Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުދިރާގުގެ ޕެކޭޖްތައް

ކަސްޓަމަރުންގެ ޝަކުވާއާ ގުޅިގެން ދިރާގުން ޕެކޭޖްތަކުގެ ސްޕީޑް މަތިކޮށްފި

ޕެކޭޖްތަކުގެ ސްޕީޑް ދަށް ކުރީ ޖުލައި މަހު

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް | 7 ޖުލައި 2018 | ހޮނިހިރު 10:44
ދިރާގުގެ ހެޑްކުއާޓާސް

ދިރާގުގެ ހެޑްކުއާޓާސް | ގޫގުލް

ދިރާގުގެ އިންޓަނެޓްގެ ބައެއް ޕެކޭޖްތަކަށް މަހަކު ދޭ ފެއާ ޔޫޒޭޖް އެލަވަންސް ހަމަވުމުން ލިބޭ އިންޓަނެޓް ސްޕީޑް ޖުލައި 1 އިން ފެށިގެން ދަށް ކުރުމާ ގުޅިގެން، ކަސްޓަމަރުން ޝަކުވާ ކުރާތީ އަނެއްކާ ވެސް ކުރިން ހުރި ވަރަށް ސްޕީޑް އިތުރުކޮށްފިއެވެ.

ދިރާގުން ވަނީ ޖުލައި 1 އިން ފެށިގެން އެ ކުންފުނީގެ އެންމެ އަގުހެޔޮ ދެ ޕޭޖްގެ ފެއާ ޔޫޒޭޖް އެލަވަންސް ހަމަވުމުން ސްޕީޑް 256 ކޭޕީބީއެސް އަށް ދަށްވާ ގޮތަށް ހަދާފައެވެ. އެއާ އެކު 1،090ރ. ދައްކައިގެން ލިބޭ ފައިބާ 10 އެމް ޕްރިމިއަމުން ފެށިގެން ފައިބާ 5 އެމް ޕްލަސް ޕެކޭޖްތަކުގެ ފެއާ ޔޫސޭޖް އެލަވަންސް ހަމަވުމުން 512 ކޭޕީބީއެސްއަށް ދަށްވާ ގޮތަށް ވަނީ ހަދާފައެވެ.

ޖުލައި މަހުގެ ކުރިން އެ ޕެކޭޖުތަކުގެ ފެއާ ޔޫޒޭޖް އެލަވަންސް ހަމަވުމުން ދިރާގުން ސްޕީޑް ދަށްކުރަނީ 1 އެމްބީޕީއެސްއަށެވެ.

އެ ކުންފުނިން ދޭ އިންޓަނެޓް ޕެކޭޖްތަކުގެ އެލަވަންސް ހަމަވުމާ ގުޅިގެން ސްޕީޑް ދަށްކުރުމުން ގިނަ ބަޔަކު ވަނީ މީސް މީޑިއާގަ އާއި އެހެނެިހެން ޕްލެޓްފޯމަތަކުގައި ދިރާގަށް ފާޑު ކިޔައި، ޝަކުވާ ކޮށްފައެވެ.

ކަސްޓަމަރުން ފާޑުކިއުންތަކާ ގުޅިގެން ދިރާގުން ހުކުރު ދުވަހު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ކަސްޓަމަރުންގެ އެދުމުގެ މަތިން ފިކްސްޑް ބްރޯޑް ޕެކޭޖްތަކަށް ބަދަލު ގެނެސްފައިވާނެ ކަމަށެވެ.

ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނިން ބުނީ ޕެކޭޖްތަކަށް ގެނައި ބަދަލާ ގުޅިގެން ކަސްޓަމަރުންގެ ހެޔޮ ބަސް ލިބުނު ކަމަށާއި އަދި ކަސްޓަމަރުން އެދުނު ކަންތައްތަ ފުއްދައި ދިނުމުގެ ގޮތުން ޑޭޓާ އެލަވަންސް އިތުރުކޮށް، އަގު ހެޔޮ ޑޭޓާ ބޫސްޓާތައް ތައާރަފްކުރި ކަމަށެވެ.

ދިރާގުން ބުނީ އިންޓަނެޓް ޕެކޭޖްތަކުގެ ފެއާ ޔޫޒޭޖް އެލަވަންސް ހަމަވުމާ ގުޅިގެން ކުރިއެކޭ ވެސް އެއްގޮތަށް އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް، 1 އެމްބީޕީއެސްގައި އިންޓަނެޓް ލިބޭނެ ކަމަށެވެ.

އިތުރަށް ކިޔާލަން

25 ޖޫން 2017

ދިރާގުން އީދު ހަދިޔާ ބަހައިފި

25 ޖޫން 2017
ދިރާގުން އީދު ހަދިޔާ ބަހައިފި
05 ޖޫން 2017

ދިރާގުން އަނެއްކާ ވެސް ފިކްސްޑް ބްރޯޑްބޭންޑް ޕްރޮމޯޝަނެއް ފަށައިފި

05 ޖޫން 2017
ދިރާގުން އަނެއްކާ ވެސް ފިކްސްޑް ބްރޯޑްބޭންޑް ޕްރޮމޯޝަނެއް ފަށައިފި
25 އެޕްރީލު 2017

ދިރާގުން ސެމްސަންގް އެސް8 އަދި އެސް8 ޕްލަސް ރާއްޖޭގެ ބާޒާރަށް ލޯންޗްކޮށްފި

25 އެޕްރީލު 2017
ދިރާގުން ސެމްސަންގް އެސް8 އަދި އެސް8 ޕްލަސް ރާއްޖޭގެ ބާޒާރަށް ލޯންޗްކޮށްފި
21 އެޕްރީލު 2017

ދިރާގުން ސެމްސަންގ ގެލެކްސީ އެސް8 އަދި އެސް8 ޕްލަސްގެ ޕްރީ އޯޑަރ ހުޅުވާލައިފި

21 އެޕްރީލު 2017
ދިރާގުން ސެމްސަންގ ގެލެކްސީ އެސް8 އަދި އެސް8 ޕްލަސްގެ ޕްރީ އޯޑަރ ހުޅުވާލައިފި
20 އެޕްރީލު 2017

ހިއްސާއަކަށް 14.37 ރުފިޔާ، ޖުމްލަ 1.1 ބިލިއަން ރުފިޔާ ހިއްސާ ފައިދާގެ ގޮތުގައި ދިރާގުން ދޫކުރަނީ

20 އެޕްރީލު 2017
ހިއްސާއަކަށް 14.37 ރުފިޔާ، ޖުމްލަ 1.1 ބިލިއަން ރުފިޔާ ހިއްސާ ފައިދާގެ ގޮތުގައި ދިރާގުން ދޫކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު