Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފަލަ ސުރުހީ

އިމްރާން ހުންނެވީ ރައްޔިތުންނާއެކު، ހެޔޮ އެދެނީ ކާކުކަން ނިންމާނީ ޝަހީމެއް ނޫން:ޝިދާތާ

ޝަހީމަށް ވަރަށް ފާޑުވިދާޅުވި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ, ރާއްޖެ އެމްވީ | 10 ޖުލައި 2018 | އަންގާރަ 02:37
ޝިދާތާ ޝަރީފް ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި

ޝިދާތާ ޝަރީފް ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި

ޖަލަށް ހުކުމްކޮށްފައި ހުންނެވި އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ ހުންނެވީ ރައްޔިތުންނާއެކުގައި ކަމަށް އަދާލަތު ޕާޓީގެ ފޮރިން ރިލޭޝަންސް ކޮމިޓީގެ މުޤައްރިރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެ އެވެ.މި އުޑު ދަށުގައި ޝެއިހް އިމްރާނަށް އެންމެ ހެޔޮއެދޭ ބޭފުޅަކީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ރިޔާސީ ޓިކެޓުގައި ވާދަކުރައްވާ ރައީސް ޔާމީންގެ ރަނިން މޭޓު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ކަމަށް އެބޭފުޅާ ހޯމަ ދުވަހު ވިދާޅުވުމުން އެއަށް ރައްދުދެއްވާ ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމުގައި ހޯމަ ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން ޝިދާތާ ވިދާޅުވީ ޝައިޚް އިމްރާން ހުންނެވީ ރައްޔިތުންނާއި އެކުގައި ކަމަށާއި އެބޭފުޅާގެ ނަފްސް ޖަލުގައި ވީކަމުގައި ވިޔަސް ހިތާއި ވިސްނުން ހުރީ ރައްޔިތުންނާއި އެކުގައި ކަމަށެވެ. ރަނިން މޭޓަކަށް ޝަހީމް ހަމަޖެއްސެވުމުގެ ކުރިން ގޭބަންދަށް ބަދަލު ކުރައްވާފައި ހުންނެވި އިމްރާން ހުންނެވީ ގޮތަކީ މިއީ ކަމަށާއި އެގޮތަށް އޭނާ ވިދާޅުވެފައިވާ ކަމަށް ޝިދާތާ ވިދާޅުވި އެވެ. .އެ ދެ ބޭފުޅުންގެ ރަހްމަތްތެރިކަމަށް ގާތްގަނޑަކަށް 30 އަހަރު ވުމަށް ގާތްވެފައިވާއިރު، އިމްރާނަށް އެންމެ ހެޔޮއެދޭ ބޭފުޅާކަމަށް ވާނީ ޝަހީމް ކަމަށް އަމިއްލަފުޅަށް ވިދާޅުވިޔަސް، އެކަން ނިންމަވާނީ ޑރ. ޝަހީމް ނޫން ކަމަށާއި އިމްރާން ކަމަށް ޝިދާތާ ވިދާޅުވި އެވެ.

ފާއިތުވި ދުވަސް ތަކުގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު އިމްރާން ހުރަގޭގައި އެތައް ދުވަހެއް ހޭދަކުރުމަށް މަޖުބޫރު ކުރުވި ވެރިޔާގެ ފަހަތްޕުޅުގައި ޑރ. ޝަހީމް ހުންނަވަނީ އެއީ ޝައިޚް އިމްރާން ދެކެ ލޯބިފުޅުވާތީތޯ ވަނީ ޝިދާތާ ސުވާލު އުފައްދަވާފަ އެވެ. ރައީސް ޔާމީނަށް ނިސްބަތް ކުރައްވައި މިހެން ވިދާޅުވި ނަމަވެސް، އެއްވެސް ބޭފުޅެއްގެ ނަމެއް ޝިދާތާ ފާހަގަ ނުކުރައްވަ އެވެ.

Advertisement - newsAdvertisement

ޝަހީމް އާއި ރައީސް ޔާމީން

އިމްރާން ސަރުކާރު ފަޅިއަށް އެރުއްވުމަށް ޑރ. ޝަހީމް ގޮވާލައްވާފައިވާއިރު، ޝިދާތާ ވަނީ ގިނަ ސުވާލުތަކެއް އުފައްދަވާފައެވެ. އެގޮތުން އިމްރާން ޖަލުގައި ހުންނެވީ ކުށެއް ކުރައްވައިގެން އިންސާފުންތޯ އަދި ހައްގު ހުކުމެއްގައިތޯ ސުވާލު އުފެއްދެވި އެވެ. ލޯބިފުޅުވާ ބޭފުޅަކަށް އެފަދަ ބޮޑެތި އަނިޔާ ލިބިގެން ދާއިރު އެ އަނިޔާގެ ފަހަތުގައި ހުންނެވި ބޭފުޅަކަށް ބައިއަތު ހިއްޕަވައިގެން ހުންނެވީ ހެޔޮއެދިވަޑައިގަންނަވާތީތޯ ވެސް ޝީދާތާ ވަނީ ސުވާލު ކުރައްވާފައެވެ.

މީގެ އިތުރުން ޝިދާތާ ވިދާޅުވީ ފެނިގެން ދިޔައީ ރައީސް ޔާމީނާއެކު ދިޔަ ކޮންމެ ބޭފުޅެއްގެ ދުވަސްތައް ވަރަށް ހިތި ގޮތަކަށް ނިމެގެން ދިޔަ ތަން ކަމަށާއި އަދި ވަކިން ޚާއްސަކޮށް ނައިބު ރައީސްގެ މަގާމަށް ވަޑައިގެންނެވި ހުރިހާ ބޭފުޅުންގެ ނިމުން މިހާތަނަށް އޮތީ އެންމެ ހިތިކޮށް ކަމަށް ފާހަގަ ކުރެއްވެވި އެވެ.

ޑރ ޝަހީމް އަކީ ގާތް އަޚެއް ކަމަށާއި ކުރީގެ ނައިބު ރައީސުން ގޮތަށް ޑރ. ޝަހީމްގެ ނިމުންވެސް ހިނގައިދާނެތީ ހިތާމަ ކުރައްވާކަމަށް ޝިދާތާ ވިދާޅުވިއެވެ. އެހެން ނަމަވެސް އަފަދަ އަނިޔާއެއްގެ ޝިކާރައަށް ޑރ. ޝަހީމް ވާދުވަހަކުން ވެސް އެމަނިކުފާނުގެ ހައްގުގައިވެސް އަޑުއުފުލާ މީހެއްގެ ގޮތުގައި އެންމެ ކުރީގައި ހުންނަވާނެ ކަމަށް ޝިދާތާ ވިދާޅުވިއެވެ.

މިސަރުކާރު ތެރޭގައި މިހިނގާ ކަންކަމަކީ އަދި ކުރިއަށް ނެރެފައި އޮތް ވައްކަމާއި ކޮރަޕްޝަނާއި އަނިޔާވެރި ކަމާއި ބޭއިންސާފު އެންމެންނަށް އިނގޭ ކަމަށާއި އެހެންކަމުން މިއަދު މި ސަރުކާރު "ދީނީ" ވާ ގޮތެއް އެއްގޮތަކަށް ވެސް ނުވިސްނޭ ކަމަށް ޝިދާތާ ވިދާޅުވިއެވެ. އަދި އެއްވެސް ދީނީ އިލްމުވެރިއެއް ކޮރަޕްޝަނާއި އަނިޔާވެރިކަމާއި ބޭއިންސާފަށް ތަރުހީބުދީ ވާހަކަ ދައްކާ މިކަންކަމަކީ އެންމެ ހެޔޮކަމެއްގެ ގޮތުގައި ދެކޭތަން ފެނިގެން ނުދާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ޑރ. ޝަހީމް، ޝެއިޚް އިލްޔާސް، ޝެއިޚް އިމްރާން އަދި ޑރ. މައުރޫފް: ރާއްޖޭގެ އެންމެ މަޝްހޫރު އިލްމްވެރިޔާގެ ގޮތުގައި ހުންނެވި އިލްޔާސް ވެސް ޝަހީމުގެ ނިންމެވުމަށް ތާއިދު ނުކުރައްވާކަން ވަނީ ހާމަކުރައްވާފައި

މިސަރުކާރަށް ރައްޔިތަކު ދީނީވެގެން ނުވަތަ ދީނީ ކަންކަމަށް މަގުފަހިކޮށްފާނެ ކަމަށް ގަބޫލު ކޮށްގެންވެސް ވޯޓެއް ދޭންވީ ނުވަތަ އިތުރު ދައުރަކަށް އެންމެ ދުވަހަކަށްވެސް ބާއްވަންވީ ސަބަބެއް ގިނަ ބަޔަކަށް ވިސްނޭކަމަކަށް ގަބޫލު ނުކުރެވޭ ކަމަށް ޝިދާތާ ވިދާޅުވިއެވެ.

ވައްކަމާއި ކޮރަޕްޝަންގެ އަމަލެއް ނުހިންގައި ކުޑަކުޑަ މުއާމަލާތެއްވެސް މިސަރުކާރުން ހިންގާފައި ނުވާ ކަމަށާއި ސަރުކާރުގެ ކޮންމެ މަޝްރޫއު އަކަށް ބެލިޔަސް ސުވާލު އުފެދޭ އެތައް ކަންތައްތަކެއް ނެތް އެއްވެސް މަޝްރޫއުއެއް މިހާތަނަށް ސަރުކާރުން ހިންގަފައި ނުވާކަން ވެސް ޝިދާތާ ފާހަގަ ކުރެއްވިއެވެ.

ޝިދާތާ ވިދާޅުވީ ޔާމީނަށް ރައީސުލް ޖުމްހޫރިއްޔާގެ މަގާމުގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ ރައްޔިތުންގެ ލާބައަށް މަސައްކަތް ކުރައްވާނެ ފުރުސަތެއް ފަސް އަހަރު ހަމަވެގެން ދާއިރު ލިބިފައި ނުވާކަމަށާއި ދައުރު ނިމގެން މިދަނީ ކޮންމެވެސް ކަހަލަ ހަނގުރާމައެއް ނޫނީ ބަހުގެ ހަމަލާތަކެއް ދެއްވުމުގައި ކަމަށެވެ. ރައްޔިތުންނަށް ޚިދުމަތް ކުރަން ފުރުސަތު ލިބުނު ކަމަކަށް ނުފެންނަ ކަމަށާއި ރާއްޖޭއަށް މިއަދު މިހެން މި ވާންޖެހުނީ މި ސަރުކާރުގެ ދޯހަޅި ކަމާއި ރައްޔިތުންގެ ތާއީދު ގެއްލިފައި ވާލެއް ބޮޑު ކަމުންކަމަށް ވެސް ޝިދާތާ ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓަރު ކަމުގައި ހުންނެވުމަށް ފަހު ޝަހީމް އިސްތިއުފާ ދެއްވީ އިމްރާން ޖަލަށްލުމުންނެވެ. ނަމަވެސް އެއަށް ފަހު އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރުކަން ގަބޫލުކުރައްވައި، އެ މަގާމުގައި ހުންނެވުމަށް ފަހު ޗާންސެލަރަކަށް ބަދަލުވެވަޑައިގެންނެވި އެވެ.

އަދާލަތު ޕާޓީ އުފެއްދުމުގައި ވެސް އިސްކޮށް އުޅުއްވި ޑރ. ޝަހީމް، އެ ޕާޓީން ވަކިވެވަޑައިގަތީ ސިޔާސީ ކަންކަމާ ދުރަށްވަޑައިގަނެ، އިޖުތިމާއީ އަދި ދީނީ ކަންކަމަށް ހިދުމަތް ކުރުމަށް ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ރައީސް ޔާމީންގެ ރަނިން މޭޓަކަށް ޑރ. ޝަހީމް ހަމަޖައްސަވާ ކަމުގެ އަޑުތައް ފެތުރިގެން ގޮސްފައި ވަނިކޮށް، ސިޔާސީ ދާއިރާއިން އަލުން ފެނިގެން ގޮސްދާނެ ކަަމަށް ވިދާޅުވި އެވެ.

ޝަހީމް މިހާރު ނިންމަވާފައިވަނީ ޕީޕީއެމްގެ މެމްބަރަކަށް ވުމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގާސިމް ހުންނެވީ ގާނޫނާ ހިލާފު ބަންދެއްގައި، ވަގުތުން މިނިވަންކުރޭ:ޖޭޕީ

ގާސިމް ހުންނެވީ ގާނޫނާ ހިލާފު ބަންދެއްގައި، ވަގުތުން މިނިވަންކުރޭ:ޖޭޕީ

09 އެޕްރީލު 2017
ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް، ހެޔޮވެރިކަމެއް ޤާއިމްކުރާނަން: ރައީސް ނަޝީދު

ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް، ހެޔޮވެރިކަމެއް ޤާއިމްކުރާނަން: ރައީސް ނަޝީދު

30 މާރިޗު 2017
މިނިވަންކަމާއި ދެކޮޅަށް ވޯޓުދެއްވައިފިނަމަ، ދުވަހަކުވެސް މެމްބަރުންނަށް ރައްޔިތުން މައާފެއް ނުކުރާނެ: އިމްރާން އަބްދުﷲ

މިނިވަންކަމާއި ދެކޮޅަށް ވޯޓުދެއްވައިފިނަމަ، ދުވަހަކުވެސް މެމްބަރުންނަށް ރައްޔިތުން މައާފެއް ނުކުރާނެ: އިމްރާން އަބްދުﷲ

26 މާރިޗު 2017
 ފާރިސްގެ ހިތްވަރު އެލުވައެއް ނުލެވޭނެ، އެ ހުންނެވީ ސާބިތުކަމާއެކު: މުސްތަފާ

ފާރިސްގެ ހިތްވަރު އެލުވައެއް ނުލެވޭނެ، އެ ހުންނެވީ ސާބިތުކަމާއެކު: މުސްތަފާ

25 މާރިޗު 2017
އިމްރާންގެ އިސްތިއުނާފު އަޑުއެހުންތައް ނިންމާލައިފި

އިމްރާންގެ އިސްތިއުނާފު އަޑުއެހުންތައް ނިންމާލައިފި

21 މާރިޗު 2017

އަހަރުތަކުން މިއަދު

21 ޖޫން
ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް
20242 އަހަރު ކުރިން
ރާއްޖެ

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު
20215 އަހަރު ކުރިން
ރާއްޖެ

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ
20197 އަހަރު ކުރިން
ރާއްޖެ

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު