Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދަތިކުރުމުގެ ފިޔަވަޅު

ފިޔަވަޅު އަޅަން އުޅެނީ އިންތިޚާބު ނުބާއްވާނެ ކަމަށް ބަޔަކު ވިސްނައިދީފަ އޮވެގެން: ޝައިނީ

ޤައުމުތަކަށް ގޮސް ސަރުކާރުން ދައްކާ ވާހަކަތައް ވެސް މިހާރު ޤަބޫލުކުރޭ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 16 ޖުލައި 2018 | ހޯމަ 06:33
ޝައިނީ: މިވަގުތު ހުންނެވީ ބްރަސަލްސްގައި

ޝައިނީ: މިވަގުތު ހުންނެވީ ބްރަސަލްސްގައި

ވިލާތުގެ އިއްތިޙާދުން ރާއްޖެއާއި ދެކޮޅަށް ފިޔަވަޅު އަޅަން މަސައްކަތް ކުރަނީ ރާއްޖޭގައި މިއަހަރު ރިޔާސީ އިންތިޚާބު ނު ބާއްވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ވިލާތުގެ ބައެއް ޤައުމުތަކަށް ވިސްނައިދީފައި އޮތުމުން ކަމަށް ސަރުކާރުގެ ފަރާތުން ވިލާތުގެ ޤައުމުތަކަށް ލޮބީ ކުރަން ފޮނުއްވި ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެ ރޭ ރާއްޖެ.އެމްވީއާއި ވާހަކަ ދައްކަވަމުން ޝައިނީ ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދުގެ އިތުރުން ކުރީގެ ޚާރިޖީ ވަޒީރު އަހުމަދު ނަސީމު ވިލާތުގެ އިއްތިޙާދުގެ ޤައުމުތަކަށް ވަޑައިގެން ދައްކަވާ ވާހަކަތައް އެޤައުމުތަކުން އަޑު އަހާކަމަށެވެ. އަދި އެހެން އެވަނީ އެބޭފުޅުންނަކީ ރާއްޖޭގެ ވެރިކަން ކުރައްވާފައިވާ ބޭފުޅުންނަށްވެފައި، ވިލާތުގެ ޤައުމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ރާއްޖޭގެ އަސްލު ޙާލަތު އެނގިވަޑައި ނުގަންނަވާތީ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމަށް ރައީސް ޔާމީންގެ އަރިސް ބޭފުޅަކު ލައިގެން މިއަހަރު ރިޔާސީ އިންތިޚާބު ނުބާއްވަން ސަރުކާރުން މަސައްކަތްކުރާ ކަމަށް ބޭރުގެ ފަރާތްތަކަށް ވިސްނައިދީފައިވާތީ ކަމަށް ޝައިނީ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެހެން ނަމަވެސް ރާއްޖޭގެ ޙާލަތު ކިޔައިދީ، ވިލާތުގެ ޤައުމުތަކުގެ ވިސްނުން ބަދަލު ކުރުމަށް ކުރާ މަސައްކަތް ކާމިޔާބު ކަމަށް ޝައިނީ ވިދާޅުވިއެވެ. އަދި އިންތިޚާބު އޮންނާނެކަމުގެ ޔަޤީންކަން އެބޭފުޅުންނަށް ދެއްވާފައިވާ ކަމަށާއި، އިންތިޚާބާއި ބެހޭ ގޮތުން ވަމުންދާ ތައްޔާރީތަކާއި، އިދިކޮޅު ފަރާތްތަކަށް ވެސް ކެމްޕޭން ކުރުމަށް ފުރުސަތު އޮތްކަން ބޭރުގެ ފަރާތްތަކަށް ކިޔައިދީފައިވާ ކަމަށް ޝައިނީ ވިދާޅުވިއެވެ. އަދި ވިލާތުގެ ޤައުމުތަކަށް ސަރުކާރުގެ ވާހަކަތައް އަޑު އިވުމުން ބައެއް ޤައުމުތަކުގެ ވިސްނުން މިހާރު ބަދަލުވެފައިވާކަމަށް ވެސް ޝައިނީ ވިދާޅުވިއެވެ.

ގުޅިފައިވާ ޕާޓީތަކުން ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި އިބްރާހިމް މުހައްމަދު ސޯލިޙް ނެރުމުން ވެސް، އަދި ރަނިންގމޭޓްގެ ގޮތުގައި ފައިސަލް ނަސީމް ނެރުމުން ވެސް މަޝްވަރާތަކަށް ދިޔުމަށް އޯލް-ޕާޓީ ޓޯކްސްގެ ޗެއަރގެ ހައިސިއްޔަތުން ގޮވާލެއްވި ގޮވާލެއްވުމަށް އިޝާރާތްކުރައްވައި ޝައިނީ ވިދާޅުވީ ވިލާތުގެ އިއްތިޙާދުން ވެސް އަދި އެހެން ޤައުމުތަކުންނާއި ޖަމާޢަތްތަކުން ވެސް ބާރު އަޅަނީ މަޝްވަރާތަކަށް ދާންކަމަށާއި، މަޝްވާރާގެ މޭޒުދޮށަށް އައުމަށް ގޮވާލާ ސަބަބަކީ އެއީ ކަމަށެވެ. އެހެންނަމަވެސް ރަސްމީ ވާހަކަތަކަށް ނުގޮސް އެމްޑީޕީއިން މަސައްކަތްކުރަނީ ނުރަސްމީ ވާހަކަތަކަށް ދާން ކަމަށް ތުހުމަތުކުރައްވަމުން ޝައިނީ ވިދާޅުވީ އެހެން ހެދުމަށް ފަހު ބައިނަލްއަޤްވާމީ މުޖްތަމައަށް އެމްޑީޕީއިން ދޭ މެސެޖަކީ ސަރުކާރުން ވާހަކަތަކަށް ދާން ބޭނުނުން ނޫންކަމަށެވެ.

ޝައިނީ އިތުރަށް ވިދާޅުވީ ރާއްޖޭގެ މާ ގިނަ އެމްބަސީތަކެއް ވިލާތުގައި ނުހުންނަކަމަށާއި، ވިލާތުގެ ޤައުމުތަކަށް އަޑު އިވެނީ އިދިކޮޅު ފަރާތްތަކުން ގޮސް ދައްކާ ވާހަކައިގެ އިތުރުން ކޮޅުނބުގައި ހުންނަ ދެތިން އެމްބަސީއިން ދައްކާ ވާހަކަތަކެއް ކަމަށެވެ.

މިވަގުތު ބްރަސަލްސްގައި ވިލާތުގެ އިއްތިޙާދުގެ މެމްބަރު ޤައުމުތަކުގެ މަންދޫބުންނާއި ބައްދަލުކޮށް، ޤައުމުތަކުގެ ނިންމުން ބަދަލުކުރުމަށް ބާރު އެޅުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ޝައިނީ ވިދާޅުވީ ރާއްޖޭގައި މިވަގުތު އޮތީ އައު ޙާލަތެއް ކަމަށާއި، ވިލާތުގެ އިއްތިހާދުން މީގެ ކުރިން ވަކި ފަރުދުންނަށް އަމާޒުކޮށްގެން ދަތިކުރުމުގެ ފިޔަވަޅުތައް އެޅިފަދަ ޤައުމުތަކުގެ ޙާލަތެއް ރާއްޖޭގައި ނެތް ކަމަށެވެ. އަދި ވިޔަފާރިވެރިންނާއި ދެކޮޅަށް ފިޔަވަޅު އަޅާ ވާހަކަ ދައްކާއިރު، އެވިޔަފާރިވެރިންނަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ޖެހޭ ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ސަރުކާރުގެ އިސް ބޭފުޅުންގެ އެކައުންޓްތަކެއް ނުވަތަ މުދާތަކެއް ވިލާތުގެ ޤައުމުތަކުގައި ނުހުންނާނެ ކަމަށް ޝައިނީ ވިދާޅުވިއެވެ.

"އެހެނެއް ނޫން، އަޅުގަނޑު ކިޔަވަން އުޅުނުއިރު ނޯރވޭގައި ހުޅުވި އެކައުންޓެއް އޮންނާނެ. އެއަކު ނުހުންނާނެ މާގިނަ ފައިސާއެއް. އެއެކައުންޓް ހިފަހައްޓައިގެން ކުރާނެ މާބޮޑު ކަމެއް ނޯންނާނެ،" ޝައިނީ ވިދާޅުވިއެވެ.

މީގެ އިތުރުން ޝައިނީ ވިދާޅުވީ "ޤައުމަށްޓަކައި ކުރާ މަސައްކަތް ފަހުވަގުތާއި ޖެހެންދެން ވެސް ވަރުބަލިކަމެއް ނެތި ކުރައްވާނެ" ކަމަށެވެ.

ވިލާތުގެ އިއްތިޙާދުން ރާއްޖެ އާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާ ހިސާބަށް ގޮސްފައި މި ވަނީ އިސްލާހުކުރަން އެންގި އެތައް ކަމެއް އިސްލާހުނުކޮށް އެތައް ދުވަސްތަކެއް ވުމުންނެވެ. އަދި އިދިކޮޅު ފަރާތްތަކުގެ ވާހަކަތައް ބޭރުގެ ފަރާތްތަކުން ޤަބޫލުކުރާ ވާހަކަ ސަރުކާރުން ދައްކަވާ އިރު، ވިލާތުގެ އިއްތިޙާދަށް ކަނޑައަޅާފައިވާ ރާއްޖޭގެ އެމްބަސީއެއް ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި ހުންނައިރު، އަދި އަހަރަކު އެތައް މިލިއަން ރުފިޔާއެއްގެ ބަޖެޓެއް ކަނޑައަޅާފައިވާ އިރު އެތަނުން ކުރާ މަސައްކަތަކީ ކޮބައިތޯ ކުރީގެ ޚާރިޖީ ވަޒީރު އަދި މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދުވަނީ ނިމިދިޔަ ހަފްތާގައި ސުވާލު އުފައްދަވާފައެވެ. ބްރަސަލްސްގެ އިތުރުން އިނގިރޭސިވިލާތުގެ ލަންޑަނާއި، ޖަރުމަންވިލާތުގެ ބަރލިން އަދި ސްވިޓްޒަލެންޑްގެ ޖެނީވާގައި ވެސް ރާއްޖޭގެ އެމްބަސީތައް ހުރެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިޚާބު ފަސްކުރާކަށް އިތުރު ފުރުސަތެއް ނުދޭނަން: ޑރ ޑީޑީ

އިންތިޚާބު ފަސްކުރާކަށް އިތުރު ފުރުސަތެއް ނުދޭނަން: ޑރ ޑީޑީ

06 ފެބުރުއަރީ 2017
ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި

ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި

04 ފެބުރުއަރީ 2017
 ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަކުން މާބޮޑު އަސަރެއް ނުކުރާނެ:ލަތީފް

ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަކުން މާބޮޑު އަސަރެއް ނުކުރާނެ:ލަތީފް

01 ފެބުރުއަރީ 2017
އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް

އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް

29 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު