Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަރުކާރު ވައްޓާލަން އުޅުން

ޑީޖޭއޭގެ އެޑްމިނިސްޓްޜޭޓަރގެ މަގާމުން ހަސަން ސައީދު ވަކިކޮށްފި

15 ޖުލައި 2018 | އާދީއްތަ 16:33

ހަސަން ސައީދު ހުންނެވީ ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 15 ޖުލައި 2018 | އާދީއްތަ 16:33
ޑީޖޭއޭގެ ކުރީގެ އެޑްމިނިސްޓްރޭޓަރ ހަސަން ސައީދު

ޑީޖޭއޭގެ ކުރީގެ އެޑްމިނިސްޓްރޭޓަރ ހަސަން ސައީދު

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ އެޑްމިނިސްޓޭޓަރުގެ މަގާމުގައި ހުންނެވި ހަސަން ސައީދު ހުސައިން އެ މަގާމުން ވަކިކޮށްފިއެވެ.

ފެބްރުއަރީ އެކެއްގެ ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން، ސަރުކާރުން 5 ފެބްރުއަރީގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށްފަހު، އެންމެ ފުރަތަމަ ހައްޔަރުކުރި ބޭފުޅުންގެ ތެރޭގައި ހަސަން ސައީދު ހިމެނެ އެވެ. ނަމަވެސް އޭނާ މަގާމުން ވަކިކޮށްފައި މި ވަނީ މި ޖުލައި މަހުގެ 10 ވަނަ ދުވަހު އެވެ.

Advertisement - newsAdvertisement

ހަސަން ސައީދު ހައްޔަރުކުރީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދިން ކަމަށް ކުރާ ތުހުމަތުގެ މައްސަލައެއް ގައެވެ. ގާނޫނު ހިންގަން ހުރަސްއެޅުމުގެ ދައުވާ އޭނާގެ މައްޗަށް އުފުލާފައި ވަނީ އޭނާ ހައްޔަރު ކުރުމަށް ފުލުހުން މަސައްކަތްކުރި އިރު ފުލުހުންނަށް ފިލައިގެން އުޅުނު ކަމަށް ބުނެއެވެ. ސިޔާސީ ބައެއް ލީޑަރުން ހިމެނޭ ގޮތަށް ގިނަ ބޭފުޅުންތަކެއް ދޫކޮށްލަން މި ދިޔަ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާއެކު ފުލުހުން ވަނީ ހަސަން ސައީދު ހޯދަން ވެސް އިއުލާން ކޮށްފަ އެވެ. އަދި ފުލުހުން އޭނާ ހޯދަން ކުރި މަސައްކަތް ސުޕްރީމް ކޯޓުން ވަނީ ހުއްޓުވާފަ އެވެ.

ހަސަން ސައީދުގެ މައްޗަށް ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުނަށް ރިޝްވަތު ދިނުމުގެ ތުހުމަތުކޮށް ކިތާބީ ހެކި ވެސް ހުރި ކަމަށް ފުލުހުން ބުނެފައެވެ.

ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުނުކަމަށް ބުނެ ހައްޔަރު ކޮށްފައިވާ ބޭފުޅުންގެ މައްސަލަތަކުގެ ޝަރީއަތްތައް ކްރިމިނަލް ކޯޓުގައި މީގެކުރިން ވަރަށް ބާރަށް ހިނގަމުންދިޔަ ނަމަވެސް މިވަގުތު އެ ޝަރީއަތްތަކުގެ އަޑުއެހުންތައް މަޑުޖެހިފައިވާކަން ފާގަހަ ކުރެވެއެވެ. މިދިއަ ފެބްރުއަރީ މަހު ފުލުހުން ވަނީ ހަސަން ސައީދު ދިރިއުޅުއްވާ އެޕާޓްމަންޓް ބަލައި ފާސްކޮށްފައެވެ. ހަސަން ސައީދުގެ ގެ ބަލައި ފާސްކުރި އިރު ހަސަން ސައީދުގެ އެނދުގެ ގޮދަޑި ދަށުން ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
25 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި

25 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި
20 ޖެނުއަރީ 2017

ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

20 ޖެނުއަރީ 2017
ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި

12 ޖެނުއަރީ 2017
ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި
10 ޖެނުއަރީ 2017

ޗެއާޕާސަން ކަމަށް ހަސަން ލަތީފް ދޮރުން ދޮރަށް ކެމްޕޭން ފައްޓަވައިފި

10 ޖެނުއަރީ 2017
ޗެއާޕާސަން ކަމަށް ހަސަން ލަތީފް ދޮރުން ދޮރަށް ކެމްޕޭން ފައްޓަވައިފި
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް