Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފައިސަލް ނަސީމް

ފައިސަލްއާ ސުވާލުކުރީ މަޖިލީހުގެ 42 މެންބަރުން ޖޭޕީއަށް ގެންދަން މަސައްކަތްކުރޭތޯ!

ޤާސިމް އާއި ވިލާ ފައުންޑޭޝަންގެ އެހީތަކާއި ގުޅޭގޮތުން ސުވާލުކުރި

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 3 މެއި 2017 | ބުދަ 12:37
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު، ފައިސަލް ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު، ފައިސަލް ނަސީމް

ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގައި ހިމެނިވަޑައިގަންނަވާ، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު، ފައިސަލް ނަސީމް ފުލުހަށް ހާޒިރުކޮށް، ރައްޔިތުންގެ މަޖިލީހުގެ 42 މެންބަރުން ޖުމްހޫރީ ޕާޓީއަށް ގެންދަން މަސައްކަތް ކުރޭތޯ ސުވާލުކޮށްފިއެވެ.

ބުދަ ދުވަހު ހެނދުނު ފުލުހަށް ހާޒިރުވުމަށްފަހު، މީޑިއާއަށް މައުލޫމާތު ދެއްވަމުން، ފައިސަލް ވިދާޅުވީ، އެނާއާ ފުލުހުން ސުވާލުކުރީ، ރައްޔިތުންގެ މަޖިލީހުގެ 42 މެންބަރުން ޖުމްހޫރީ ޕާޓީއަށް ގެންދަން މަސައްކަތް ކުރޭތޯ ކަމަށާ، އެ ސުވާލަށް ޖަވާބުދެއްވާފައިވާނެ ކަމަށެވެ.

Advertisement - newsAdvertisement
"ކޮންމެ ޕާޓީއަކިވެސް، އެ ޕާޓީއެއްގެ އާންމު މެންބަރުންވެސް، އިތުރުކުރަން މަސައްކަތް ކުރަންޖެހޭނެ ޕާޓީއެއް ކަމަށޭ އަޅުގަނޑު ޤަބޫލުކުރަނީ. ސިޔާސި ޕާޓީއެއް ކަމަށް ވަންޏާ އާންމު މެންބަރުންނާ، އަދި ޕާލިމެންޓޭރިއަނުން އިތުރު ކުރުމަށްޓަކާ މަސައްކަތް ކުރަންޖެހޭނެ. އެއީ، އަޅުގަނޑު ޤަބޫލުކުރާ ގޮތް. އެހެން ނަމަވެސް، ޖުމްހޫރީ ޕާޓީއަށް ވަކިން، ޕާލިމެންޓް މެންބަރުން، ވަކި އަދަދަކަށް ހަމަކުރުމަށްޓަކާ، މަސައްކަތް ކުރާކަމަކަށް އަޅުގަނޑަށް ފެނިފައެއް ނެތޭ،" އޭނާ ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ، އެބޭފުޅާ އާއި ކުރެވުނު ސުވާލުތައް ހުރީ ވަރަށް ބޮޑަށް ވަކި މީހަކަށް އަމާޒު ކުރެވިފައި ކަމަށާ، އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް އާއި ދެކޮޅަށް ދައުލަތުން އުފުލާފައިވާ ދައުވާ އާއި ގުޅޭ ގިނަ ސުވާލުތަކެއް ކުރި ކަމަށެވެ.

އެގޮތުން ޤާސިމް އިބްރާހިމް ރައްޔިތުންނަށް ވެދެއްވާ އެހީތަކާއި، ވިލާ ފައުންޑޭޝަނުން ވެދޭ އެހީތަކާއި ގުޅޭ ގޮތުން ފުލުހުން ސުވާލުކުރި ކަމަށް ފައިސަލް ވިދާޅުވިއެވެ. އެ ސުވާލުގެ ޖަވާބުގައި،އެއީ ފައިސަލް ބައްލަވަން ޖެހިވަޑައިގަންނަވާ ކަންކަން ނޫން ކަމަށާ، ފައިސަލްއަށް އެނގިލައްވަނީ އެބޭފުޅާ ކުރައްވާ ކަންކަން ކަމަށް ދެންނެވި ކަމަށް ފައިސަލް ވިދާޅުވިއެވެ.

ޤާސިމް އިބްރާހިމް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ނުފޫޒު ފޯރުވާކަމަށް ކުރާ ތުހުމަތާ ގުޅޭގޮތުން ވެސް ފައިސަލްއާއި ސުވާލު ކުރި ކަމަށާ، އޭގެ ޖަވާބުގައި އެފަދަ ނުފޫޒެއް ނެތް ކަމަށާ، ޖުމްހޫރީ ޕާޓީ އަކީ ރައްޔިތުންގެ ހައްޤުގައި މަސައްކަތްކުރާ ޕާޓީއެއް ކަމަށް ދަންނަވާފައިވާނެ ކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ، ޖުމްހޫރީ ޕާޓީއަށް ވަކި އަދަދަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހަމަކުރަން މަސައްކަތް ކުރާ ކަމަށް ތުޙުމަތު ކުރާއިރު، ޖުމްހޫރީ ޕާޓީން އެހެން ޕާޓީތަކަށް ގެންގޮސްފައިވާ މެންބަރުން އެގޮތަސް އަމަލުކުރެއްވީ ކީއްވެތޯ އާއީ ކޮން ނުފޫޒެއްގެ ދަށުންތޯ އެ މެންބަރުންނާ ސުވާލު ނުކުރަނީ ކީއްވެތޯ ސުވާލު އުފެއްދެވި ކަމަށެވެ.

ފައިސަލް ނަސީމް ފުލުހަށް ހާޒިރުކޮށް، ސުވާލު ކުރި ނަމަވެސް، އޭނާގެ މައްޗަށް ޖިނާއީ ތުޙުމަތެއް ކޮށްފައެއް ނުވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަޖީދިއްޔާ ސްކޫލުގެ ސްޓޫޑަންޑް ކައުންސިލް މެންބަރުން ހުވާކޮށްފި

މަޖީދިއްޔާ ސްކޫލުގެ ސްޓޫޑަންޑް ކައުންސިލް މެންބަރުން ހުވާކޮށްފި

12 ފެބުރުއަރީ 2017
ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި

ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި

08 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު