Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ އިންތިހާބު 2018

އިބޫގެ ރަނިންގ މޭޓަކަށް ފައިސަލް ހޮވިއްޖެ!

ފައިސަލް ހޮވުނީ 15 ވޯޓުން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 15 ޖުލައި 2018 | އާދީއްތަ 12:43
އިބްރާހީމް މުހައްމަދު ސޯލިހުގެ ރަނިން މޭޓަކަށް ހޮވިވަޑައިގެންނެވި ފައިސަލް ނަސީމް

އިބްރާހީމް މުހައްމަދު ސޯލިހުގެ ރަނިން މޭޓަކަށް ހޮވިވަޑައިގެންނެވި ފައިސަލް ނަސީމް

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) ގެ ރަނިންގމޭޓުގެ މަގާމަށް ކުރިމަތިލައްވައިގެން ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ހޮވިއްޖެއެވެ.

ހުކުރު ދުވަހުގެ ރޭ މ. ކުނޫޒްގައި ނެގި ސިއްރު ވޯޓުގައި އެ ޕާޓީގެ ކައުންސިލްގެ 41 މެމްބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. ފައިސަލް ހޮވިފައި ވަނީ ކައުންސިލް މެމްބަރުންގެ 15 ވޯޓާ އެކީގައެވެ.

Advertisement - newsAdvertisement

އެ ޕާޓީގެ ފަރާތުން ރަނިންގްމޭޓު ކަމަށް ޖޭޕީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސައިން ރަޝީދާއި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީނާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވަނީ ކުރިމަތިލެއްވި އެވެ.

ޑރ. ހުސެއިން އަށް 2 ވޯޓު ލިބިފައިވާއިރު އަމީނަށް ލިބިފައި ވަނީ 9 ވޯޓެވެ. އަދި އަލީ ހުސެއިންނަށް ލިބިފައިވަނީ 14 ވޯޓެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުކުރު ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބުގައި ޖޭޕީގެ ފަރާތުން ކަނޑައަޅާ ރަނިންގ މޭޓަކު ނިންމުމަށް ޖޭޕީގެ ކައުންސިލްގައި ނަގާ ވޯޓުން، ކޮންމެ ބޭފުޅަކު ކާމިޔާބު ކުރެއްވި ކަމުގައިވީ ނަމަވެސް އެ ނަތީޖާ އެމަނިކުފާނު އަމިއްލަ ގޮތުންނާއި، އަދި އެމްޑީޕީން ވެސް ބަލައިގަންނާނެ ކަމަށެވެ. އަދި އެމަނިކުފާނު ވަނީ މި ޓުވީޓުގައި ހުރިހާ ކެންޑިޑޭޓުންނަށް މަރުހަބާ ދަންނަވާފައެވެ.

އިތުރަށް ކިޔާލަން

15 މެއި 2017

ރައީސް ޔާމީން 2018 އަށް ހޮވިއްޖެ، ދެން އިތުރަށް މަސައްކަތް ކުރާކަށް ނުޖެހޭ: އަލީ މައުރޫފް

15 މެއި 2017
ރައީސް ޔާމީން 2018 އަށް ހޮވިއްޖެ، ދެން އިތުރަށް މަސައްކަތް ކުރާކަށް ނުޖެހޭ: އަލީ މައުރޫފް
08 މެއި 2017

ޔާމީން ބަންދުކުރި މައްސަލަ: އަމީން ފައިސަލްގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދަށް ތާވަލުކޮށްފި

08 މެއި 2017
ޔާމީން ބަންދުކުރި މައްސަލަ: އަމީން ފައިސަލްގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދަށް ތާވަލުކޮށްފި
03 މެއި 2017

ފައިސަލްއާ ސުވާލުކުރީ މަޖިލީހުގެ 42 މެންބަރުން ޖޭޕީއަށް ގެންދަން މަސައްކަތްކުރޭތޯ!

03 މެއި 2017
ފައިސަލްއާ ސުވާލުކުރީ މަޖިލީހުގެ 42 މެންބަރުން ޖޭޕީއަށް ގެންދަން މަސައްކަތްކުރޭތޯ!
02 މެއި 2017

ކާށިދޫ ދާއިރާގެ މެންބަރ ފައިސަލް ނަސީމް ފުލުސް އޮފީހަށް ހާޒިރު ކުރަނީ

02 މެއި 2017
ކާށިދޫ ދާއިރާގެ މެންބަރ ފައިސަލް ނަސީމް ފުލުސް އޮފީހަށް ހާޒިރު ކުރަނީ
13 އެޕްރީލު 2017

އަމީން ފައިސަލްގެ އަޑުއެހުން ކެންސަލް!

13 އެޕްރީލު 2017
އަމީން ފައިސަލްގެ އަޑުއެހުން ކެންސަލް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު