Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ މެނިފެސްޓޯ

އެމްޑީޕީގެ ވެރިކަމުގައި ޓީޗަރުންގެ މުސާރަ ބޮޑު ކުރަނީ

9 ޖުލައި 2018 | ހޯމަ 06:23

ޓީޗަރ ޓްއިނިންގއަށް ޝައުގުވެރިކުރުމާއެކު މީހުން މިދާއިރާގައި ދެމިތިބުމަށް ބާރު އެޅުމަށް މަސައްކަތް ކުރާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 9 ޖުލައި 2018 | ހޯމަ 06:23
ސްކޫލު ދަރިވަރުންނަށް ކިޔަވައިދެނީ...

ސްކޫލު ދަރިވަރުންނަށް ކިޔަވައިދެނީ...

އެމްޑީޕީގެ ވެރިކަމުގައި ޓީޗަރުންގެ މުސާރަ ބޮޑުކޮށް ކިޔަވައިދިނުމަށް އަމާން މާހައުލެއް ގާއިމް ކޮށްދޭނެ ކަމަށް އެޕާޓީން ބުނެފިއެވެ.

ކޯލިޝަން ސަރުކާރަށް އެމްޑީޕީން ހުށަހަޅަފައިވާ މެނިފެސްޓޯގައި މައިގަނޑު ފަސް ވައުދެއް ރައްޔިތުންނަށް ވަނީ ވެފައެވެ. އެގޮތުން ފަހުރުވެރި އާއިލާގެ ވައުދުގެ ދަށުން އަންނަ ވައުދުގެ ބައިގައި ގިނަ ކަންތައްތައް ކުރުމަށް އެމްޑީޕީން ވަނީ ވައުދުވެފައެވެ.

Advertisement - newsAdvertisement

އެމްޑީޕީން ބުނީ ރަނގަޅު ފެންވަރުގެ ކުދިން ޓީޗަރ ޓްއިނިންގއަށް ޝައުގުވެރިކުރުމާއެކު މިދާއިރާގައި ދެމިތިބުމަށް ބާރު އެޅުމުގެ ޓީޗަރުންގެ މުސާރައައި އިނާޔަތްތައް ބޮޑު ކުރާނެ ކަމަށެވެ. ބުރަ ބޮޑުވެ ބަރުހެލިވުމާއި ހާސްކަމެއް ނެތި ކިޔަވައިދެވޭނެ މާހައުލު ޓީޗަރުންނަށް ތަނަވަސްކޮށްދެވި، އިތުރަށް އުނގެނެވޭނެ ފުރުސަތުތައް ޓީޗަރުންނަށް ފަހިކޮށްދޭނެ ކަމަށް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީން ބުނީ ސްކޫލުތަކުގައި ބަލިކަށިވެފައި އޮތް އިތުރުއެހީގެ ނިޒާމު ވަރުގަދަ ކޮށް ހަރުދަނާކުރެވޭނެ ކަމަށާއި، ކޮންމެ ކުއްޖަކަށް ބޭނުންވާނެ އުނގެނުމުގެ އެހީތެރިކަން ލިބިދެވެމުންދާކަން ކަށަވަރު ކުރާނެ ކަމަށެވެ.

ގްރޭޑް 10 އިން މައްޗަށް ކިޔެވެން ނެތް ރަށްރަށުގެ ކުދިންނަށް އަމާޒު ކޮށްގެން ކޮންމެ އަތޮޅެއްގައި ޖޫނިއަރ ކޮލެޖް ގާއިމްކުރެވޭނެކަން ފާހަގަކުރައްވައި އެމްޑީޕީން ބުނީ ޓެކްނިކަލް ވޮކޭޝަނަލް އެޑިޔުކޭޝަން ޝައުގުވެރިވާ ދަރިވަރުންނަށް މިތަންތަނުން ފުރުސަތު ހުޅުވާލެވޭނެއެވެ.

"ކޮންމެ އަތޮޅެއްގައި ޖޫނިއާރ ކޮލެޖް ގާއިމް ކުރެވޭނެ" އެމްޑީޕީގެ ވައުދުގައިވެއެވެ.

އޭގެ އިތުރުން ޚާއްސަ އެހީއަށް ބޭނުންވާ ކުދީންނަށް އަޅާލައި އެހީތެރިވެދޭ ނިޒާމު އިތުރަށް ހަރުދަނާ ކުރާނެ ކަމަށާއި، ތަފާތު ސްޓީމް އިހްތިޔާރު ކުރި ނަމަވެސް ތައުލީމު ދިނުމުގެ މައިގަނޑު ނުގެއްލޭ ގޮތަށް ބައްޓަން ކުރެވިފައިވާ އާމަންހަޖު އެންމެ ހެޔޮ ގޮތުގައި ތަންފީޒުކުރެވި ޓިވެޓް ހުނަރުތައް ދަރިވަރުންނަށް ލިބިދެވޭކަން ކަށަވަރުކުރާނެ ކަމަށް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީން ބުނީ އެޕާޓީގެ ވެރިކަމުގެ 3 އަހަރު ތެރޭ އެކުލަވާލެވުނު ބަރާބަރު ސްކޫލް އިންޑިކޭޓާރސް އިތުރަށް މުރާޖަޢާކުރެވި، އޭގެ ބޭނުން ކޮށްގެން ސްކޫލުތަކުގެ ފެންވަރު ބަލަމުންގެންދެވޭ ގޮތަށް ތައުލީމީ ނިޒާމު ބައްޓަން ކުރެވޭނެ ކަމަށެވެ. އަދި ޖަޒީރާ ދަރިވަރު އުނގެނެމުންދަނީ އެއްދަންފަޅިއަށް ހިނގޭ ސްކޫލުތަކެއްގައި ވަށައިޖެހޭ ތައުލީމަކަށް ހަދާނެ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީން ބުނީ ޖަޒީރާ ސްކޫލުތަކާއި، ދާއިރާ ސްކޫލުތަކަށް ދަތުރު ކުރާ ގޮތަށް އޮންނަ ދަތުރުފަތުރުގެ ވިއުގަ، ރަށްތައް ގުޅުވާލަދޭނެ ކަމަށެވެ. މާލެއާއި ބޮޑެތި ރަށްރަށުގައި ސްކޫލް ބަސް ތައާރަފްކުރެވި، ގޭ ކަންމައްޗާއި ހަމަޔަށް ދައުލަތުގެ ބެލެހެއްޓުންތެރިކަމުގެ ދަށުން ސްކޫލުކުދިން އުފުލައިދޭނެކަން ފާހަގަކުރައްވައި އެމްޑީޕީން ބުނީ ސްކޫލުތަކާއި ގެއާއި ވަޒީފާއަދާކުރާ ތަނާ ދެމެދު ބެލެނިވެރީން އުފުލަންޖެހޭ ތަކްލީފުތަކަށް ލުއިކަން ގެނެސްދޭނެ ކަމަށެވެ.

މީގެ އިތުރުން އެމްޑީޕީން ބުނީ ހުރިހާ ދިވެހިންނަށް މަތީ ތައުލީމު ލިބިދިނުމަކީ އެމްޑީޕީ ސިޔާސަތު ކަމަށާއި، މިކަމަށްޓަކައި ފުދުންތެރިކަން ކުޑަ އާއިލާތަކުގެ ކުދިންނަށް ހިލޭ މަތީ ތައުލީމު ފޯރުވައިދެވޭނެ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ މަތީތައުލީމުގެ ފެންވަރު ރަނގަޅުކޮށް ހިފެހެއްޓުމަށްޓަކައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގެންނާންޖެހޭ ބަދަލުތައް ގެންނާނެ ކަމަށެވެ.

އިހުއޮންނަ ގޮތަށް ރަށުން ބޭރަށް ގޮސް ގޭގައި ފައިބާތިބޭ ކުދީންގެ ގޮތުގައި ކިޔަވާން ޖެހުމުގެ ސަގާފަތް މުޅިން ބަދަލުކުރާނެކަން ފާހަގަކުރައްވައި އެމްޑީޕީން ބުނީ ބޯޑިންގ މަދަރުސާތަކާއި ސަރަހައްދީ ދަނާލުތައް އުފައްދައި ކުރިއެރުވާނެ ކަމަށެވެ. ދުރުންދޭ ތައުލީމު ފުރުސަތުފުޅާކޮށް ކޮންމެ ރަށެއްގައި ހުރެގެން ވެސް ޑިގްރީއާ ހަމައަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށާއި، ކޮންމެ ދަރިވަރަކާއި ކިޔަވާން ބޭނުން ކޮންމެ އުމުރު ފުރައެއްގެ ކޮންމެ ދިވެހި ރައްޔިތަކަށް މިފުރުސަތު ލިބޭނެ ކަމަށް އެމްޑީޕީން ބުންނެވެ.

މީގެ އިތުރުން އެމްޑީޕީން ބުނީ އެހެން ދީންތައް ފެތުރުނަނުދިނުމާއެކު، އިސްލާމްދީނާ ފުށުއަރާ ތަފާތު ހަރުކަށި ފިކުރު ފެތުރުނަނުދޭނެކަން ކަށަވަރުވާ ގޮތަށް ޕްރައިވެޓް ސްކޫލުތައް ހިންގުމަށް ހުއްދަދިނުމުގެ ބާރު ކައުންސިލްތަކަށް ހޯދައިދޭނެ ކަމަށާއި، ކިޔަވާކުދިންނަށް ސްކޮލާޝިޕްތައް ފޯރުކޮށްދިނުމުގެ އިހްތިޔާރާއެކު ހޯދައިދެވި އިލްމުވެރި ރައްޔިތެއް އުފެއްދުމުގައި ކައުންސިލުގެ ބައިވެރިވުން ބޮޑުކޮށްދޭނެ ކަމަށެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
15 ޖެނުއަރީ 2017

"ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

15 ޖެނުއަރީ 2017
 "ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް