Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޢަބްދުﷲ ޝާހިދު

ޔާމީން ބޭނުންފުޅުވަނީ މުގާބޭހެން މޮޓޯރކޭޑްގައި ދަތުރުކުރައްވަން، ރައްޔިތުންނާއިމެދު ޒައްރެއްގެ މިންވަރަށްވެސް ވިސްނާލުމެއް ނެތް: ޝާހިދު

11 ޖުލައި 2018 | ބުދަ 03:27

މި ސަރުކާރުން ވެރިކަން ދިފާޢުކުރަން ރައްޔިތުންނަށް ގެއްލުންދެނިވި ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 11 ޖުލައި 2018 | ބުދަ 03:27
ޝާހިދު (ކ) ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް އާއިއެކު ކެމްޕޭންގައި

ޝާހިދު (ކ) ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް އާއިއެކު ކެމްޕޭންގައި

މި ސަރުކާރުން ވެރިކަން ދިފާޢުކުރަން ރައްޔިތުންނަށް ގެއްލުންދެނިވި ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ ކަމަށާއި، ބައިނަލްއަޤްވާމީ މުޖްތަމައުން ރާއްޖެއާއިމެދު ފިޔަވަޅު އަޅާ ހިސާބަށް ދިޔައީ އެކަންކަމުގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ކުރީގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަންގާރަ ދުވަހުގެރޭ ޝާހިދު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ގޮސް ދައްކާހާ ވާހަކައެއް ބޭރުގެ ފަރާތްތަކުން ޤަބޫލުކުރަނީ ނޫން ކަމަށާއި، ބޭރުގެ ފަރާތްތަކުން ޤަބޫލުކުރަނީ ރާއްޖޭގެ ކަން އޮތް ގޮތާއި ހަޤީގަތް ކަމަށެވެ. އަދި ފިޔަވަޅު އަޅާ ހިސާބަށް އެދިޔައީ ވެރިކަން ދަމަހައްޓަން ރައީސް ޔާމީންގެ ސަރުކާރުން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެކަމުގެ ހެކި ބޭރުގެ ފަރާތްތަކަށް ލިބުމުން ކަމަށް ޝާހިދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޝާހިދު ވިދާޅުވީ ވިލާތުގެ އިއްތިޙާދު އުފެދިގެން މިހާތަނަށް އެތައް އަހަރެއްވިއިރު، މިހުރިހާ ދުވަހެއްވިއިރު ރާއްޖެއާއި ދެކޮޅަށް ފިޔަވަޅެއް އަޅާފައި ނުވާކަމަށެވެ. އަދި އީޔޫގެ އޮފިޝަލުންނަށް ރާއްޖޭގައި ހިނގާ ކަންކަން ވަރަށް ސާފުކޮށް އެނގޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ސަރުކާރުގެ އިސް ބޭފުޅުންނާއި ދެކޮޅަށް އެކަނި ފިޔަވަޅު އެޅިޔަސް މުޅި ރާއްޖެއަށް އޭގެ އަސަރު ކުރާނެކަމަށާއި، ރާއްޖޭގެ 'ބްރޭންޑަށް' އޭގެ ނޭދެވޭ އަސަރުކޮށް، ފަތުރުވެރިކަމަށް އަސަރުކުރާނެ ކަމަށެވެ. އަދި އެފަދަ ކަމެއް ވިޔަ ނުދިނުމަށް، ފިޔަވަޅުތައް އެޅުމުގެ މާކުރިން އެފަދަ ކަމެއް ވިލާތުގެ އިއްތިޙާދުން ކޮށްފާނެކަމުގެ އިންޒާރުގެ ރަނގަބީލު ޖަހައި، ކަންކަން އިސްލާހުކުރުމަށް ތަކުރާރުކޮށް ސަރުކާރަށް ގޮވާލި ކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސް އަބްދުﷲ ޔާމީންގެ ގޮތް ދޫނުކުރެއްވުން ޒިމްބާބްވޭގެ ކުރީގެ ރައީސް ރޮބަރޓް މުގާބޭއާއި އެއްގޮތް ކަމަށް ވިދާޅުވެ ޝާހިދު ވިދާޅުވީ މުގާބޭ ވެސް ގޮތް ދޫނުކޮށް ފިޔަވަޅު އެޅިޔަސް ވަރިހަމަކަމަށް ހުންނެވި ކަމަށާއި، އެހެން ނަމަވެސް އެހެން ހުންނެވީ ކުރު މުއްދަތެއްގައި ކަމަށެވެ. އަދި ޒިމްބާބްވޭގެ ވެރިރަށް ހަރާރޭގައި މުގާބޭގެ ރީތި ކާރުކޮޅާއިއެކު މޮޓޯރކޭޑްގައި ދަތުރުކުރައްވާއިރު، ރައްޔިތުން ޙާލުގައި ތިބިތަން ފެނިވަޑައިގެންނެވި ކަމަށް ޝާހިދު ވިދާޅުވިއެވެ.

"އަޅުގަނޑު ދިޔައިން ހަރާރޭއަށް. ހަރާރޭގެ މަގުމަތިތަކާއި ހުރިހާ އެއްޗެއް ވީރާނަވެ ހަލާކުވަމުން ދަނީ. މުގާބޭ ދަތުރުކުރެއްވި މޮޓޯރކޭޑް އަޅުގަނޑު ދުށިން. 150 ކާރު އެއްފަހަރާ ދޭ. ހަމަ ވިދާ ބަބުޅަމުން ދަތުރުކުރަމުންދިޔަ. އެކަމަކު މަގުގެ އަނެއް ފަރާތުގައި ތިބި މީހުން ހަމަ ބަނޑަށް ޖެހިފައި ތިބީ. ޔާމީނުގެ މޮޓޯރކޭޑް ހަމަ އެގޮތަށް ދަތުރުކޮށްލަން ބޭނުންވަނީ. އެކަމަކު ރައްޔިތުންނަށް ވާނެ ގެއްލުމަކާއި ދޭތެރޭ ހަމަ ކުޑަވެސް، ޒައްރެއްގެ މިންވަރުވެސް ފިކުރުފުޅެއް ނެތް،" ޝާހިދު ވިދާޅުވިއެވެ.

ވިލާތުގެ އިއްތިޙާދުން ރާއްޖެއާއި ދެކޮޅަށް ފިޔަވަޅު އަޅަނީ ރާއްޖެއަކީ އިސްލާމީ ޤައުމަކަށް ވާތީ ކަމަށް ރައީސް ޔާމީންއާއި ސަރުކާރުގެ އިސްވެރިން ދައްކަވާ ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން ޝާހިދު ވިދާޅުވީ އިސްލާމީ ޤައުމަކަށް ވީތީ ފިޔަވަޅު އަޅާނަމަ އެއިއްތިޙާދުން އެކަމުގައި އެންމެ ފުރަތަމަ ފިޔަވަޅު އަޅާނީ ސަޢޫދީ ޢަރަބިއްޔާއާއި ދެކޮޅަށް ކަމަށެވެ. އަދި މިއޮތް ހުރިހާ ދުވަހުވެސް ރާއްޖެ އޮތީ އިސްލާމީ ޤައުމެއްގެ ގޮތުގައިކަމަށާއި، އީޔޫއިން އެހެނޭ ކިޔައި ފިޔަވަޅެއް އަޅާފައި ނުވާކަމަށާއި، އަދި ކުރިއަށް އޮތްތަނުގައި ވެސް ރާއްޖެ އިސްލާމީ ޤައުމަކަށްވީތީ ފިޔަވަޅު ނާޅާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. ދީނުގެ ވާހަކަ އެކަމުގެ ތެރެއަށް ގެނެސްގެން ސަރުކާރުން މަސައްކަތްކުރަނީ ރައްޔިތުންނަށް އޮޅުވާލަން ކަމަށް ވިދާޅުވެ، ޝާހިދު ވިދާޅުވީ މިސަރުކާރު އައިސްގެން ރާއްޖެއިން ގުޅުން ކަނޑާލި 2 ޤައުމަކީ ވެސް އިސްލާމް ދެ ޤައުމު ކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރުން ވަނީ މެދުއިރުމަތީގައި އުފެދިފައިވާ މައްސަލަތަކުގެ ތެރެއަށް ވަދެ، ސަޢޫދީގެ އެދުމުގެ މަތިން ޤަތަރު އަދި އީރާނާއިއެކު އޮންނަ ޑިޕްލޮމެޓިކް ގުޅުން ކަނޑާލާފައެވެ. އެހެންކަމުން ސަރުކާރުން ދީނުގެ ވާހަކަ ދައްކައިގެން ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ކުރާކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

ރައީސް ޔާމީން ފެކްޝަނުން ރައީސް މައުމޫނަށް އިންޒާރު ދީފި

19 ޖެނުއަރީ 2017
ރައީސް ޔާމީން ފެކްޝަނުން ރައީސް މައުމޫނަށް އިންޒާރު ދީފި
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް