Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހޯމް މިނިސްޓްރީ

ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިބްރާހިމް އަވަހާރަވެއްޖެ

10 ޖުލައި 2018 | އަންގާރަ 17:45

ކަށުނަމާދު އޮތީ މިރޭ 11ގައި އާސަހަރާގައި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 10 ޖުލައި 2018 | އަންގާރަ 17:45
ވިލިމާލެ، ޕެލަސް (ގ. ބްލޫލެގޫން) މުހައްމަދު އިބްރާހިމް: އަވަހާރަވީ ކުއްލި ގޮތަކަށް

ވިލިމާލެ، ޕެލަސް (ގ. ބްލޫލެގޫން) މުހައްމަދު އިބްރާހިމް: އަވަހާރަވީ ކުއްލި ގޮތަކަށް

ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު، މުހައްމަދު އިބްރާހިމް އަވަހާރަވެއްޖެއެވެ.

ހޯމް މިނިސްޓްރީގެ އިސް މުވައްޒަފަކު "ރާއްޖެއެމްވީ"އަށް ވިދާޅުވީ އަންގާރަ ދުވަހު އާލާސްކަންފުޅާ އުޅުއްވާކަން އޮފީހަށް އެންގެވުމަށްފަހު، އޭނާ ސަލާމް ފޮނުއްވާފައިވާ ކަމަށެވެ. އޭގެ ފަހުން ކުއްލި ގޮތަކަށް ލިބުނީ އޭނާ އަވަހާރަވި ޚަބަރު ކަމަށާއި އެ ޚަބަރާ އެކު މިނިސްޓްރީގެ މުވައްޒަފުންނަށް ކުއްލި ސިހުމެއް ލިބިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

"ވަރަށް އެކްޓިވްކޮށް އުޅުއްވަނީ. އެކަމަކު މިއަދު ވައިބާ ގްރޫޕެއްގައި ލިޔެފައި އޮތް އާލާސްކަންފުޅާ އުޅުއްވާ ވާހަކަ. އެކަހަލަ ބޮޑު ބައްޔެއްގައި ވެސް ނޫން އުޅުއްވަނީކީ. އެހެން ހުއްޓާ ކުއްލިއަކަށް މިއަދު 3 ޖެހިފަހުން މި އެނގުނީ ނިޔާވިކަން،" ހޯމް މިނިސްޓްރީގެ އިސް ބޭފުޅަކު ވިދާޅުވިއެވެ.

މުހައްމަދު އިބްރާހިމްގެ އަރިސް ބޭފުޅަކު ވިދާޅުވީ އޭނާ އަވަހާރަވީ ހާޓްއެޓޭކެއް ޖެހިގެންކަން އެނގޭ ނިޝާންތަކެއް ފެންނަން ހުރި ކަމަށެވެ.

ރައީސް ވަހީދުގެ ސަރުކާރުން ފެށިގެން މުހައްމަދު އިބްރާހިމް ގެންދަވަނީ ސަރުކާރުގެ ސިޔާސީ މަގާމުތައް ފުރުއްވަމުންނެވެ. އަދި ޕީޕީއެމް ކެމްޕެއިން ރެލީތަކުން ވެސް ފެންނަ، މުހައްމަދު އިބްރާހިމް ވަނީ ފިލްމީ ދާއިރާގައި ވެސް މަސައްކަތްތަކެއްކޮށްފައެވެ.

އޭނާއަކީ ދައުލަތަށް ބޮޑެތި ހިދުމަތްތަކެއް ކުރެއްވި މަޝްހޫރު ބޮޑުބެ އިބްރާހިމްފުޅުގެ ދަރިކަލެކެވެ. އަދި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ކައިވެނި ބައްލަވައިގެން އުޅުއްވަނީ މުހައްމަދު އިބްރާހިމްގެ ދަރިކަލަކާއެވެ.

މުހައްމަދު އިބްރާހިމް މޫނު ދެއްކުން މިރޭ 10:45އާ ހަމައަށް އާސަހަރާގައި ކުރިއަށްދާނެއެވެ. ކަށު ނަމާދު އޮތީ މިރޭ 11:00ގައި އާސަހަރާ މިސްކިތުގައެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!
30 ޖެނުއަރީ 2017

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު
27 ޖެނުއަރީ 2017

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017
ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު
27 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ

27 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް