Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާ ވާރލްޑް ކަޕް 2018

ވާރލްޑް ކަޕް: ފުރަތަމަ ފަހަރަށް ކްރޮއޭޝިއާ ފައިނަލަށް

މި މެޗުން ކްރޮއޭޝިއާ މޮޅުވީ 2-1 އިން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 12 ޖުލައި 2018 | ބުރާސްފަތި 03:36
ކްރޮއޭޝިއާގެ ކުޅުންތެރިން އުފާފާޅުކުރަނީ

ކްރޮއޭޝިއާގެ ކުޅުންތެރިން އުފާފާޅުކުރަނީ

ފީފާ ވާރލްޑް ކަޕްގެ ދެވަނަ ސެމީ ފައިނަލުގައި އިނގިރޭސިވިލާތާއި ދެކޮޅަށް ކުޅުނު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޖެހި ލަނޑާއެކު ފުރަތަމަ ފަހަރަށް ވާރލްޑް ކަޕެއްގެ ފައިނަލުން ކްރޮއޭޝިއާ ޖާގަ ހޯދައިފިއެވެ.

މޮސްކޯގެ ލުޒްނިކީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފަހަތުން އަރައި ކްރޮއޭޝިއާ އިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މިއީ ވާރލްޑް ކަޕެއްގައި މި ދެ ޓީމުގެ މެދުގައި ކުޅެވުނު ފުރަތަމަ މެޗަށްވާ އިރު މިއީ އިނގިރޭސިވިލާތް ވާރލްޑް ކަޕެއްގެ ސެމީ ފައިނަލުގައި ކުޅުނު ތިންވަނަ ފަހަރެވެ. ހަމައެހެންމެ މިއީ ކްރޮއޭޝިއާ އިން ސެމީގައި ކުޅުނު ދެވަނަ ފަހަރެވެ. ކްރޮއޭޝިއާގެ ފުރަތަމަ އެގާރައިން އެއް ބަދަލު ފެނިގެންދިޔައިރު އިނގިރޭސިވިލާތުގެ ފުރަތަމަ އެގާރައިން އެއްވެސް ބަދަލެއް ފެނިގެން ގޮސްފައެއް ނުވެއެވެ.

ފުރަތަމަ ހާފު ފެށިގެން ފަސް މިނެޓު ނުވަނީސް އިނގިރޭސިވިލާތުން ވަނީ މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައެވެ. ކްރޮއޭޝިއާގެ ގޯލު ކުރިމަތިން އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމެއް ގޯލުގެ ތެރެއަށް ވައްދާލައިގެން އެޓީމަށް ލީޑު ނަގައިދިނީ ކިއެރަން ޓްރިޕިއަރއެވެ. މި ލަނޑާ އެކު ކްރޮއޭޝިއާ އިން ކުޅުން ރަނގަޅުކޮށް ހަމަލާ އުފެއްދުމަށް މަސައްކަތްކޮށްފައިވެއެވެ. އެގޮތުން އެޓީމުގެ އިވާން ޕެރިސިޗް އަދި އެންޓޭ ރެބިޗްއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.

އިނގިރޭސިވިލާތުން ވެސް ވަނީ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން މެޗުގެ 29 ވަނަ މިނެޓުގައި ހެރީ ކޭން ފޮނުވާލި ހަމަލާއެއް ވަނީ ކްރޮއޭޝިއާގެ ގޯލުގެ ދަނޑީގައި ޖެހުމަށް ފަހު ބޭރަށް ގޮސްފައެވެ. އޭގެ ފަހުން ކްރޮއޭޝިއާ އިން ފޮނުވާލި ހަމަލާއެއް އިނގިރޭސިވިލާތުގެ ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ މަތަކޮށްފައެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ އިނގިރޭސިވިލާތުން ފުރަތަމަ ހާފު ނިންމާލިއިރު ދެވަނަ ހާފުގައި ކްރޮއޭޝިއާ އިން ވަނީ ކުޅުން ވަރުގަދަކޮށް އިނގިރޭސި ޑިފެންސަށް ބާރުބޮޑުކޮށްފައެވެ. ކްރޮއޭޝިއާ އިން ކުރިމަތިކުރުވަމުން ދިޔަ ޕްރެޝަރުތަކުގެ ސަބަބުން އިނގިރޭސި ޑިފެންޑަރާއި ކީޕަރުގެ ފަރާތުން ގޯސްތަކެއް ފެނިގެންދިޔައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 68 ވަނަ މިނެޓުގައި ކްރޮއޭޝިއާ އިން ވަނީ އެއްވަރުކޮށްފައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު އިވާން ޕެރިސިޗްއެވެ. އޭގެ މިނެޓެއް ފަހުން އޭނާ ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފައެވެ.

ފުރިހަމަ ވަގުތު ހަމަވިއިރު ވެސް ދެ ޓީމުން ކުރެ ޓީމަކަށް ނަތީޖާ ނެރެވިފައިނުވުމާ އެކު ކުޅެން ދެއްކި އިތުރު ވަގުތުގެ ތެރޭގައި ކްރޮއޭޝިއާ އިން ވަނީ ލަނޑު ޖަހާފައެވެ. މި ލަނޑު މެޗުގެ 109 ވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ މާރިއޯ މަންޒުކިޗްއެވެ.

މިއީ ކްރޮއޭޝިއާގެ ތާރީހުގައި ވެސް ވާރލްޑް ކަޕްގެ ފައިނަލްގައި އެޓީމު ކުޅޭނެ ފުރަތަމަ ފަހަރެވެ. މި މެޗުން ބަލިވި ނަމަވެސް ތިންވަނަ ހޮވާ މެޗުގައި އަންނަ ހޮނހިރު ދުވަހުގެ ރޭ ބެލްޖިއަމްއާ ދެކޮޅަށް އިނގިރޭސިވިލާތް ނުކުންނާނެއެވެ.

ވާރލްޑް ކަޕްގެ ފައިނަލުގައި ކްރޮއޭޝިއާ އަދި ފްރާންސް ކުޅޭ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ އާދިއްތާ ދުވަހުގެ ރޭ ރާއްޖެ ގަޑިން 20:00 ގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

22 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު