Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

ރަންބީރާއި ނުލާ ކަޕޫރު އާއިލާ ޕެރިހުގައި މަޖާކުރަނީ

އީފިލް ޓަވަރ ފެންނަ ގޮތަށް ހުރި ރެސްޓޯރެންޓަކަށް ގޮސް ނަގާފައިވާ ފޮޓޯ ތަކެއް ވަނީ ޝެއަރ ކޮށްފަ

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 11 ޖުލައި 2018 | ބުދަ 06:50
ރަންބީރުގެ އާއިލާ ޕެރިހުގައި

ރަންބީރުގެ އާއިލާ ޕެރިހުގައި

ބޮލީވޫޑްގެ ތަރި ރަންބީރު ކަޕޫރުގެ މަންމަ ނީތޫ ކަޕޫރުގެ 60 ވަނަ އުފަންދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމަށް ކަޕޫރު އާއިލާ ވަނީ ފެރިހަށް ގޮސްފައެވެ.

މިހިނގާ ޖުލައި މަހުގެ 8 ގައި ނީތޫ ގެ އުފަންދުވަސް ފާހަގަ ކުރުމަށް ޕެރިހަށް ދިޔަ ރަންބީރުގެ އާއިލާ އަދިވެސް ދަނީ ޕެރިހުގައި މަޖާކުރަމުންނެވެ. އެގޮތުން ކަޕޫރު އާއިލާގެ މެންބަރުން ކަމަށްވާ ރަންބީރުގެ ބައްޕަ ރިޝީ ކަޕޫރާއި މަންމަ ނީތޫ ކަޕުރާއި، މާމަ ކްރިޝްނާ ރާޖް ކަޕޫރާއި, ދައްތަ ރިއްދިމާ އާއި އޭނާގެ އަންހެން ދަރިފުޅު ސަމާރާ އެކުގައި އީފިލް ޓަވަރ ފެންނަ ގޮތަށް ހުރި ރެސްޓޯރެންޓަކަށް މެންދުރުގެ ކެއުމަށް ގޮސް ނަގާފައިވާ ފޮޓޯ ތަކެއް ނީތޫ ވަނީ ޝެއަރ ކޮށްފައެވެ.

އެ ފޮޓޯގެ ކެޕްޝަންގައި ލިޔެފައިވަނީ އީފިލްޓަވަރ ފެންނާތީ އަދަޔާޚިލާފު އިހުސާސްތަކެއް ކުރެވޭ ކަމަށެވެ.

މީގެ ކުރިންވެސް ވަނީ މި އާއިލާ ޑިޒްނީ ލޭންޑަށް ގޮސް ނަގާފައިވާ ފޮޓޯތަކެއް ވެސް ޝެއާރ ކޮށްފައެވެ. ރިއްދިމާގެ ފިރިމީހާ ބާރަތް ސަހްނީ ޝެއަރ ކޮށްފައިވާ ސަމާރާގެ ފޮޓޯގައި ސަމާރާ ފެނިގެންދަނީ މެޖިކް ކާސަލް އެއްގެ ކުރިމަތީގައި ޑިޒްނީ ޕްރިންސަސް ތަކެއް ޖަހާފައިވާ ޓީޝާޓެއް ލައިގެން ހުއްޓިލައިގެން ހުއްޓައެވެ.

މީގެ އިތުރުންވެސް ބާރަތް ވަނީ ރަންބީރުވެސް ބައިވެރިވި އެ އާއިލާގެ ރޭގަނޑުގެ ކެއުމުގެ ފޮޓޯ ތައްވެސް ޝެއަރ ކޮށްފައެވެ.

ރަންބީރުގެ އެންމެ ފަހުން ރިލީޒްކުރި ފިލްމް "ސުންޖޫ" ވަނީ 270 ކްރޯޑްއަށް އަރާފައެވެ. އަދި އޭނާ މިވަގުތު ދަނީ އާލިޔާ ބަޓް އާއި އެކު ލީޑް ރޯލުން ފެނިގެންދާ އަޔާން މުކަރްޖީ ޑައިރެކްޓް ކުރާ ފިލްމް "ބްރަމާސްތްރާ" ގެ މަސައްކަތްތައް ކުރަމުންނެވެ.

އިތުރަށް ކިޔާލަން

09 ޖޫން 2017

ފޭސްބުކްގައި ޝާހީ އާއިލާއަށް ފާޑު ކިޔުމުން 35 އަހަރަށް ޖަލަށް!

09 ޖޫން 2017
ފޭސްބުކްގައި ޝާހީ އާއިލާއަށް ފާޑު ކިޔުމުން 35 އަހަރަށް ޖަލަށް!
29 މެއި 2017

އަޖޭ އާއި އާއިލާ ރާއްޖޭގައި

29 މެއި 2017
އަޖޭ އާއި އާއިލާ ރާއްޖޭގައި
28 މެއި 2017

ފިލްމުތައް އުފައްދަނީ އޯޑިއެންސަށް، ކްރިޓިކުންނަށް ނޫން: އަރުޖުން ކަޕޫރު

28 މެއި 2017
ފިލްމުތައް އުފައްދަނީ އޯޑިއެންސަށް، ކްރިޓިކުންނަށް ނޫން: އަރުޖުން ކަޕޫރު
01 މެއި 2017

ފަރާ ހާން އާއިލާއާ އެކީ ރާއްޖޭގައި

01 މެއި 2017
ފަރާ ހާން އާއިލާއާ އެކީ ރާއްޖޭގައި
29 އެޕްރީލު 2017

ވިނޯދް ކަންނާގެ ޖަނާޒާގައި ތަރިން މަދުވުމުން ރިޝީ ކަޕޫރު ފާޑު ކިޔައިފި

29 އެޕްރީލު 2017
ވިނޯދް ކަންނާގެ ޖަނާޒާގައި ތަރިން މަދުވުމުން ރިޝީ ކަޕޫރު ފާޑު ކިޔައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު