Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެޓީވީގެ ބަޔާން

ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ދިނުމުގެ ނަމުގައި އެކުލަވާލާ އުސޫލުގެ ދަށުން މީޑިއާގެ މިނިވަން ކަމަށް ހުރަސް ނޭޅުމަށް ރާއްޖެޓީވީން ގޮވާލައިފި

16 ޖުލައި 2018 | ހޯމަ 03:30

މިހާރު އޮތް ގޮތަށް ފާސްކޮށް އަމަލު ކުރަން ފަށައިފިނަމަ ރާއްޖޭގެ ޤާނޫނު އަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅިދާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 16 ޖުލައި 2018 | ހޯމަ 03:30
ރާއްޖެޓީވީން ބްރޯޑްކޮމްގައި މިއަހަރުގެ ފެބްރުއަރީ މަހު ބޭއްވި ބައްދަލުވުމުގެ ތެރެއިން

ރާއްޖެޓީވީން ބްރޯޑްކޮމްގައި މިއަހަރުގެ ފެބްރުއަރީ މަހު ބޭއްވި ބައްދަލުވުމުގެ ތެރެއިން

ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ދިނުމުގެ ނަމުގައި އެކުލަވާލާ އުސޫލުގެ ދަށުން މީޑިއާގެ މިނިވަން ކަމަށް ހުރަސް ނޭޅުމަށް ރާއްޖެޓީވީން ގޮވާލައިފިއެވެ.

އާދިއްތަ ދުވަހު ރާއްޖެޓީވީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންނަށް ހަމަ ހަމަ ފުރުސަތު ހޯދައިދިނުމުގެ ނަމުގައި ބްރޯޑްކާސްޓިންގ ކޮމިޝަނުން އެކުލަވާލައިފައިވާ "އިންތިހާބީ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ހާއްސަ ކުރުމުގެ ހަމަތައް ބަޔާންކުރުމާއި އިދާރީ ފިޔަވަޅު އެޅުމާބެހޭ އުސޫލު" އަށް އެކަށީގެންވާ އިސްލާހުތަކެއް ނުގެނެވި މިހާރު އޮތް ގޮތަށް ފާސްކޮށް އަމަލު ކުރަން ފަށައިފިނަމަ ރާއްޖޭގެ ޤާނޫނު އަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ މިނިވަން ކަމަށް ހުރަސް އެޅި މީޑިއާތައް އިތުރު ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓި، އަމިއްލަ ބްރޯޑްކާސްޓަރުންގެ މިނިވަންކަން ގެއްލި، ސްޓޭޝަންތަކަށް ބޮޑެތި ގެއްލުންތައް ލިބިދާނެ ކަމެއް ކަމަށް އެ ސްޓޭޝަނަށް ފެންނާތީ ކަންބޮޑުވާ ކަމަށެވެ.

Advertisement - newsAdvertisement

ރާއްޖެޓީވީ ފަދަ ރާއްޖޭގައި ހަރަކާތްތެރިވާ އަމިއްލަ ބައެއް މީޑިއާތަކަކީ ބޭއިންސާފުން ނުހައްޤު ބޮޑެތި އަދަބުތަކެއް ލިބިފައިވާ ތަންތަން ކަން ފާހަގަކޮށް އެ މައްސަލަތަކުގެ އިސްތިއުނާފުގެ މަރުހަލާތައް ހިނގަމުން ދަނީ ނުހަނު ލަސްމިނެއްގައިކަން ފެންނަން އޮތުމާއެކު، ބްރޯޑްކާސްޓިންގ ކޮމިޝަނުން މައްސަލަތައް ބެލުމުގައި މިހާތަނަށް އަމަލު ކޮށްފައި ވަނީ އިތުބާރު ހިފޭ އިންސާފުވެރި ގޮތެއްގައި ނޫން ކަމަށް ޤަބޫލުކުރެވޭ ހިނދު، އަލަށް އަމަލުކުރަން ފަށާފައިވާ އުސޫލުގެ ދަށުން އެ ކޮމިޝަނުން މައްސަލަ ބެލުމަށް ފަހު ލައިސަންސް ބާތިލް ކުރަން ކޯޓަށް ހުށަހެޅުމުގެ ފުރުސަތު އޮންނަ ގޮތަށް މިހާރުގެ ޑްރާފްޓްގައި އޮތުމަކީ އިންތިހާއަށް ކަންބޮޑުވާކަމެއް ކަމަށް ރާއްޖެޓީވީން ބުންޏެވެ.

މީގެ އިތުރުން އަލަށް އެކުލަވާލާ އުސޫލުގެ ދަށުން އެ ކޮމިޝަން އިންސާފުވެރި ނުވާނެ ކަމަށް ޤަބޫލުކުރެވޭ އެންމެ ބޮޑު އެއް ސަބަބަކީ މިހާރު ވެސް ޤާނޫނުގެ ދަށުން ހަމަހަމަ ފުރުސަތު ނުދޭތީ އާއި އެކަންތައްތަކަކީ ފެންނަ ކަންތައްތަކެއް ނޫންކަމަށް އެކޮމިޝަނުން ހަދާފައިވުން ކަމަށް ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

ރާއްޖެޓީވީން އަމިއްލައަށް އިސްނަގައިގެން އިންތިހާބުގައި ހަމަހަމަ ފުރުސަތު ދިނުމަށް ޕާޓީތަކާއި މަޝްވަރާކުރާކަން ފާހަގަކޮށް ރާއްޖެޓީވީން ބުނީ ޕްރައިވެޓް ބްރޯޑްކާސްޓަރުންގެ އެއަރ ޓައިމް ކަނޑައެޅުމުގައި އޮންނަ މިނިވަންކަން ހަނިކޮށް އެހެން ބައެއްގެ އަތްދަށަށް އޭގެ ބާރު ގެންދިއުމަށް ކުރާ ކަންކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައެވެ.

އެ އުސޫލަށް ކޮމެންޓް ކުރުމަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން ދިން ވަގުތަކީ ވަރަށް ކުރު މުއްދަތަކަށްވެފައި އޭގައި ނުހަނު ކަންބޮޑުވާ މައްސަލަތައް ހުރުމާއެކު އެކަށީގެންވާ ގޮތެއްގައި އެ އުސޫލާމެދު މަޝްވަރާ ކުރެވި ޤާނޫނީ ލަފާ ހޯދުމުގެ ފުރުސަތު އިތުރު ކޮށްދެއްވުމަށް ކޮމިޝަނުގައި އެދިފައިވާ ކަމަށް ވެސް ރާއްޖެޓީވީން ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

14 ޖެނުއަރީ 2017
އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް