ.

ލިވަރޕޫލްއިން ގެންނަން މަސައްކަތްކުރާ ބްރެޒިލްގެ އެލިސަން ވަނީ ނިމިދިޔަ ވާރލްޑް ކަޕްގައި ބްރެޒިލް ކުޅުނު ފަސް މެޗުގައި ވެސް ރަނގަޅު ކުޅުމެއް ދައްކާފައެވެ. ބްރެޒިލް ވާރލްޑް ކަޕްއިން ކެޓީ ކުއާޓަރ ފައިނަލުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

03 ފެބުރުއަރީ 2017
އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ
02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
31 ޖެނުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި
20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
19 ޖެނުއަރީ 2017

ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި

19 ޖެނުއަރީ 2017
ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި
18 ޖެނުއަރީ 2017

ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި

18 ޖެނުއަރީ 2017
ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި
14 ޖެނުއަރީ 2017

ކީޕަރު ޒިޔަޒަން ނިއުރޭޑިއެންޓާ ގުޅިއްޖެ

14 ޖެނުއަރީ 2017
ކީޕަރު ޒިޔަޒަން ނިއުރޭޑިއެންޓާ ގުޅިއްޖެ
04 ޖެނުއަރީ 2017

ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!

04 ޖެނުއަރީ 2017
ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!
04 ޖެނުއަރީ 2017

ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!

04 ޖެނުއަރީ 2017
ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!
04 ޖެނުއަރީ 2017

ވެރާޓީ ހޯދުމަށް ޗެލްސީން 30 މިލިއަން ޕައުންޑު ހުށަހަޅައިފި

04 ޖެނުއަރީ 2017
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް