Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބު 2018

200 މީހުން ހަމަނުވާ ރަށްރަށުގައި ވޯޓު ފޮށި ބެހެއްޓޭ، އެކަމަކު ރިސޯޓުތަކުގައި ނުބެހެއްޓޭ!

17 ޖުލައި 2018 | އަންގާރަ 03:45

2013 ވަނަ އަހަރު 56 ރިސޯޓުގައި ވޯޓު ފޮށި ބެހެއްޓި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 17 ޖުލައި 2018 | އަންގާރަ 03:45
އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

ދުއިސައްތަ މީހުން ހަމަނުވާ ރަށްރަށުގައި ވޯޓު ފޮށި ބަހައްޓާ ކަމަށާއި، އެހެން ނަމަވެސް ރިސޯޓުތަކުގައި ވޯޓު ފޮށި ބަހައްޓާނީ 250 އަށްވުރެ ގިނަ މީހުން ވޯޓުލާން ރަޖިސްޓްރީކުރުމުން ކަމަށް އެންގުމުން ރިސޯޓްތަކުގެ މުވައްޒަފުން ކަންބޮޑުވުން ފާޅުކުރަމުން އެބަދެއެވެ.

އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވާ ގޮތުގައި މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓު ފޮށި ބަހައްޓަން ހަމަޖެހިފައިވަނީ އެންމެ ހަތް ރިސޯޓުގައެވެ. ރިސޯޓުތަކުގެ ބައެއް މުވައްޒަފުންގެ ޝަކުވާތައް ސޯޝަލް މީޑިއާގައި ހިއްސާކުރައްވަމުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ރިސޯޓްތަކުގައި ތިބި އެތައް ހާސް ދިވެހިންގެ ވޯޓުލުމުގެ ހައްޤު އިލެކްޝަންސް ކޮމިޝަނަށް ނަގައި ނުލެވޭނެކަމަށެވެ. އަދި 200 މީހުން ހަމަނުވާ ރަށްރަށުގައި ވޯޓު ފޮށި ބެހެއްޓޭ ފަދައިން ރިސޯޓުތަކުގައި ވެސް ވޯޓު ފޮށި ބެހެއްޓެން ޖެހޭނެކަމަށާއި، މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުގައި ތިއްބެވި މެމްބަރުން ވެސް އެކަން ކުރެއްވިކަމަށް ރޮޒައިނާ ފާހަގަކުރެއްވިއެވެ. އެކަން ނުކުރެވޭ ނަމަ ކޮމިޝަންގައި ތިއްބެވި މެމްބަރުން އިސްތިއުފާ ދެއްވުމަށް ވެސް ރޮޒައިނާ ގޮވާލެއްވިއެވެ.

Advertisement - newsAdvertisement

ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ވެސް ވަނީ މިމައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އެންމެ ފަހުން 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ވެސް 56 ރިސޯޓުގައި ވޯޓު ފޮށި ބެހެއްޓި އިރު، މިއަހަރު އެންމެ 7 ރިސޯޓުގައި ވޯޓު ފޮށި ބަހައްޓަން ނިންމުމުން އެޖަމްއިއްޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އިންތިޚާބާއި މެދު ރައްޔިތުންގެ އިތުބާރު ގެއްލޭ މިފަދަ ކަންކަން ހުއްޓާލައި، އިލެކްޝަންސް ކޮމިޝަންގެ ނިންމުން ވަގުތުން ބަދަލުކުރުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ވަނީ ގޮވާލާފައެވެ.

ރާއްޖޭގެ 120 ރިސޯޓުގައި 27،837 މުވައްޒަފުން މަސައްކަތްކުރާކަން ފާހަގަކޮށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނީ މިއީ ރާއްޖޭގެ ވަޒީފާ އަދާކުރާ އާބާދީގެ 14 އިންސައްތަ ކަމަށާއި، އެފަރާތްތައް ވޯޓުލުމުގެ ހައްޤުން މަހުރޫމުކުރުމަކީ އިތުބާރުކުރެވޭ އަދި ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން އޮންނަ އިންތިޚާބެއް ބޭއްވުމާއި ދުރަށް އެޅޭ ފިޔަވަޅެއްކަމަށެވެ.

އިދިކޮޅު މައި ޕާޓީ އެމްޑީޕީއާއި ގުޅިފައިވާ ޕާޓީތަކުން ވަނީ އިލެކްޝަންސް ކޮމިޝަންގެ ނިންމުމަށް ފާޑުކިޔައި، ނިންމުން ބަދަލުކުރުމަށް ގޮވާލާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ކައުންސިލް އިންތިހާބުގައި ވޯޓުލަން ރިރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލައިފި

19 ފެބުރުއަރީ 2017
ކައުންސިލް އިންތިހާބުގައި ވޯޓުލަން ރިރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލައިފި
12 ފެބުރުއަރީ 2017

ޗެއާޕާސަންގެ އިންތިހާބުގައި ވޯޓުލި އަދަދާ ގާތަށް ވެސް ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވެސް ނުނިކުންނާނެ:އިބްރާ

12 ފެބުރުއަރީ 2017
ޗެއާޕާސަންގެ އިންތިހާބުގައި ވޯޓުލި އަދަދާ ގާތަށް ވެސް ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވެސް ނުނިކުންނާނެ:އިބްރާ
03 ފެބުރުއަރީ 2017

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017
އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
27 ޖެނުއަރީ 2017

ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި

27 ޖެނުއަރީ 2017
ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި
27 ޖެނުއަރީ 2017

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

27 ޖެނުއަރީ 2017
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި
27 ޖެނުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

27 ޖެނުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ
25 ޖެނުއަރީ 2017

ކައުންސިލް އިންތިހާބުގެ ޕްރައިމަރީގާ 200 ކެންޑިޑޭޓުން ވާދަކުރޭ: ޕީޕީއެމް ޔާމިން ފެކްޝަން

25 ޖެނުއަރީ 2017
ކައުންސިލް އިންތިހާބުގެ ޕްރައިމަރީގާ 200 ކެންޑިޑޭޓުން ވާދަކުރޭ: ޕީޕީއެމް ޔާމިން ފެކްޝަން
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް