Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބު 2018

5 އަހަރުވީ އިރު ވަޑައިނުގަތް ދިއްދޫއަށް ޔާމީން ކުރައްވާ ދަތުރުފުޅަކީ ރައްޔިތުން ބަލައިގަންނަން ޖެހޭ އަދި މަރުޙަބާ ކިޔަންޖެހޭ ކަމެއް ވެސް ނޫން: މެމްބަރު ލަތީފް

17 ޖުލައި 2018 | އަންގާރަ 17:42

5 އަހަރުތެރޭ ރައީސް ޔާމީން ދިއްދޫއަށް ވަޑައިގަންނަވަނީ އަލަށް

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 17 ޖުލައި 2018 | އަންގާރަ 17:42
ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް

ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް

މާލެއިން ފުރައިގެން ގަޑިއެއްހާ އިރު ދެވޭ ހިސާބުގައި އޮތް ހއ. ދިއްދޫއަށް ރައީސް ޔާމީންގެ ވެރިކަމުގެ ދައުރުގައި މިވީ ހުރިހާ ދުވަހު ވަޑައިނުގެން، އިންތިޚާބަށް 2 މަސް ދުވަހަށްވުމުން ވަޑައިގަތުމަކީ އެރަށުގެ ރައްޔިތުން މަރުހަބާ ދަންނަވަން ޖެހޭ ނުވަތަ އެއްވެސް ގޮތަކަށް ބަލައިގަންނަން ޖެހޭ ކަމެއް ނޫން ކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވެއްޖެއެވެ.

ލަތީފް މިހެން ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން މިހާރު ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅުތަކުގެ ތެރެއިން، މިހާރު ތިލަދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އަންގާރަ ދުވަހު ދިއްދޫއަށް ވަޑައިގަތުމުގެ ކުރިން ނެރުއްވި ބަޔާނެއްގައެވެ. ރައީސް ޔާމީންގެ މިދަތުރުފުޅަކީ، ދިއްދޫގެ ފެނުގެ ނިޒާމް ހުޅުއްވައިދެއްވުމާއި، ދިއްދޫ ހުޅަނގު ފަރާތު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިންމުމާއި، ދިއްދޫގެ ބައެއް މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތުގެ ނިމުން ފާހަގަކުރުމުގެ ނަމުގައި ކުރައްވާ ކެމްޕޭން ދަތުރުފުޅެއްކަމަށް ލަތީފް ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

ލަތީފް ވިދާޅުވީ ދިއްދޫގެ ތަރައްޤީއަށާއި، ޒުވާނުންނަށް ކޮށްދެއްވާނެ ކަމަށް ރައީސް ޔާމީން އަމިއްލަފުޅަށް ވެވަޑައިގެންނެވި އެއްވެސް ވައުދެއް މިދިޔަ 5 އަހަރުތެރޭ ނުފުއްދޭ ކަމަށެވެ. އެހެން ނަމަވެސް މިދިޔަ ފަސް އަހަރުގެ ތެރޭގައި ދިއްދޫއާއި ދާއިރާގެ ތަރައްޤީއަށް ލަތީފް އަމިއްލަފުޅަށް މަސައްކަތްކުރައްވައި، މަޖިލިސް ތެރެއިން ދައުލަތުގެ ބަޖެޓުން ގިނަ ކަންކަން ކޮށްދެއްވި ކަމަށް ލަތީފް ފާހަގަކުރެއްވިއެވެ.

އެހެން ނަމަވެސް، ލަތީފްގެ މަޖިލިސް ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި، ސަރުކާރުން ދިއްދޫއަށް ކޮށްދެމުން އައި ގިނަ ކަންކަންވެސް ހުއްޓުވާފައިވާ ކަމަށް ލަތީފް ވިދާޅުވިއެވެ. އަދި އެއީ ރައްޔިތުންގެ މަޖިލީހުގެ ތެރޭގައާއި، ސަރުކާރުގެ ތެރޭގައި ދިއްދޫ ރައްޔިތުންގެ އަޑު އުފުލަން އިންތިޚާބުކޮށްފައި ހުރި މެމްބަރު، ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި އުޞޫލުތަކާއި ޚިލާފަށް ސަރުކާރުން ހިންގާފައިވާ މާފުކުރެވެން ނެތް ބޮޑު ޖަރީމާއެއް ކަމަށާއި، ދިއްދޫ ރައްޔިތުންނަށް ސަރުކާރުން ދިން އެންމެ ބޮޑު އަނިޔާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި މީގެ އިތުރުން އިންތިޚާބު ބޯމަތިވުމުން ހަތިޔާރުއެޅި ސިފައިންނާއި ކޯޓު އަމުރުތަކާއިއެކު ރަށްރަށަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވައި، ހައްދަވަމުން ގެންދަވާ އިތުރުފުޅުތަކަކީ ދިވެހި ޒުވާނުންނާއި އާއްމު ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫންކަމަށްވެސް ލަތީފް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް