Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވާރލްޑް ކަޕް 2018

ައޮޒިލްގެ ބައްޕަ ބޭނުންވަނީ އޭނާ ޖަރުމަނަށް ކުޅުން ހުއްޓާލަން

8 ޖުލައި 2018 | އާދީއްތަ 18:38

އޮޒިލްއަކީ އަބަދުވެސް ޖަރުމަނުގެ "ގުރުބާނީ ކަންބަޅި"

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 8 ޖުލައި 2018 | އާދީއްތަ 18:38
އޮޒިލް ޖަރުމަނުގެ ގައުމީ ޓީމުގެ ޖާޒީގައި

އޮޒިލް ޖަރުމަނުގެ ގައުމީ ޓީމުގެ ޖާޒީގައި

ފީފާ ވާރލްޑް ކަޕްއިން ޖަރުމަނު ކެޓުމާއެކު މެސުޓް އޮޒިލްއަށް އަމާޒުވި ފާޑުކިޔުންތަކުގެ ސަބަބުން އޭނާ އިތުރަށް ޖަރުމަނަށް ކުޅެން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އޭނާގެ ބައްޕަ މުސްތަފާ އޮޒިލް ބުނެފިއެވެ.

މިއަހަރުގެ ވާރލްޑް ކަޕްގައި ޖަރުމަނު ހިމެނުނީ މެކްސިކޯ އަދި ދެކުނު ކޮރެއާގެ އިތުރުން ސްވިޑެންއާ އެއް ގްރޫޕެއްގައެވެ. ފެވަރިޓުންގެ ގޮތުގައި ވާރލްޑް ކަޕާއި ޖަރުމަނު ކުރިމަތިލި ނަމަވެސް އެޓީމު ވާރލްޑް ކަޕްއިން ކެޓީ ގްރޫޕް ފިޔަވަހިންނެވެ. އެހެން ޓީމުތަކާއި އަޅާ ބަލާއިރު ތަންކޮޅެއް ފެންވަރު ދަށް ޓީމުތަކުގެ ގޮތުގައި މީހުން ދެކުނު ޓީމުތަކާއި އެއް ގްރޫޕެއްގައި ޖަރުމަނު ހިމެނުނުއިރު ޖަރުމަނު އޮތީ ގްރޫޕްގެ އެންމެ ފުލުގައެވެ. ވާރލްޑް ކަޕްގެ ގްރޫޕް ފިޔަވަހިން ޖަރުމަނު ކެޓުމާއެކު އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވި އެއް ކުޅުންތެރިޔަކީ އޮޒިލްއެވެ. ވާރލްޑް ކަޕް ފެށުމުގެ ކުރިން ވެސް ތުރުކީގެ ރައީސްއާއެކު އޮޒިލް ނަގާފައިވާ ފޮޓޯތަކެއް އާއްމުވުމާއި ގުޅިގެން އޭނާއަށް ފާޑުކިޔުންތަކެއް އަމާޒުވިއެވެ.

ޖަރުމަނުގެ ކުޅިވަރު މަޖައްލާއަކަށް ދިން އިންޓަވިއުއެއްގައި މުސްތަފާ އޮޒިލް ބުނީ އޭނާ އޮޒިލްގެ މަގާމުގައި ހުރި ނަމަ ގައުމީ ޓީމަށް ކުޅުން ހުއްޓާލާނެ ކަމަށެވެ. އޭނާ ބުނީ އަމިއްލަ ގައުމުގެ ސަޕޯޓަރުން މެޗު ތެރެއިން އޮޒިލްއާ ދިމާކުރުމުން އޭނާ ހުރީ ވަރަށް ދެރަވެފައި ކަމަށާއި ސަޕޯޓަރުން އެގޮތަށް އަމަލުކުރީ ކީއްވެ ކަމެއް އެއްވެސް ވަރަކަށް އޮޒިލްއަށް ނޭނގޭ ކަމަށެވެ. ގައުމީ ޓީމަށް ނުވަ އަހަރު ކުޅެ ދުނިޔޭގެ ޗެމްޕިއަންކަން ގައުމީ ޓީމާއެކު އޭނާ ހޯދާފައިވާ ކަމަށާއި އެހެންކަމުން ކަމެއް ގޯސްކޮށްދާ ކޮންމެފަހަރަކު އޮޒިލް ގުރުބާން ވާން ޖެހޭ ކަމަށް ގަބޫލުނުކުރާ ކަމަށް އޭނާގެ ބައްޕަ ބުނެފައިވެއެވެ.

ޖަރުމަނުގައި އޮންނަ ގޮތަކީ މޮޅުވަންޔާ މޮޅުވަނީ ޓީމެއްގެ ގޮތުގައި ކުޅެގެން ކަމަށާއި އެހެން ނަމަވެސް ބަލިވެއްޖެނަމަ ބަލިވަނީ އަބަދުވެސް އޮޒިލްގެ ސަބަބުން ކަމަށް މީހުން ބުނާ ކަމަށް އޭނާގެ ބައްޕަ ބުނެފައިވެއެވެ. އޮޒިލްއަކީ އަބަދުވެސް ޖަރުމަނުގެ "ގުރުބާނީ ކަންބަޅި" ކަމަށާއި އެކަމުގެ ސަބަބުން އޭނާގެ ހުންނަ ހިތްހަމަނުޖެހުންތައް އެނގޭ ކަމަށް އޭނާގެ ބައްޕަ ބުނެފައިވެއެވެ. މިދިޔަ ފަސް އަހަރު ވެސް ނަމޫނާ ކުޅުންތެރިޔެއްގެ ގޮތުގައި އޮޒިލް ކުޅެފައިވާ ކަމަށާއި އޭނާއަކީ ޖަރުމަނު ދެކެ ލޯބިވާ މީހެއް ކަމަށް އޭނާގެ ބައްޕަ ބުނެފައިވެއެވެ. އެހެންކަމުން އޭނާއާ މެދު އެގޮތަށް ކަންކަން ކުރެވިގެންދިޔުމަކީ އެއްވެސް ވަރަކަށް އިންސާފުގެ ތެރެއިން ހިނގާ ކަންކަން ނޫން ކަމަށް އޮޒިލްގެ ބައްޕަ ބުނެފައިވެއެވެ.

ތުރުކީގެ ރައީސްއާއެކު އޮޒިލް ނެގި ފޮޓޯއަށް އިޝާރާތްކޮށް އޭނާގެ ބައްޕަ ބުނީ އެއީ ރަނގަޅު ކަމެއް ކަމަށް ގަބޫލުނުކުރާ ކަމަށާއި އެހެން ނަމަވެސް އެއީ ސިޔާސީކުރަން ޖެހޭ ކަމެއް ނޫން ކަމަށެވެ. އެއީ ތުރުކީގެ ރައީސްއާއެކު އޭނާ ނެގި ފުރަތަމަ ފޮޓޯ ނޫން ކަމަށާއި ސިޔާސީ ކަމެއްގައި އޮޒިލް ބަސް ނުބުނާނެ ކަމަށް އޭނާގެ ބައްޕަ ބުނެފައިވެއެވެ.

އޮޒިލްއަށް އަބަދުވެސް އޭނާ ދަނޑުމަތީގައި ދައްކާ ކުޅުމުގެ ސަބަބުން ފާޑުކިޔުން އަމާޒުވެއެވެ. އެގޮތުން އޭނާއަކީ ވަރަށް ކަންނެތް ކުޅުންތެރިޔެއްގެ ގޮތުގައި ލޭބަލް ވެފައިވާ ކުޅުންތެރިޔެކެވެ.

އޮޒިލް ވަނީ ޖަރުމަނުގެ ގައުމީ ޓީމަށް 92 މެޗު ކުޅެދީ 23 ލަނޑު ޖަހައިދީފައެވެ. އޭނާއަކީ 2014 ވަނަ އަހަރުގެ ވާރލްޑް ކަޕް ޖަރުމަނުން ކާމިޔާބުކުރިއިރު އެޓީމުގައި ހިމެނުނު މުހިންމު ކުޅުންތެރިޔެކެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް
12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
10 ޖެނުއަރީ 2017

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް
07 ޖެނުއަރީ 2017

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް

07 ޖެނުއަރީ 2017
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
04 ޖެނުއަރީ 2017

އޮޒިލްގެ ކުޅުން ނުފެންނަތާ ހަފްތާއެއް ވެއްޖެ: ވެންގާ

04 ޖެނުއަރީ 2017
އޮޒިލްގެ ކުޅުން ނުފެންނަތާ ހަފްތާއެއް ވެއްޖެ: ވެންގާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް